ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ ކަމަށް މުއިއްޒު އިއުލާންކުރައްވައިފި

ޑިސެމްބަރު 18، 2023 ގައި ރައީސް މުހައްމަދު މުއިއްޒު ރަސްމާލެ ޕްރޮޖެކްޓު އިފްތިތާހުކުރުމަށް ފަހު ވާހަކަދައްކަވަނީ: މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވާ އެންމެނަށް ބޯހިޔާވަހިކަން ދިނުމަމީ މުއިއްޒުގެ ރިޔާސީ ވައުދެއް --- ފޮޓޯ: ރައީސް އޮފީސް

ޑިސެމްބަރު 18، 2023 ގައި ރައީސް މުހައްމަދު މުއިއްޒު ރަސްމާލެ ޕްރޮޖެކްޓު އިފްތިތާހުކުރުމަށް ފަހު ވާހަކަދައްކަވަނީ: މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވާ އެންމެނަށް ބޯހިޔާވަހިކަން ދިނުމަމީ މުއިއްޒުގެ ރިޔާސީ ވައުދެއް --- ފޮޓޯ: ރައީސް އޮފީސް

ރަސްމާލެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް އެ ތަނުން ގޯތި ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ސަރުކާރުން ކަނޑައެޅި ހުރިހާ ކެޓަގަރީއަކުން ވެސް ޝަރުތު ހަމަވާ މީހުންނަށް ދޭނެ ވަރަށް އެ ތަނުގައި ޖާގަ އެބައޮތް ކަމަށެވެ. އަދި މި ނިންމެވުން ނިންމެވީ އެޕްލިކޭޝަންތަކުގެ ނަންބަރުތައް ސީދާ ޗެކްކުރެއްވުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މާލެ ރައްޔިތުންގެ ކެޓަގަރީން ވެސް، ދަފްތަރުގެ ކެޓަގަރީން ވެސް، ފަނަރަ އަހަރު ވަންދެން މާލޭގައި އުޅުނު މީހުންގެ ރައްޔިތުންގެ ކެޓަގަރީން ވެސް. މިހެން ގޮސް އަޅުގަނޑުމެން އިޢުލާނުކުރީ ގޯތި ބޭނުންވާ ގޯތިދޭ ކެޓަގަރީތައް. އެ ހުރިހާ ކެޓަގަރީއަކުން ކުރިމަތިލާ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެ. ކާކުތޯ ބާކީވީ؟" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސްއަށް ދިނުމުން އާންމުންގެ ބޯހިޔާވަހިކަމުގެ ފުރުސަތު ހަނިވާނެ ކަމަށް ބުނެ އަޑުއުފުލަމުންދާ ދަނޑިވަޅެއްގަ އެވެ. އެކަން ދޮގުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ރަސްމާލޭން ލިބޭ ޖާގައިގެ އިތުރުން ހުޅުމާލޭގައި އެ ކުންފުނިން އަޅާ 5،000 ފްލެޓު ވެސް މި ދައުރުގައި ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

އެ ގޮތުން އާބަން އައިލްގެ ފެނާއި ނަރުދަމާ އަދި ކަަރަންޓު ފަދަ އަސާސީ ހިދުމަތްތައް ވެސް ހިމަނައިގެން، މި 5،000 ހައުސިން ޔުނިޓުގެ މަސައްކަތް 2028 ވަނަ އަހަރުގެ އޯގަސްޓަށް ނިންމައި ހަވާލުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މި ފްލެޓުތައް ހާއްސަކުރާނީ، މުއިއްޒު ވިދާޅުވި ގޮތުގައި، ޒުވާނުންނާއި، ރިސޯޓު މުވައްޒަފުންނާއި މަސްވެރިން ފަދަ އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ތެރެއިން އަދި މިހާތަނަށް ބޯހިޔާވަހިކަމެއް ލިބިފައި ނުވާ މީހުންނަށެވެ.

ރަސްމާލޭގެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ ބިމުގައި ހިނގާނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ކަމަށެވެ. އަދި އެ ތަނަކީ އަސްކަރީ ގޮތުންނާއި ގާނޫނު ތަންފީޒުކުރުމުގައި ދިވެހި ފުލުހުންނާއި ދައުލަތުގެ ފުރިހަމަ ބާރު އޮންނާނެ ތަނެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ރަސްމާލޭގައި ރަލާއި ކެސީނޯ ފަދަ ކަންކަން މަނާވާނެ ކަމަށާއި ފަސްވަގުތު ބަންގިގޮވާ މިސްކިތްތައް ހުންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އަދި ރޯދަމަހު ކެއިންބުއިމުގެ އިންތިޒާމުތައް ވެސް ހުންނާނީ މީހުން ދިރިއުޅޭ ރަށްރަށުގައި އަމަލުކުރާ ގޮތަށް ފޮރުވިގެން ކަމަށް ވިދާޅުވި އެވެ.

"ކުރު ގޮތަކަށް ދަންނަވަންޏާ ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާމިނަށް ވުރެ ވެސް ލިމިޓެޑޭ އިނގޭތޯ. ލިމިޓެޑްވާ ގޮތަކީ މި ތަނުގައި ރަލެއް ނުވިއްކޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގިގޮވާ މިސްކިތް ހުންނާނެ. ބޭރުގެ އެއްވެސް ފަރާތްތަކެއްގެ ކޮންޓްރޯލް ހިނގާ ގޮތަށް އަދި އެ ނޫން ގޮތަކަށް ވެސް ސްކޫލެއް، ތައުލީމީ މުއައްސަސާއެއް ނޯންނާނެ. އެހެންވީމާ ދެން ކެސިނޯއެއް ވެސް ނުހުންނާނެ." މުއިއްޒު ވިދާޅުވި އެވެ. 

އެންމެނަށް ގޯތި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފަ އެވެ. މި ފޯމުތައް އިވެލުއޭޓުކޮށް ނިންމުމަށްފަހު، ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ ޑިސެމްބަރު މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox