ބަޖެޓު 2027: މި އަހަރު ނިމޭއިރު އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރާނެ

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް 2027 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަނީ: އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް 2027 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަނީ: އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން އެތެރޭގެ ބާޒާރުން ނަގާފައިވާ ދަރަނި މި ހިނގާ އަހަރު ނިމުމުގެ ކުރިން ސަތޭކަ ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު އަންދާޒާތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ފިސްކަލް ރެކޯޑުތަކުން ދައްކާ ގޮތުގައި މި މަހު ކުރީކޮޅާ ހަމައަށް ލޯނުތައް ނުހިމަނާ އެތެރޭގެ ދަރަނި ވަނީ 98.9 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ

ބަޖެޓު އަންދާޒާތަކުގައިވާ ގޮތުގައި މި އަހަރު ނިމޭއިރު އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނަ އެވެ. އަދި، އަންނަ އަހަރު ނިމޭއިރު މި އަދަދު 108.1 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އެތެރޭގެ ދަރަނި ހުރީ 68.1 ބިލިއަން ރުފިޔާގައި އެވެ. ތިން އަހަރުގެ ތެރޭގައި މި އަދަދު 100 ބިލިއަން ފަހަނައަޅާ ހިސާބަށް ދިޔައީ މި ސަރުކާރުގެ ފައިނޭންސިން ބޭނުންތަަކަށް މައިގަނޑު ގޮތެއްގައި، އެތެރޭގެ ބާޒާރަށް ބަރޯސާވެފައި ވާތީ އެވެ. 

ވޭތުވެ ދިޔަ ދެ އަހަރާއި މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ 27.2 ބިލިއަން ރުފިޔާގެ ދަރަނި ނަގާފަ އެވެ. އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު އަންދާޒާގައިވާ ކަނޑައަޅާފައިވާ 6.8 ބިލިއަން ރުފިޔާ އާއި މި އަހަރުގެ ބާކީގައި ނަގަން ބަޖެޓުކޮށްފައިވާ އަދަދު ނެގުމުން މި އަދަދު 36.4 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. 

އެތެރޭގެ ދަރަނި އިތުރުވީ މިންވަރު (2020 އިން 2027 އަށް)

Billion MVR
0510156.8 Billion MVR20202022202420262027
އެތެރޭގެ ދަރަނި އިތުރުވީ މިންވަރު (2020 އިން 2027 އަށް)
LabelValue
20209.4 Billion MVR
20216.9 Billion MVR
202210 Billion MVR
202314.4 Billion MVR
20248.8 Billion MVR
20258.6 Billion MVR
20269.1 Billion MVR
20276.8 Billion MVR
ފިނޭންސް މިނިސްޓްރީގެ ބަޖެޓުތަކާއި ބަޖެޓު އަންދާޒާތައް

މި އަހަރަށް ބަލާއިރު، ސަަރުކާރުން ހުށަހެޅީ އެތެރޭގެ ބާޒާރަށް ސެކިއުރިޓީތައް ވިއްކައިގެން 5.2 ބިލިއަން ރުފިޔާ ނަގާށެވެ. ނަމަވެސް މިހާރުގެ ބަޖެޓު އަންދާޒާތަކުން ދައްކަނީ "ޑޮމެސްޓިކް ބޮރޮއިން" ގެ ގޮތުގައި ހޯދާ އަދަދު 12.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. 

މި އަދަދާއި މި އަހަރު ނިމޭއިރު އެތެރޭގެ ދަރަންޏަށް އިތުރުވާ 11.1 ބިލިއަން ރުފިޔާއާ ދެމެދުގެ ފަރަގަކީ، ކުރިން ނަގާފައި ހުރި ދަރަނީގެ ތެރެއިން ދައްކާ ހަލާސްކުރި 1.8 ބިލިއަން ރުފިޔާ އެވެ. 

