އަދީބުގެ ހެކިބަސް ނެގުމަށް ނިންމި ނިންމުމަށް ފާޑުވިދާޅުވެ، ފާސިގުންގެ ހެކިބަސް ނެގުން ގާނޫނުން މަނާ ކުރަންޖެހޭ ކަމަށް ހުސެއިން ވިދާޅުވެއްޖެ

ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޝަރީފް މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޝަރީފް މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ދެކޮޅަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ހެކިބަސް ބަލައިގަންނަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމި ނިންމުމަށް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ޝަރީފް ފާޑުވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ހުސެއިން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަނީ އިސްލާމީ ޝަރީއަތާ ވަރަށް ބޮޑަށް ގުޅި ލާމެހިފައި ކަމަށެވެ. އަދި، ފާސިގުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިއްޔެ ޝަރީއަތުގެ މަޖިލީހެއްގައި ހިނގައިދިޔަ ދިޔުމުން އަޅުގަނޑުމެންނަށް ފެނޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، ސުޕީރިއާ އެންމެ މަތީ ހަރުފަތުގެ ކޯޓުން ފާސިގެއްގެ ހެކިބަސް ނުނެގޭނެ ކަމަށް ކަނޑައަޅާފައި އޮތް އޮތުން ދަށު ކޯޓުން އެ އޮތީ ބަލައިގަނެފައި [ފާސިގެއްގެ] ހެކިބަސް ނެގޭނެ ކަމަށް،" ހުސެއިން ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައިގައި ޔާމީންއާ ދެކޮޅަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ ނިންމައިފަ އެވެ.

 އެ ދެ މީހުންގެ އިތުރުން ވެސް އެ މައްސަލައިގައި ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން އޮތީ އެދިފަ އެވެ. ނަމަވެސް، އެ މައްސަލަ ބައްލަވާ ގާޒީ، އަލީ ނަދީމް ނިންމެވީ އަދީބު އާއި ޒިޔަތުގެ ހެކި ބަހަކީ އެ މައްސަލައިގައި ނަގަންޖެހޭ ހެކިބަހެއް ކަމަށެވެ.

އެކަމާ ބެހޭގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ހުސެއިން ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ހެކިބަސް ނެގޭ މީހާގެ އާންމު ދިރިއުޅުމަށް ވެސް ބަލާ ކަމަށެވެ. އެގޮތުން ހަނަފީ އަދި ޝާފިއީ މަޒްހަބުގައި ނަށާ މީހުންގެ ހެކިބަސް ވެސް ބަލައިނުގަނެވޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ ސުޕްރީމް ކޯޓުން މީހަކާ ދޭތެރޭގައި ގޮތެއް ނިންމާފައި އޮއްވައި އޭގެ އެންމެ ދަށު ކޯޓުން އަނެއްކާ މިކަން ބަލައިގަންނަން ނިންމީމާ އަޅުގަނޑުމެން އެބަޖެހޭ ގާނޫނުން މިއަށް ރަނގަޅު ފަރުވާއެއް، ހައްލެއް ހޯދައިދޭން،" ހުސެއިން ވިދާޅުވި އެވެ.

ހުސެއިން މިހެން ވިދާޅުވިއިރު، ހެކިބަސް ދޭ ފަރާތުގެ ތެދުވެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ފަރާތްތަކަކީ ހެކިބަސް ދިނުމުގެ އަދުލުވެރިކަން ގެއްލިފައިވާ ފަރާތްތަކުގެ ގޮތުގައި ބެލެވޭނެ ކަމަށް ހެއްކާ ބެހޭ ގާނޫނުގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އޮވެ އެވެ.

ނަމަވެސް، ވަކި މައްސަލައަކާ ގުޅިގެން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން ފަރާތެއް ނެތް ހާލަތެއްގައި ހެކިބަސް ދިނުމުގެ އަދުލުވެރިކަން ފުރިހަމަނުވާ މީހެއްގެ ހެކިބަސް ވެސް ބަލައިގަނެވޭނެ ކަމަށް އެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox