ގެދޮރުވެރިކަމުގެ ލޯނުތަކުގެ އިކުއިޓީ ހަމަޖައްސަން 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މާލޭގެ އިމާރާތްތަކެއް: މި އިކުއިޓީ ގެދޮރު ގަންނާށާއި އިމާރާތްކުރަން ވެސް ބޭނުންކުރެވޭ --- އަދަދު ފައިލް ފޮޓޯ

މާލޭގެ އިމާރާތްތަކެއް: މި އިކުއިޓީ ގެދޮރު ގަންނާށާއި އިމާރާތްކުރަން ވެސް ބޭނުންކުރެވޭ --- އަދަދު ފައިލް ފޮޓޯ

އަމިއްލަ ބިމުގައި ގެދޮރު އެޅުމަށާއި އަލަށް ފްލެޓް ގަންނަން ބޭނުންވާ މީހުންނަށް ދޫކުރާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ފައިސާ ހަމަޖައްސައިދިނުމަށް 750 މިލިއަން ރުފިޔާގެ ހާއްސަ ސްކީމެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

ސަރުކާރުން އަލަށް މި ފަށާ އިކުއިޓީ އެހީއަކީ ސަރުކާރުން ފެށި ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާތީ ސަރުކާރުން ތައާރަފުކުރި ސްކީމެކެވެ. މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އިކުއިޓީ އެހީ ލިބެ އެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހެނީ 20 އަހަރު ތެރޭ ގެދޮރު ނޫނީ އިމާރާތް ވިއްކާލާ ނަމަ އެވެ. 

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިނިސްޓަރު ވިދާޅުވީ ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގެދޮރުގެ ދަތިކަން ކަމަށެވެ. އަދި، އަންނަ އަހަރު ފަށާ މި އިކުއުޓީ ސްކީމުގެ ތެރެއިން ވެސް ވަރަށް ގިނަ އާއިލާތަކެއްގެ އަމިއްލަ ގެދޮރުގެ ހުވަފެން ހަގީގަތަކަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަމިއްލަ ބިން އޮވެމެ، އެ ބިމުގައި ގެދޮރު ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ރައްޔިތުންތަކެއް ތިބިކަން އެއީ އަދުގެ ހަގީގަތް. މިގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ އަދަދުގެ ތެރޭގައި، އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި ދޫކުރުމަށް، 750 މިލިއަން ރުފިޔާ ހިމަނާފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މި ސްކީމު ހިންގަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ އިތުރުން މޯލްޑިވްސް ފައިނޭންސް ލީސިން ކޯޕަރޭޝަން (އެމްއެފްއެލްސީ) އާ ސޮއިކޮށްފަ އެވެ. މިއީ ސަރުކާރުން ފެށި 

މި ސްކީމުގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ރަށްރަށުގައި ހުރި ހުސްބިންތަކަށް ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ވެސް ބަޖެޓުކޮށްފައިވާ ކަމަށް ޒަރީރު ވިދާޅުވި އެެވެ. 

މި ދައުރުގެ ތެރޭގައި ހުރިހާ ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ވައުދެވެ. ނަމަވެސް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އަމަލީ ގޮތުން ފެށިގެން ހިނގަމުންދާ މަޝްރޫއުތައް މަދެވެ. އަދި، ބަޖެޓު ހިސާބުތަކުން ވެސް ދައްކަނީ އެ މަސައްކަތް ނުހިނގާ ކަމަށެވެ. 

ބޯހިޔާވަހިކަމަށް ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ހޭދަކުރި 3.26 ބިލިއަން ރުފިޔާ ވަނީ މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. މިއީ "ގެދޮރުވެރިކަމުގެ ބަޖެޓު" ގެ ގޮތުގައި ސަރުކާރުން ސިފަކުރި އަހަރެވެ.

މި އަހަރުގެ ބަޖެޓުގައި މި އަދަދު ވަނީ އިތުރަށް ކުޑަކޮށް، 1.6 ބިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ. މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމަށް ކަނޑައެޅި އެންމެ ކުޑަ އަދަދެވެ. 

މީގައި ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ، ޕީއެސްއައިޕީ ބަޖެޓުގެ ތަފުސީލުތައް ނެތުމުން މަތީގައި މި ބުނާ އަދަދުތަކަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައްކަން ކަށަަވަރުކުރެވޭނެ ގޮތެއް ވެސް ނެތުމެވެ. ސަބަބަކީ، ބަޖެޓުގައި އޮންނަ އަދަދުގެ ތެރޭގައި ބިން ހިއްކުން ވެސް ހިމެނޭތީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

ހުލާސާކޮށް އިއްޔެ: އަންނަ އަހަރުގެ ބަޖެޓު އަދި ސަލަފުގެ ނިންމުން

ސަރުކާރުން އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ބައިނަލްއަގުވާމީ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން ރާއްޖޭގެ އިގުތިސޯދީ ދުވެލި މަޑުޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ރަސްމާލެ މަޝްރޫއު ބޭރު ކުންފުންޏަކާ ހަވާލުކުރުމާ މެދު ސިޔާސީ އަދި ދީނީ ފަރާތްތަކުގެ މެދުގައި ބަހުސްތަކެއް އުފެދިފައިވާއިރު، ސަރުކާރުން ވަނީ ތަރައްގީގެ އާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށް އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox