
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2196 ލިޔުން
ހަބަރުތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.
ހަބަރު3 އަހަރުން 6،500 މުވައްޒަފުން އިތުރުވެ، މުސާރަ 14.4 ބިލިއަނަށް
ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ސަރުކާރު މުވައްޒަފުންގެ އަދަދު ވަނީ 55,466 އަށް އަރާފަ. މުވައްޒަފުން އިތުރުވުމާ ގުޅިގެން ވޭޖު ބިލު ވަނީ 13.9 ބިލިއަން ރުފިޔާއަށް އުފުލިފަ. ކުރީގެ ތިން އަހަރާ އަޅާބަލާއިރު މުވައްޒަފުން އިތުރުވާ ނިސްބަތް އަވަސްވެ، މުސާރައިގެ ހަރަދަށް އަހަރަކު އެވްރެޖްކޮށް 1.2 ބިލިއަން ރުފިޔާ އަންނަނީ އިތުރުވަމުން.
ހަބަރުތިން އަހަރުގެ ބަޖެޓުން އެސްއޯއީތަކަށް 12.6 ބިލިއަން ރުފިޔާ
މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް 12.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ތެރެއިން ބަޖެޓު ކުރި އަދަދަށްވުރެ 7.1 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވެފައިވޭ. ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ކުންފުނިތަކަށް ކުރާ ހޭދަ 1.9 ބިލިއަން ރުފިޔާއަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފަ.