މިއާއެކީ، މި އަހަރު ވެގެންދާނީ މި ދައުރުގެ ތެރޭގައި އެތެރޭގެ ބާޒާރުން އެންމެ ގިނަ ދަރަނި ނެގި އަހަރަށެވެ. މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް އެތެރޭގެ ބާޒާރުން ނެގި ދަރަނީގެ ޖުމްލަ 9.3 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު، މުޅި އަހަރުގެ ތެރޭގައި ނެގި އަދަދަށް ވުރެ ވެސް އިތުރު އަދަދެކެވެ. 

މި އަހަރުގެ ތަފުސީލު ރެކޯޑުތައް ބެލިއިރު، އެތެރޭގެ ބާޒާރުން އެންމެ ބޮޑު އަދަދެއް ނަގާފައި ވަނީ ސުކޫކުގެ ފައިސާ އަނބުރާ ދެއްކި މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެވެ. މި ކުއާޓަރުގެ ތެރޭގައި އެކަނި ވެސް 5.3 ބިލިއަން ރުފިޔާ އިތުރުވި އެވެ. 

އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ދަރަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ވިޔަފާރި ބޭންކުތަކާއި ޕެންޝަން ފަންޑެވެ. ބޭންކުތަކުން ގަނެފައިވާ ޓްރެޝަރީ ބިލު (ޓީބިލް) އާއި ޓްރެޝަރީ ބޮންޑުތަކުގެ އަދަދު 44.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. ޕެންޝަން ފަންޑާއި އެހެނިހެން މާލީ އިދާރާތަކުން އިންވެސްޓުކޮށްފައިވާ އަދަދު 32.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. 

މި ސަރުކާރުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސެކިއުރިޓީ ވިއްކައިގެން ދަރަނި ނެގުން ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެންމެ ފަހުގެ ހިސާބުތަކާއި މި ސަރުކާރުގެ ދައުރު ފެށުނުއިރު ހުރި ހިސާބުތައް އަޅައިބަލާއިރު، ސަރުކާރު ކުންފުނިތަކުން ދަރަންޏަށް ނަގާފައިވާ އަދަދު ވަނީ 1.4 ބިލިއަން ރުފިޔާއިން 5.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ހަތަރު ގުނަ އިތުރުވުމެކެވެ.

މި ސަރުކާރުން ދަރަނި ނުނަގާ ހަމައެކަނި ތަނަކަށް އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެވެ. މިހާތަނަށް އައިއިރު މި ސަރުކާރުން އެމްއެމްއޭއިން އެއްވެސް ފައިސާއެއް ނުނަގަ އެވެ. އަދި، އެމްއެމްއޭގެ ދަރަނި އަންނަނީ ކުޑަވަމުންނެވެ. ސަބަބަކީ އެމްޑީޕީ ސަރުކާރުގައި ޗާޕުކުރި ފައިސާ ސެކިއުރިޓައިޒް ކުރުމާ ގުޅިގެން، މަރުކަޒީ ބޭންކަށް ދައްކަން ޖެހޭ ފައިސާ މި ސަރުކާރުން ދައްކަމުން ދާތީ އެވެ.

އެތެރޭގެ ދަރަނީގެ އިންވެސްޓަރުން (އޮކްޓޫބަރު 5 އާ ހަމައަށް)

Billion MVR
ޖުމްލަ98.9
އެތެރޭގެ ދަރަނީގެ އިންވެސްޓަރުން (އޮކްޓޫބަރު 5 އާ ހަމައަށް)
LabelValue
ބޭންކުތައް44.6 Billion MVR
ޕެންޝަން ފަންޑާއި އެހެން މާލީ އިދާރާތައް32.2 Billion MVR
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)14 Billion MVR
ދައުލަތުގެ ކުންފުނިތައް5.9 Billion MVR
ޕްރައިވެޓު ކުންފުނިތައް2.2 Billion MVR
ފިނޭންސް މިނިސްޓްރީ

އެތެރޭގެ ދަރަނީގެ ތެރޭގައި 1.1 ބިލިއަން ޑޮލަރުގެ ދަރަނި ވެސް ހިމެނެ އެވެ. މިއީ އަހަރެއްގެ ތެރޭގައި 251 މިލިއަން ޑޮލަރާއި އެއް އަހަރާއި ފަސް އަހަރުގެ ތެރޭގައި ދައްކަން ޖެހޭ 479 މިިލިއަން ޑޮލަރާއި ފަސް އަހަރާއި 10 އަހަރުގެ ތެރޭގައި ދައްކަން ޖެހޭ 370 މިލިއަން ޑޮލަރު ހިމަނައިގެން ޖުމްލަ އަދަދެވެ.

ހިސާބުތަކުން ބެލެވޭ ގޮތުގައި ސަރުކާރުން އަންނަނީ ޑޮލަރު ޓީބިލުތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި މުއްދަތު ހަމަވާ ވަރަަކުން ބޮންޑަށް ބަދަލުކުރަމުންނެވެ. މި ގޮތުން ނޮވެމްބަރު 2023 ގެ ފަހުން ބޭންކުތަކަށް ވިއްކާފައިވާ ޑޮލަރު ޓީިބިލުތަކުގެ އަގު 137 މިލިއަން ޑޮލަރު މަދުވެ، 84 މިލިއަން ޑޮލަރަށް ތިރިވެއްޖެ އެވެ. މި މުއްދަތުގެ ތެރޭގައި ބޭންކުތަކަށް ވިއްކާފައިވާ ޑޮލަރު ބޮންޑުތައް ވަނީ 288 މިލިއަން ޑޮލަރު އިތުރުވެ، 637 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ޑޮލަރު ސެކިއުރިޓީތަކުގެ އަގު އިތުރުވެފައިވާ ގޮތަށް ބަލާއިރު، މި ސަރުކާރުން ވަނީ ދެ އަހަރާއި 10 މަސް ދުވަހުގެ ތެރޭ ބޭންކުތަކާއި ސަރުކާރު ކުންފުނިތަކަށް ޓީބިލާއި ބޮންޑު ވިއްކައިން 318 މިލިއަން ޑޮލަރު ނަގާފަ އެވެ. މި ގޮތުން ބޭންކުތަކުން 151 މިލިއަން ޑޮލަރު ނެގިއިރު، ދައުލަތުގެ ކުންފުނިތަކުން 168 މިލިއަން ޑޮލަރު ނަގައިފި އެވެ. މި އަދަދުތަކަށް ބަލާއިރު، މި ސަރުކާރުން ބޭންކުތަކަށް ވުރެ ގިނަ ޑޮލަރު ސަރުކާރު ކުންފުނިތަކުން ނަގާފައިވާ ކަން ހާމަވެ އެވެ. 

އެތެރޭގެ ދަރަނި އިތުރުވަމުން އަައުމާ ގުޅިގެން، މި ދަރަނިތައް ސާވިސްވުކުރުމުގެ އަގު، ހާއްސަކޮށް އިންޓްރެސްޓުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ، އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

ފިނޭންސުގެ ޑެޓް ބުލިޓިންގައިވާ ގޮތުގައި 2024 ގައި އެތެރޭގެ ދަރަނީގެ އިންޓްރެސްޓަށް 2.9 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މިދިޔަ އަހަރު 3.3 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މި ކަމަށް ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ ހަރުކޮށްފައިވާއިރު، އަހަރުގެ ބާކީ ބައިގައި މި ވަރަށް ހަރަދުކޮށްފި ނަމަ އެ އަދަދު 4.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅީފަޅު ގުޅާލައިފި

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ގުޅީފަޅާ ދެމެދުގެ މައި އޮނިގަނޑު ނިންމައި، އެ ދެ ރަށް އިއްޔެ ވަނީ ގުޅާލާފައެވެ. މިއާއެކު މިހާރު މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ބްރިޖުގެ މަސައްކަތް ވަނީ ގުޅިފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރީގެ ސަރުކާރުގައި ފަށާފައިވާއިރު، މުޅި މަޝްރޫއު އެއްކޮށް ނިންމުމަށް މިހާރު ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 2026 އަށެވެ.

Newsletter

Get the latest news delivered straight to your inbox