ފެނަކަ އެމްޑީކަމުން ވަކިކުރި އަފީފް އެންވާރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށްފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގައި ކުރިން ހުންނެވި އަފީފް: އޭނާއަކީ އެ މަގާމަށް މި ސަރުކާރުން އައްޔަނުކުރެއްވި ތިންވަނަ ބޭފުޅާ -- ފޮޓޯ: ޕީއެސްއެމް

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގައި ކުރިން ހުންނެވި އަފީފް: އޭނާއަކީ އެ މަގާމަށް މި ސަރުކާރުން އައްޔަނުކުރެއްވި ތިންވަނަ ބޭފުޅާ -- ފޮޓޯ: ޕީއެސްއެމް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުން އިއްޔެ ވަކިކުރި މުހައްމަދު އަފީފް އެންވާރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށްފި އެވެ.

އެންވާރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަނުކޮށްފައިވާކަން އަފީފް ވަނީ އަދަދު ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

"އާދެ ތެދެއް އެއީ، [އެ މަގާމަށް އައްޔަނުކުރީ] އިއްޔެ ސާދަވަނަ ދުވަހު،" އަފީފް ވިދާޅުވި އެވެ.

އަފީފްއަކީ މި ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ހިންގުމާ ހަވާލުވި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ. 

އަފީފް ވަކިކޮށްފައި މިވަނީ ފެނަކަ އުވާލުމުގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ. އެ ކުންފުނިން ދެމުންދާ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ނިމިފައެއް ނުވެ އެވެ. 

ފެނަކަ އުވާލަން ސަރުކާރުން ނިންމީ އެ ކުންފުނިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމަށްފަހު އެވެ. ވަކިކުރި މުވައްޒަފުންގެ ތެރޭގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންކަން އެ ޕާޓީން ފާހަގަކުރެ އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެސްއޯއީތަކުން 33 ޕަސަންޓު މުވައްޒަފުން ވަކިކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ކުންފުނިތަކަށް ގިނަ ދުވަހު ހިދުމަތްކުރި ތަޖުރިބާކާރު މުވައްޒަފުން ހިމެނެ އެވެ.

އަފީފްގެ ކުރިން ފެނަކަ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ މުހައްމަދު ނަޖާހު އެވެ. އޭނާ ވަކިކުރީ މި އަހަރު ބޭއްވި އިންތިހާބުތަކުން ސަރުކާރު ބަލިވުމުން ގެނައި ބަދަލުތަކުގެ ތެރޭގަ އެވެ.

އަފީފަކީ ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ. އެކި މަގާމުތަކުގައި އޭނާ ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކޮށްފަ އެވެ. ފެނަކައާ ހަވާލުވުމުގެ ކުރިން އޭނާ ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox