ފަނޑިޔާރަށް ފެނިއްޖެ ހިނދެއްގައި ހެކި ހާމަނުކުރަން އެންގުމުގެ ބާރު ދިނުމަކީ ސިޔާސީ ދައުވާކުރަން ލިބޭ ފުރުސަތެއް: ފިއްޓޭ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރަށް ފެނިއްޖެ ހިނދެއްގައި ހެކި ހާމަނުކުރަން އެންގުމުގެ އިހުތިޔާރު ދިނުމަކީ ސިޔާސީ ދައުވާކުރަން ހުޅުވޭ ދޮރެއް ކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ފިއްޓޭ ވިދާޅުވީ މީގެ ކުރިން، 2015 އާއި 2018 އާ ދެމެދު ކުރެވުނު ޝަރީއަތްތަކުގައި ސިއްރު ހެކި ހުށަހަޅައިގެން އެތައް ބައެއްގެ މައްޗަށް ސިޔާސީ ދައުވާ އުފުލި ކަމަށެވެ.

"އިއްޒަތްތެރި ރައީސް ވެސް ހަނދުމަފުޅު ހުންނަވާނެ 2015 އިން 2018 އާ ދޭތެރޭގައި ރާއްޖޭގައި ކުރެވުނު ޝަރީއަތްތަކުގައި ސިއްރު ހެކި ހުށަހެޅިގެން ވަރަށް ބައިވަރު ސިޔާސީ ދައުވާތަކެއް ކުރެވުނު، މީގެ ތެރެއިން އަޅުގަނޑު ގަބޫލުކުރަނީ އެކަމަށް އެބަ ފުރުސަތު ހުޅުވިގެންދެޔޭ،" ފިއްޓޭ ވިދާޅުވި އެވެ.

"އެހެން އެކަން އޮންނަ އޮތުމަކީ އަޅުގަނޑު ކަންބޮޑުވާކަމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިފާއީ ހެއްކަކީ ކޮބައިކަން އެ ދައުވާ ލިބޭ ފަރާތަށް އެނގުން މުހިންމު ކަމަށް އަޅުގަނޑު ދެކެން."

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ 131 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި އެ ހެއްކެއް ހާމަނުކުރުމަށް ނުވަތަ ހާމަކުރުން ފަސްކުރުމަށް ނުވަތަ ކަނޑައެޅޭ ވަކި ޝަރުތުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

އަދި، އެގޮތަށް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ސަބަބުތަކުގެ ގޮތުގައި އެ އިސްލާހުގައި ހިމަނާފައި ވަނީ ވަރަށް ފުޅާކޮށް މާނަކުރެވޭނެ ސަބަބުތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ހެއްކެއް ހާމަކުރުމުގެ ސަބަބުން އިތުރު ކުށެއް ކުރުމަށް މަގުފަހިވުމާއި ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލު ހިންގުމުގެ އިތުރުން އެ ހެއްކެއް ހާމަކުރުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތް ނޫން ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތެއް ހާމަވެދާނެ ފަދަ ހާލަތެއް މެދުވެރިވުމެވެ.

ނަމަވެސް، ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަވުން ނުވަތަ ކުށަކަށް މަގުފަހިވުން ފަދަ ކަންކަން ވަޒަންކުރާނެ މިންގަނޑެއް އެ އިސްލާހުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

މިފަދަ އިސްލާހެއް މަޖިލީހަށް ހުށަހެޅިފައި މިވަނީ ރައީސް މުހައްމަދު މުއިއްޒުއަށް ގަޒުފުކުރި ކަމުގެ ދައުވާ އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު، ހަސަން މުހައްމަދުގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތް ކުރި މުވައްޒަފެއްގެ މައްޗަށް އުފުލާފައި ވަނިކޮށެވެ.

އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 22، ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox