އަލައްބާރަކީ މުސްލިމުންގެެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަޝްރޫއު ހިންގާ މީހެއް، ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން: މަތީން

އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ މަތީން; އޭނާ ދަނީ ރަސްމާލެ ޑީލާމެދު ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ މަތީން; އޭނާ ދަނީ ރަސްމާލެ ޑީލާމެދު ބޮޑެތި ކަންބޮޑުވުން ފާޅުކުރަމުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދޭން ސަރުކާރުން ނިންމާފައިވާ އީގަލް ހިލްސްގެ ބާނީ މުހައްމަދު އަލައްބާރަކީ މުސްލިމު ޒުވާނުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތް ކުރުމުގެ މަޝްރޫއުއެއް ހިންގާ މީހެއް ކަމަށް މި ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި އަބްދުލް މަތީން ވިދާޅުވެއްޖެ އެވެ.

އެކްސްގައި އޭނާ ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ އަލައްބާރަކީ ޔަހޫދީންނާއި މެދުއިރުމައްޗާ ދެމެދު ދާއިމީ ސުލްހަ ގާއިމުކުރުމުގެ އެއް މޭސްތިރިޔާ ކަމަށެވެ.

"މިފަދަ ކަންކަމަށް ނުވިސްނައި ހަމައެކަނި ފައިސާގެ އަދަދުތަކެއް ދައްކައިގެން ކުރިއަށް ދިޔައީމަ އޭގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ މިހާރު ދައުލަތުގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންނެއް ނޫން. އަންނާން އޮތް ޖީލުތަކުގެ ދިވެހި ދަރީން،" މަތީނު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"މިފަދަ ކަންކަމުގެ މަންޒަރު ފެންނާނީ މުދަލާއި ފައިސާ އާއި މަގާމުގެ ނުފޫޒުން އެއްކިބާވެ، ފެއްސާއި ރަތާއި ހުދުގެ ލެންސަކުން ބެލީމަ."

މުސްލިމު ޒުވާނުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކޮށް އެކުގައި އުޅުމަށް ހޭނުމުގެ ގޮތުން، އަލައްބާރު އާއި އީލައި އެޕްސްޓީން ކިޔާ ޔަހޫއްޖަކާއެކު "ދަ ޗިލްރެން އޮފް އަބްރަހަމް" ކިޔާ މަޝްރޫއުއެއް 2004 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ މީހެއް ކަމަށް ވެސް މަތީނު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ނަތީޖާއެއްގެ ގޮތުން، އަލައްބާރުގެ ގައުމު، ޔޫއޭއީ އިން 2020 ވަނަ އަހަރު އަބްރަހަމް އެކޯޑްސްގައި ސޮއިކޮށް އިޒްރޭލާއެކު ދާއިމަށް ގުޅުން ބަދަހި ކުރުމަށް އެއްބަސްވެފައިވާކަން އޭނާގެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

"[އަލައްބާރަކީ] އެއީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ލާއިންސާނީ އަނިޔާތަކަށް ލޯމަރާލައި އިޒްރޭލާއެކު ދާއިމީ ސުލްހައަށް މެދުއިރުމަތި ގެންދިޔުމަށް ޕީޕަލް ޓު ޕީޕަލް ހަރަކާތްތައް ހިންގައި އެ މަސައްކަތުގެ ނަތީޖާ ނެރެ މެދުއިރުމަތި އަބްރަހަމް އެކޯޑްއަށް ވާސިލުކުރުމުގެ އެއް މޭސްތިރި،" މަތީނުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

"މި އެއްބަސްވުން ކާމިޔާބު ކުރުމަށް މިހާރު އިންވެސްޓުކުރާ އެއް ވިޔަފާރިވެރިޔާ. މި ގޮތުން އަބްރަހަމް އެކޯޑުގައި ސޮއިކުރުމަށްފަހު އިޒްރޭލުގައި އިންވެސްޓު ކުރުމަށް އުފެއްދި 10 ބިލިއަން ޑޮލަރުގެ ފަންޑުގައި އަލައްބާރު ބައިވެރިވާކަން ވަނީ ހާމަކޮށްފައި."

އެ ވަރުގެ ބޮޑު ފައިސާވެރިއަކަށް ރާއްޖޭގެ މަޖިލިސް މެންބަރުންނަށް މަހަކު 50،000ރ. އަށްވުރެ ބޮޑު އެއްޗެއް ހައިރާތެއްގެ ގޮތުގައި ދިއްކޮށްލުމަކީ އެއްވެސް ކަމެއް ނޫން ކަމަށް އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox