އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގީ ޔާމީނުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށް ދައުލަތުން ބުނެފި

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައި -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނުގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައި -- ފޮޓޯ: އަދަދު ފައިލް

އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގީ ކުރީގެ ރައީސް ޔާމީންގެ ސީދާ އިރުޝާދުގެ ދަށުން ކަމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ބުނެފި އެވެ.

ދައުލަތުން އެހެން ބުނީ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތަކީ ވެސް ޔާމީން ފައިސާ ހޯއްދަވަން ހިންގެވި ކަމެއް ކަމަށެވެ.

އެކަމަށް ބާރު ދިނުމުގެ ގޮތުން އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގިކަމުގެ ކުށް ސާބިތުވެފައިވާ އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަނުކުރެއްވީ ޔާމީން ކަމަށެވެ. އަދި، ކޮރަޕްޝަންގެ ތުހުމަތު އަދީބުއަށް އަމާޒުވެފައި ވަނިކޮށް ނައިބުރައީސްގެ މަގާމަށް އަދީބު އައްޔަނުކުރެއްވީ ވެސް ޔާމީން ކަމަށެވެ.

އޭގެ ފަހުން ޓޫރިޒަމަށް ރަށްތައް ދޫކުރުން ފަދަ މުއާމަލާތްތައް ހިންގުން އެމްއެމްޕީއާރުސީގެ ދަށަށް ބަދަލުކުރެއްވި ކަމަށާއި ނައިބުރައީސްކަމަށް އައްޔަނުކުރެއްވުމަށްފަހު ވެސް، ޓޫރިޒަމް މިނިސްޓްރީގެ ހުރިހާ ޒިންމާތަކެއް ހަވާލުކޮށްފައި ހުރީ އަދީބުއާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުއްގިރި މައްސަލައަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން އެންމެ ކަމެއް ކަމަށާއި އެކަން ކޮށްފައި ވަނީ ޔާމީނަށް ފައިސާ ހޯދުމަށް ކަމަށާއި އެކަމުގައި ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާކަމަށް ޝަފީއު ވިދާޅުވި އެވެ.

އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމުގެ މަޖިލިސް އިއްޔެ ވަނީ ޔާމީންގެ ފަރާތުން އެދިގެން ކުރުކޮށްލައިފަ އެވެ. ހުލާސާ ބަޔާން އިއްވުމުގެ އަނެއްބައި ކުރިއަށް ގެންދާނީ މިއަދު މެންދުރުފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox