ރަސްމާލެ އެއްބަސްވުމުގެ ކުރިން ހަދާ ރިއަލް އެސްޓޭޓު ގާނޫނަށް ހިޔާލު ހުށަހަޅަން ދެ ހަފުތާ ދޭނަން: މުއިއްޒު

ރައީސް މުއިއްޒު، އޮކްޓޫބަރު 27، 2026 ގައި ދެއްކި "ނޭޝަން ޗެޓު" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަނީ: ރަސްމާލެ އެއްބަސްވުމުގެ ކަންކަން ހިނގާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، އޮކްޓޫބަރު 27، 2026 ގައި ދެއްކި "ނޭޝަން ޗެޓު" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަނީ: ރަސްމާލެ އެއްބަސްވުމުގެ ކަންކަން ހިނގާނީ ދެ ފުށް ފެންނަ ގޮތަށް ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެކުަލަލާވަން ޖެހޭ ރިއަލް އެސްޓޭޓު ގާނޫނުގެ ބިލަށް ހިޔާލު ހުށަހަޅަން ރައްޔިތުންނަށް ދެ ހަފުތާގެ މުއްދަތެއް ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

މި ރިއަލް އެސްޓޭޓު ގާނޫނަކީ، ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވާ ގޮތުގައި، ރަސްމާލޭގައި ހިންގާ ޕްރޮޖެކްޓުންގެ އިތުރުން މުޅި ރާއްޖޭގައި އެ ކަހަލަ ޕްރޮޖެކްޓުތައް ހިންގޭ ގޮތަށް އެކުލަވާލާ ގާނޫނެކެވެ. އޭނާ ވިދާޅުވީ މި ގާނޫނު ބޭނުންވަނީ ޓޫރިޒަމް ގާނޫނުގެ ދަށުން ކުރިއަށް ގެންގޮސްފިނަމަ މުއްދަތު ހަމަވުމުން އިމާރާތްތަކުގެ އަގު ސަރުކާރުން އިންވެސްޓަރަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭތީ ކަމަށެވެ.

މި ގާނޫނު ވުޖޫދަށް ނުގެނެސް ރަސްމާލެ އެއްބަސްވުމުގައި އީގަލް ހިލްސްއާއެކީ ސޮއިނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް މިއަދާ ހަމައަށް މަޖިލީހަށް މި ބިލެއް ނާދެ އެވެ. 

މި ބިލުގައި އޮތް އެއްޗެއް ނޭނގޭތީ ސުވާލުތަކެއް އުފެދިފައި ވަނިކޮށް، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ބިލު މަޖިލީހަށް ފޮނުވުމުން އާންމުންނަށް ބިލު ފެންނާނެ ކަމަށެވެ. އަދި، އެކަމަށް ހިޔާލު ހުށަހަަޅަން އެކަށީގެންވާ ވަގުތު ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ހާއްސަ ބިލެއް މަޖިލީހަށް މި ފޮނުވިގެން މި ދަނީ. ދާއިރުގައި އެ ބިލު ރައްޔިތުންނަށް ފެންނަ ގޮތަށް މަޖިލީހުން އާންމުކުރާނެ ހިޔާލާއި މަޝްވަރާއަށް. ވަކި މުއްދަތަކަށް، ހަމަ ގާތްގަނޑަކަށް އަޅުގަނޑަށް ހީވަނީ ދެތިން ހަފުތާއެއް ނޫނޭ، ދެ ހަފުތާއެއްހާ ދުވަހަށް ނަމަވެސް ހުޅުވާލީމަވެސް އެ އޮތީ ބިލު ފެންނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ރަަސްމާލެ ޕްރޮޖެކްޓުގެ ކަންކަން ސިއްރިއްޔާތުގައި ހިނގާ ކަމަށް ދައްކާ ވާހަކަތައް ވެސް ދޮގުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ފޮނުވާނެ ކަމަށެވެ. އަދި މަޖިލީހަށް އެއްބަސްވުން ފޮނުވުމާއި ގާނޫނަށް ހިޔާލު ހޯދުމަކީ ޒިންމާދާރު ސަރުކާރަކުން މިކަން ކުރެވޭނެ އެންމެ ދެފުށް ފެންނަ ގޮތް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، އީގަލް ހިލްސްގެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް އިހްލާސްތެރިކަމެއް ނެތް ވާހަކަތަކެއް ކަމަށް މުއިއްޒު ތުހުމަތު ކުރެއްވި އެވެ. އެއީ މަޝްރޫއު ހުއްޓުވައި ރައްޔިތުންނަށް ބިރުދައްކަން ދައްކާ އަސާސެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމާލެ ޕްރޮޖެކްޓަކީ ދެ ފުށް ފެންނަ ޕްރޮޖެކްޓެއް ކަމަށް މުއިއްޒު ވިދާޅުވީއިރު، މި ޕްރޮޖެކްޓުގެ މައުލޫމާތު ހޯދަން އިދިކޮޅު މެންބަރުން މަޖިލީހަށް ހުށަހެޅި ގަރާރާއި ކުއްލި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ. އަދި ކޮމާޝަލް ޓާމްސް އެއްބަސްވުން ހިއްސާކޮށްދޭން މެންބަރަކު އެދުމުން ހައުސިން މިނިސްޓަރު މުއްތަލިބު ވަނީ "މިހާރު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ހުރި މައިގަނޑު މާއްދާތަކާ ގުޅޭ ތަފުސީލުތައް އާންމުވެފައިވާ" ކަަމަށް ވިދާޅުވެ އޭގައި ހުރި އެއްޗެއް ހިއްސާކުރަން ދެކޮޅު ހަދާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox