މި މަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނުގެ ދަށުން އެކުަލަވައިލި ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަންފީޒުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށެވެ.
މި މަހު އެއްވަނަ ދުވަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނުގެ ދަށުން ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް އެކުލަވައިލަން ޖެހެނީ މި މަހުގެ 30، ގެ ކުރިންނެވެ.
ދިގު ކިޔުން: އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނާއެކު އައި ބޮޑެތި ބަދަލުތައް
މި ބަދަލުތަކަށް ސޯޝަލް މީޑިއާގައި ތައުރީފާއި ފާޑުކިޔުން ވެސް ދަނީ އަމާޒުވަމުންނެވެ. ގާނޫނާމެދު ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް އޮކްޓޯބަރު 1، 2026، އިން ފެށިގެން ގާނޫނަށް ބަދަލުތަކެއް އަންނާނެ. އެހެންކަމުން މި ލިޔުމުގައި މި ބަލައިލަނީ، ވެހިކަލްތަކާ ބެހޭ ގާނޫނުން އަލަށް ތައާރަފުވާ ކަންކަމާއި ރައްޔިތުންނަށް އެނގެން މުހިންމު މައުލޫމާތުތައް.
އެ ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ގައުމީ ސިޔާސަތު އެކުލަވާލުމުގައި ރައީސްއަށް ލަފާ ދިނުމާއި ދަތުރުފަތުރުގެ ސްޓްރެޓެޖީ އެކުލަވާލުމުގައި ވަޒީރަށް ލަފާދިނުމެވެ.
އެ ކައުންސިލްގައި ހިމެނޭނީ (1) ޓްރާންސްޕޯޓް މިނިސްޓަރު، (2) ބަންޑާރަނައިބު، (3) ހޯމް މިނިސްޓަރު، (4) އިންފްރާސްޓްރަކްޗާ މިނިސްޓަރު، (5) ކޮމިޝަނާ އޮފް ޕޮލިސް އެވެ.

އަލަށް ފާސްކުރި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ދިވެހިރާއްޖޭގައި މީގެ ކުރިން އަމަލު ނުކުރާ ބައެއް އުސޫލުތައް ތައާރަފުކޮށްފައިވެ އެވެ. އެގޮތުން ވެހިކަލެއްގެ އުމުރަކީ 20 އަހަރުކަމާއި އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލް ގެންގުޅޭ ނަމަ އިތުރު ފީއެއް ނެގުމަށް އެ ގާނޫނުގައި ހިމަނާފައިވެ އެވެ.
އޭގެ އިތުރުން، ދުވާރަށް ގާނޫނުން ރައްކާތެރިކަން ދިނުމާއި ކަފިހި ހުރަސް ބޭނުންކުރަން ފުރުސަތު ނުދޭނަމަ ޖޫރިމަނާ ކުރުން ވެސް ގާނޫނަށް އަލަށް ތައާރަފުކޮށްފައިވެ އެވެ.







