ދެ ދިވެހިން އަސާސީ ހައްގުތަކުން މަހުރޫމުކޮށް، ޔޫއޭއީގައި ހައްޔަރުކޮށްފައި ތިބޭތާ 12 ދުވަސް

ޔޫއޭއީގެ މައި ޖަލެއް: ދެ ދިވެހިން ހައްޔަރު ކޮށްފައި ތިބި ތަނަކާއި އެމީހުންގެ ހާލު ހާމަކޮށްފައިނުވާއިރު އާއިލާއާ ވާހަކަ ދެއްކުމުގެ ފުރުސަތެއް ވެސް ނުލިބޭ -- ފޮޓޯ: އަލްޖަޒީރާ

ޔޫއޭއީގެ މައި ޖަލެއް: ދެ ދިވެހިން ހައްޔަރު ކޮށްފައި ތިބި ތަނަކާއި އެމީހުންގެ ހާލު ހާމަކޮށްފައިނުވާއިރު އާއިލާއާ ވާހަކަ ދެއްކުމުގެ ފުރުސަތެއް ވެސް ނުލިބޭ -- ފޮޓޯ: އަލްޖަޒީރާ

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޑުބާއީ އިން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ދަތުރު ކުރި ފްލައި ޑުބާއީގެ މަތިންދާބޯޓު ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ކަމަށް ބުނެ ހައްޔަރުކުރި ދެ ދިވެހީން އަސާސީ ހައްގުތަކުން މަހުރޫމްކޮށްފައި ތިބޭތާ 12 ދުވަސް ފާއިތުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޔޫއޭއީގައި ހައްޔަރު ކުރި ދެ ދިވެހިންނަކީ ފްލައިދުބާއީގައި މަސައްކަތް ކުރާ ހަ ދިވެހި ޕައިލެޓުންގެ ތެރެއިން އެންމެފަހުން އެތަނާ ގުޅުނު ދެ މީހުންނެވެ. 

އެ މައްސަލައިގެ ތަހުގީގަށް ކަމަށް ބުނެ އެ ދެ ދިވެހިން ހައްޔަރުކުރީ މި މަހު 3، ގަ އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މީހުންނަށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިފައި ނުވާކަން އަދަދުއަށް ވަނީ އެނގިފަ އެވެ. އަދި، އެ މީހުންގެ އާއިލާއާ ގުޅައި ވާހަކަދެއްކުމުގެ ހައްގު ވެސް އެ މީހުންނަށް ދީފައި ނުވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

އެ ދެ މީހުން ހައްޔަރުކުރިކަން ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީން އާއިލާއަށް އެންގީ މި މަހު 8، ގަ އެވެ. އޭގެ ކުރިން އެމީހުންނަށް ވީނުވީ އެއްވެސް މިންވަރަކަށް، ދިވެހި އެމްބަސީއަށް ވެސް ޔޫއޭއީން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެމްބަސީގެ އޮފިޝަލުންނާ ބައްދަލު ކުރުމުގެ ފުރުސަތު މިހާތަނަށް ވެސް ދީފައެއްނުވެ އެވެ 

ބަންދު ކުރެވޭ މީހާއަށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދިނުމަކީ، ބަންދު ކުރެވޭ މީހާއާމެދު އަމަލު ކުރަންޖެހޭ އދ. ގެ މަންޑޭލާ ރޫލްސްގެ ދަށުން ގޮވާލާ ކަމެކެވެ. ގާނޫނީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކޮންވެންޝަން އެގެއިންޓްސް ޓޯޗާއިން ވެސް ލިބެ އެވެ. އެއީ ޔޫއޭއީ އިން ވެސް ސޮއިކޮށްފައިވާ މުއާހަދާއެކެވެ. 

އޭގެ އިތުރުން، ބިދޭސީއަކު ހައްޔަރުކޮށްފި ނަމަ، އެމީހަކު ހައްޔަރު ކޮށްފައިވާކަން އޭނާގެ ގައުމަށް ލަސްނުކޮށް އެންގުމުގެ ހުއްދަ އާއި އޭނާގެ ގައުމުގެ އޮފިޝަލުންނާ ބައްދަލު ކުރުމުގެ ހައްގު ވިއެނާ ކޮންވެންޝަން ކޮންސިއުލާ ރިލޭޝަންސްގެ ދަށުން ވެސް ލިބެ އެވެ. އެއީ ވެސް ޔޫއޭއީ އިން ބައިވެރިވާ މުއާހަދާއެކެވެ. 

އެ ދެ ދިވެހިންގެ ބަންދާމެދު ދިވެހި ސަރުކާރުން ރަސްމީކޮށް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަން ޔޫއޭއީއަކުން ވެސް ހާމައެއް ނުކުރެ އެވެ. އެ ގައުމުގެ ނޫހެއްގައި ވެސް އަދި އެ ވާހަކައެއް ނުލިޔެ އެވެ. ނަމަވެސް ދެ ދިވެހިން ބަންދުކުރިކަން ސަރުކާރުގެ ތަރުޖަމާނު ވަނީ ޔަގީންކޮށްދީފަ އެވެ. 

އިޒްރޭލުގެ 182 މީހުންނާއެކު ދަތުރުކުރަމުންދިޔަ އެފްޒެޑް 1073 ފްލައިޓު ވައްޓައިލަން މަސައްކަތްކުރީ އެ ބޯޓުގެ ކޯ-ޕައިލެޓެވެ. އެ ޓެރަރިސްޓު ހަމަލާގައި ކޯ-ޕައިލެޓު ވަނީ ކޮކްޕިޓްގައި އޮންނަ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ކޯރާޑި ބޭނުންކޮށްގެން ބޯޓުގެ ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓައިލަން މަސައްކަތްކޮށްފަ އެވެ.

އޭނާގެ މި އަމަލުގެ ސަބަބުން ބޯޓު ކޮންޓްރޯލުން ނެއްޓި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް 17,000 ފޫޓު (5,180 މީޓަރު) ތިރިއަށް ވެއްޓުނެވެ. ނަމަވެސް، އެ ބޯޓު ވެއްޓެން ދަނިކޮށް، އިންޑިއާގެ ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން ފަސިންޖަރުންނާއި އެހެން މީހުން ވަދެ ހަމަލާދިން މީހާ ވަނީ ހިފަހައްޓައިފަ އެވެ. އެ ބޯޓުގެ ކޮންޓްރޯލް އަލުން ހޯދައި ރައްކާތެރިކަމާއެކު ޖެއްސީ އެ ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox