ސަރުކާރުގެ ޕްރެސްތަކަށް އަދަދުގެ ނޫސްވެރިން ނުވައްދާ މައްސަލަ ކޯޓުގައި ރެޖިސްޓްރީކޮށްފި

އަދަދު ނޫހުގެ ޝަހުޒާން އާއި ލީވާން ޖަލަށް ހުކުމްކުރުމުން، ނޫސްވެރިންގެ ދިފާއުގައި މެއި 13، 2026 ގައި މާލޭގައި ބޭއްވި މުޒާހަރާ

އަދަދު ނޫހުގެ ޝަހުޒާން އާއި ލީވާން ޖަލަށް ހުކުމްކުރުމުން، ނޫސްވެރިންގެ ދިފާއުގައި މެއި 13، 2026 ގައި މާލޭގައި ބޭއްވި މުޒާހަރާ

ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހާއި މި ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ނިންމި ނިންމުމަކީ އަސާސީ ހައްގުތަކެއް ނިގުޅައިގަނެފައިވާ ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ފިޔަވަޅު ބާތިލުކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި ރެޖިސްޓްރީކޮށްފި އެވެ.

ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހުގެ ނޫސްވެރިން ނުވައްދާ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ސެޕްޓެމްބަރު 19، ގަ އެވެ. އަދަދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލަ ރެޖިސްޓްރީކޮށްފައި ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް، އެ މައްސަލައިގެ އަޑުއެހުމެއް އަދި ތާވަލެއް ނުކުރެ އެވެ.

މި ނޫހުން ހުށަހެޅި ދައުވާގައި އެދިފައިވަނީ ރައީސް އޮފީހުން އަޅާފައިވާ ފިޔަވަޅަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ ހައްގުތައް ހިފަހައްޓާފައިވާނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ހިލާފަށް ކަމަށް ދައުވާގައި ބުނެފައިވެ އެވެ. 

އެގޮތުން، ރައީސް އޮފީހުން ހައްގުަތައް ހިފަހައްޓާފައިވަނީ މިނިވަން ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރާ މިންވަރަށް ނޫން ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

އަދަދުގެ ނޫސްވެރިންނަށް ޕްރެސްތަކަށް ނުވަދެވޭ ގޮތަށް ރައީސް އޮފީހުން ފިޔަވަޅު އެޅީ މެއި 11، ގައި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅުވަ އެވެ.

އެ ސުވާލުކުރި ހިސާބުން މުއިއްޒު ވަނީ އެއީ މި ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) އާ ހިލާފު އަމަލެއް ކަމަށް އަމިއްލައަށް ނިންމަވައި، މި ނޫހުގެ ނޫސްވެރިޔާ އެ ބައްދަލުވުމުން ބޭރުކޮށްލާފަ އެވެ.

 ހަމަ އެ ރޭ 11:01 ގައި ރައީސް އޮފީހުން މީޑިއާތަކަށް ކަނޑައަޅާފައިވާ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރި މެސެޖަކުން ވަނީ އަދަދު ނޫހަށް ނުވަދެވޭނެ ކަމަށް ބުނެފަ އެވެ.

އެ ފަހުން ރައީސް އޮފީހުން އާ ވަޓްސްއެޕް ގްރޫޕެއް އެކުލަވާލިއިރު، މި ނޫހުގެ އެއްވެސް ނޫސްވެރިޔަކު އެ ގްރޫޕުގައި ވެސް ބައިވެރިކޮށްފައި ނެތެވެ. އެކަމާ ގުޅިގެން އެ އޮފީހުގެ މީޑިއާ އޮފިޝަލުންނާ ސުވާލުކުރުމުން ޖަވާބެއް ނުދޭ ތަނުގައި މެސެޖު ލިބުނު ކަަމަށް ވެސް ނުބުނެ އެވެ.

ރައީސް އޮފީހުން މި ފިޔަވަޅު އެޅިތާ ހަފުތާއެއް ފަހުން، މެއި 18، ގައި މި ނޫހުން ވާނީ އެ ފިޔަވަޅު ލިޔުމުން ހިއްސާކޮށްދޭން އެދި ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެ ސިޓީއަށް ޖަވާބެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox