ރަސްމާލެ މަޝްރޫއުއާ ގުޅުވައި ޖަމީލް ފާޑުވިދާޅުވުމުން ސަލަފްގެ ރައީސް ރައްދުދެއްވީ ސިޔާސީ ގޮތުން

ސަލަފްގެ ރައީސް، އަބްދުﷲ ބުނު މުހައްމަދު އިބްރާހިމް --

ސަލަފްގެ ރައީސް، އަބްދުﷲ ބުނު މުހައްމަދު އިބްރާހިމް --

ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ޖަމިއްޔަތުއްސަލަފުން ދިރާސާކުރަން ފެށިތާ ދެ ހަފުތާއަށްވުރެ ގިނަދުވަސް ފާއިތުވުމުން އެކަމަށް ފާޑުވިދާޅުވެ ކުރީގެ ނައިބުރައީސް، މުހައްމަދު ޖަމީލް އަހުމަދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ސަލަފްގެ ރައީސް، އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ސިޔާސީ ގޮތުން ރައްދުދެއްވައިފި އެވެ.

އިޒްރޭލު އަދި ޔަހޫދީންނާ ގާތް ގުޅުމެއް ބާއްވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ދެބައިކުޅަ އެއްބައި ތާއަބަދަށް ދޫކޮށްލާ މަޝްރޫއުގެ ކަންބޮޑުވުންތައް ސަލަފް ޖަމިއްޔާއިން ދިރާސާކުރަން ފެށީ ސެޕްޓެމްބަރު 28، ގަ އެވެ. ނަމަވެސް، މިއަދާ ހަމައަށް އެ މަޝްރޫއުއާ ގުޅޭގޮތުން އެއްވެސް އެއްޗެއް އެ ޖަމިއްޔާއިން ބުނެފައެއް ނުވެ އެވެ.

އެކަމަށް ފާޑުވިފާޅުވެ ޖަމީލް ކުރެއްވި ޕޯސްޓުގައި ވަނީ އަބްދުﷲއަށް ނިސްބަތްވާ ގޮތަށް ސުވާލުތަކެއް އަމާޒުކުރައްވައިފަ އެވެ.

"އެ ބޭފުޅުންނަށް އަދި އެ އުޅެނީ ރަސޫލާގެ ހަދީޡްފުޅު: 'ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ފާތުމަތުގެފާނު ވައްކަމެއް ކުރެއްވި ނަމަވެސް އަތްޕުޅު ކަނޑުއްވާ ހުށީމެވެ' ވެސް ނުފެނިގެން ނޫންތޯ؟ ވެރިކަމުގައި ހުރީ ޅިޔަންބެ ނުވަތަ ދޯސްތު ނޫންތޯ؟ ފަތުވާ އަންނާނީ އެކަމަށް ގިޔާސްކޮށްފަބާ؟،" ޖަމީލް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެ ޕޯސްޓަށް ރައްދުދެއްވައި އަބްދުﷲ ކުރެއްވި ޕޯސްޓުގައި ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ސަލަފް ޖަމިއްޔާއިން ކުރަމުންދާ ދިރާސާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އަބްދުﷲ ރައްދުދެއްވީ ޖަމީލްގެ ނައިބުރައީސްކަމާއި ޖަސްޓިސް މިނިސްޓަރުކަމުގައި ކުރެއްވި ކަންކަމަށް ފާޑުވިދާޅުވެ އެވެ.

"ދިވެހިރާއްޖޭގެ ޖަސްޓިސް މިނިސްޓަރުކަމާ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި ގައުމުގެ ނައިބުރައީސްކަމުގައި ހުންނެވިއިރު، މި ހަދީޘްމަތިން ހަނދުމަނުވިތަނުގައި އަތްކެނޑުމުގެ ހުއްދަ އުވާލައި ޖިނާއީ ގާނޫނު އިސްލާމީ ޝަރީއަތާ އެންމެ ބީރައްޓެހި މިސްރާބަކަށް ފަރުމާކުރެއްވީ ވެސް ހަމަ މަނިކުފާނުގެ އާރުކާޓީގެ ހިއްސާއާ،" އަބްދުﷲ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

"ކޯޓުތަކަށް މޫނުބުރުގާ އަޅައިގެން އަންހެން ކަނބަލުން ވަނުން މަނާކުރެއްވީ ވެސް މަނިކުފާނުގެ ބާރުވެރިކަމުގައިކަން ވެސް މި ފުރުސަތުގައި ފާހަގަކުރަން."

އެ ޕޯސްޓާއެކު ބައެއް މީހުންގެ ފާޑުކިޔުން ޖަމީލްއަށް އަމާޒުވިއިރު، އަބްދުﷲ އަށް ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އެގޮތުން އަބްދުﷲ އަށް ފާޑުކީ ގިނަ މީހުން ބުނެފައި ވަނީ ކުރީގެ ވާހަކަދެއްކުމުގެ ބަދަލުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަން ޖެހޭ ކަމަށެވެ. އަދި، މީގެ ކުރިން ވެސް ގޯސްކަމަށް ބަޔާންކުރަމުން އައި ކަންކަން މިއަދު ވެސް ގޯސްކަމަށް ބުނަންޖެހޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

އަބްދުﷲ އަކީ ރައީސް މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދުގެ އެއްބަފާ ބޭބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox