ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓުމުގެ ބިރު އެބައޮތް: ދިރާސާ

މަސް ދޯންޏަކުން ކަންނެލިތައް ބާލައިގެން ދަނީ: މަސް އެކްސްޕޯޓަކީ ބޭރު ފައިސާ ވަންނަ މުހިންމު ސިނާއަތެއް --- ފޮޓޯ: އަދަދު

މަސް ދޯންޏަކުން ކަންނެލިތައް ބާލައިގެން ދަނީ: މަސް އެކްސްޕޯޓަކީ ބޭރު ފައިސާ ވަންނަ މުހިންމު ސިނާއަތެއް --- ފޮޓޯ: އަދަދު

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމެންވާއިރަށް ރާއްޖޭގެ ކަނޑުތަކުން މަސް ބޭނޭ މިންވަރު 75 ޕަސެންޓަށް ވެއްޓުމުގެ ނުރައްކާ އެބައޮތް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީ އާއި ތިމާވެށި ކޮމިޓީ ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި މި ދިރާސާގެ ހޯދުންތައް ހުށަހެޅީ މޯލްޑިވްސް ރެޒިލިއަންޓް ރީފްސް ޖަމިއްޔާއިންނެވެ.

އެ ޖަމިއްޔާއިން ބުނީ ކަނޑުގެ ފިނިހޫނުމިން މަތިވާ ވަރަކަށް، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސް އައިންތައް އިންޑިއާ ކަނޑުގެ ފިނި ސަރަހައްދުތަކަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ބަދަލުތަކާ ގުޅޭގޮތުން އެކި ސަރަހައްދުތަކުގެ މަސްވެރިންގެ ތަޖުރިބާތަކާއި ކަންބޮޑުވުންތައް ހިމެނޭ ޑޮކިއުމެންޓްރީއެއް ވެސް އެ ޖަމިއްޔާއިން ކޮމިޓީގައި ދެއްކި އެވެ.

"މިތާ ތިބެ މަސް ބާނާއިރު މިތާ އަތިރިމަތީގައި، ރަށު އެ ފަރާތުގައި ފުއްޓަރު ފަރާތުން އަތިރިމަތީގައި ހުންނަ މީހާއަށް އެނގޭނެ ދޮށި އަޅައިގެން މަސް ބާނަނީ އަހަރެންކަން. އެހާ ހިސާބު ކައިރިން މަސް ބޭނީ. އެހެނެއް ކަމަކު މިހާރު މަސްވެރިކަން ކުރަން ދާން މި ޖެހެނީ ހަތްދިހަ މޭލު، އައްޑިހަ މޭލު ބޭރަށް." ޑޮކިއުމެންޓްރީގައި ވާހަކަ ދެއްކި މަސްވެރިޔަކު ބުންޏެވެ.

މަސްވެރިންގެ ތަޖުރިބާތަކަށް އަލިއަޅުވާލައި އެ ޖަމިއްޔާއިން ބުނީ، ފަރުތައް ހަލާކުވެ އެންވެރިކަން ދަތިވުމުގެ ސަބަބުން އެއް އަތޮޅުން އަނެއް އަތޮޅަށް ބޮޑު ހަރަދުކޮށްފައި ދަތުރުކުރަން ޖެހިފައިވާ ކަމަށެވެ. އަދި ކުރިން ރަށު ކައިރިން ތިލައިގައި މަސް ބޭނި ނަމަވެސް، މިހާރު މާކަނޑުގެ ދުރަށް ދަތުރުކުރަން ޖެހުމުން މަސްވެރިކަމަށް ލިބޭ ވަގުތު ކުޑަވެ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުންޏެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ސުވާލުކުރެއްވީ، ކަނޑުގެ އޮއިވަރު ބަދަލުވެ ދޮށީގެ މަސްވެރިކަން ހުއްޓޭ ހިސާބަށް ދާތީ، ދިވެހިން ވެސް ބޭރު ކަނޑަށް ނިކުމެ ބޮޑުދާ އަޅަންވީތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި އެ ޖަމިއްޔާއިން ބުނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާއިން ދައްކަނީ އެއީ ފެއިލްވެފައިވާ ކަމެއް ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި އޮތް ޓްރެޑިޝަނަލް ފިޝަރީޒް ފަހުން ކޮމާޝަލައިޒްކުރީމަ ހަމަ ގިނަ ތަންތަނުގައި ވެސް އޮތީ ވަރަށް ބޮޑަށް ފެއިލްވެފަ. މަހުގެ ސްޓޮކް އިންތިހާއަށް ދަށްވޭ." މޯލްޑިވްސް ރެޒިލިއަންޓް ރީފްސްގެ އެގްޒެކެޓިވް ޑިރެކްޓަރު އާމިނަތު ޝާހާ ހާޝިމް ވިދާޅުވި އެވެ.

ޝާހާ ވިދާޅުވީ ބޮޑުދާ އެޅުމުން ގެއްލުން ވާނީ އާންމު ދިވެހި މަސްވެރިންނަށް ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ބްރޭންޑާއި ބައިނަލްއަގުވާމީ އަގު ގެއްލޭނެ ކަމަށެވެ. އަދި މިކަމަށް އޮތް ހައްލަކީ ރާއްޖޭގެ ކަނޑުފަޅުގެ މަދުވެގެން 30 ޕަސެންޓް ސަރަހައްދު ހިމާޔަތްކޮށް، ގުދުރަތީ ވިލުންވެރިކަން އިތުރުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ރެޒިލިއަންޓް ރީފްސްއިން ފާހަގަކުރި ގޮތުގައި، އުތުރުގެ ކަންނެލި މަސްވެރިކަން މިހާރު ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފަ އެވެ. އަދި އޮޑިދޯނިފަހަރު ބޮޑެތިވެ ތެލާއި އެހެނިހެން ހިންގުމުގެ ހަރަދުތައް އިންތިހާއަށް އުފުލިފައިވާއިރު، މަސްވެރިކަން ދަށްވެ ސިނާއަތް އޮތީ ދެކޮޅުނުޖެހި ތާށިވެފަ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ހާލަތު ދަށަށް ގޮސްފައިވާއިރު، ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުންފުނިތަކުން މަސް ގަތް މިންވަރު ވަނީ 60 ޕަސެންޓް ދަށްވެފަ އެވެ. މިއީ ފާއިތުވި 26 އަހަރުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަން މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox