ނިމިދިޔަ ހަފްތާ: ރިޔާސީ ގަރާރާ މެދު ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރުން

އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން "އިންޑިއާ އައުޓް" ޖަހާފައިވާ ދިދައެއް މީހަކު ގެންގުޅެނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން "އިންޑިއާ އައުޓް" ޖަހާފައިވާ ދިދައެއް މީހަކު ގެންގުޅެނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ކަމަށާއި، އެކަން އެގޮތަށް ކުރެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލީ މިދިޔަ ހަފްތާގަ އެވެ.

އޭގެ އިތުރުން، ރިޔާސީ ގަރާރުގައި ފާހަގަ ކުރެވޭ ކަންބޮޑުވުންތައް އެ ކޯލިޝަންގެ ފަރާތުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްއާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން، މިދިޔަ ހަފްތާގައި އެ ކައުންސިލްގެ ސްޕެޝަލް ރެޕަޓުއާ، ފިއޮނިއުލާ ނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރިޔާސީ ގަރާރުގެ ސަބަބުން ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އެޅިފައިވާ ހުރަސްތައް އިދިކޮޅުން ހިއްސާކުރި އެވެ.

ފިއޮނިއުލާ ނީ ރާއްޖެ އަށް ކުރެއްވި ދަތުރަށް ފަހު މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ކުރިން ސުވާލަކަށް ޖަވާބު ދެއްވަމުން ވަނީ ކޯޓުތަކުން އެފަދަ މައްސަލަތައް ނިންމާއިރު ހައްގުތައް ހަނިކުރެވެން ގާނުން އޮތް މިންވަރަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ފެނިފައިވާ މަންކީޕޮކްސް ރާއްޖޭގައި ފެތުރުމުގެ ރިސްކު ވަރަށް ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ ހަފްތާގަ އެވެ. އެޗްޕީއޭއިން ބުނީ ދުނިޔޭގައި ފެތުރެމުން އަންނަ އެހެން ބަލިތަކެކޭ އެއްފަދައިން، މި އައުޓްބްރޭކް ވެސް މޮނިޓާ ކޮށް، ރިސްކު އެސެސްމެންޓު ހަދަމުން ގެންދާނެ ކަމަށެވެ. އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އެގޮތުން އަތް ދޮވުމާއި މާސްކު އެޅުމާއި ގައިދުރުކަން އިސްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ދުނިޔޭގެ އިގުތިސޯދަށް އަންނަމުންދާ ބަދަލުތަކާއި ގޮންޖެހުންތަކާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސްކަން ދޭނެ ތަރުތީބަށް ބަދަލު ގެނެސް، ދައުލަތުގެ ހަރަދުތައް ކުޑަކުރުރަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ.

ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ މި ދަނޑިވަޅުގައި ބުއްދިވެރި ކަމެއް ނޫން ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ވެސް މިދިޔަ ހަފްތާގަ އެވެ. އެ އިސްލާހު ސަރުކާރުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ، ރިސޯޓްތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލުކުރުމަށް ނުފެންނަކަމަށް ނިންމީ ރަޝިޔާ ޔޫކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އަންނަ ބޮޑެތި ލޮޅުން ތަކުގެ ސަބަބުން ދައުލަތަށް ލިބޭ އެއްވެސް އަމްދަނީއެއް ދޫކޮށްލާފަދަ ފިޔަވަޅެއް އެޅުމަކީ މިވަގުތަށް ކުރަން ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ ކަމަަށެވެ. އިސްލާހުތައް އަނބުރާ ގެންނަން ނިންމާފައި މިވަނީ، އެއާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ވެސް އަންނަ ދަނޑިވަޅެއްގަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން ދިޔުމާ ގުޅިގެން ބަޖެޓަށް ފިއްތުންތަކެއް ހުރި ނަމަވެސް ދަރަނި އަދާކުރުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ދިމާނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. އަމީރު ވަނީ ދަރަނި ދެއްކުމުގެ އެއްވެސް "ރިސްކެއް" ނެތް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މި ޔަގީންކަން ދެއްވާ ސަބަބެއްގެ ގޮތުގައި އަމީރު ފާހަގަކުރެއްވީ މި އަހަރު އަދާކުރަން ޖެހޭ ދަރަނީގެ ހިރާސް ބޮޑުކަމަށް ބަލައި، ފިނޭންސް މިނިސްޓްރީން ދުރާލާ އެޅި ފިޔަވަޅުތަކެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ކުއްލި ގޮތަކަށް މަރުވި އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމަށް އާއިލާއިން ނިންމީ ވެސް މިދިޔަ ހަފްތާގަ އެވެ.

ޖަމާލުއްދީން ސްކޫލުގެ ކިޔެވުން ފެށި ވަގުތު އެ ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކުރީ މިދިޔަ ހަފްތާގަ އެވެ. އެ މައްސަލައާ ގުޅިގެން 37 އަހަރުގެ މީހަކު ހައްޔަރުކޮށް އެ މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

މޯލްޑިވްސް މީޑިއާ ކައުންްސިލު(އެމްއެމްސީ) އިން މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ ދޫކޮށް ހުރިހާ މެމްބަރުން "ވޯކް އައުޓް" ކުރީ ވެސް ނިމިދިޔަ ހަފްތާގަ އެވެ. މެންބަރުން ޖަލްސާ ދޫކުރީ ކިންގްސް ފޮރެކްސްގެ ނަމުގައި ހިންގި ކަމަށް ބުނާ ޕޮންޒީ ސްކީމްގައި ބައިވެރިވުމުގެ ތުހުމަތުކުރެވޭ އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ. ޝަހުބާންއަކީ އެ ކުންފުނީގެ އެއް ހިއްސާދާރެވެ.

ބައެއް މުހިންމު ހަބަރުތައް

  • ގއ. ވިލިނގިލީ ނެރުގައި ލޯންޗެއް ޖެހި، ދެ މީހަކު މަރުވުން
  • މަންކީޕޮކްސްގެ އަސަރު ޓޫރިޒަމަށް ކުރާނެ ކަމަށް ބުނުން
  • ދަރިފުޅު މަރާލި ކަމުގެ ކުށް ޝާހިދާގެ މައްޗަށް ސާބިތުވުން

ޗެއާޕާސަން ކަމަށް ރަސްމީކޮށް ހަވާލުވެވަޑައިގެން ފައްޔާޒު މަސައްކަތަށް ނުކުންނެވުން

ދާން ބޭނުންވާ ތަން ކުރިން އަންގަން ނުޖެހޭ ގޮތަށް ޓެކްސީ އެޕްތައް ބަދަލުކުރަން އެންގުން

  • ސަރުކާރުން ވާ ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު ވިދާޅުވުން
  • ސިންގަޕޫރާއި މެލޭޝިއާއަށް އެމްއެސްއެސްގެ ކާގޯ ދަތުރުތައް ޖުލައި މަހު ފަށަނީ
  • ޔާމީންގެ ސިޔާސީ ބޭނުމަކަށް ދިވެހިން ބާކީ ނުކުރަން ނަޝީދު ގޮވާލެއްވުން
  • ކުނި އުކައިގެން ލިބެންޖެހޭ 42 މިލިއަން ރުފިޔާ ވެމްކޯއަށް ނުލިބޭކަން ހާމަކުރުން

ހަފްތާގެ ހޮވާލެވޭ ލިޔުންތައް

  1. އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރާ މެދު އުފެދިފައިވާ ގާނޫނީ ސުވާލުތަކަށް މި ރިޕޯޓުގައި ނާޒިމް ހަސަން ޖަވާބުދަތަކެއް ގެނެސްދީފައިވެ އެވެ. އެގޮތުން، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ބަސް އަދި މަޖިލީހުގެ މެމްބަރުންގެ ބަސް ހިމަނާފައިވެ އެވެ.
  2. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަވާލުކޮށްފައިވާ މެންޑޭޓުގެ ބޭރުން އެހެން ވިޔަފާރިތަކަށް ވަންނަން ކުރަމުންދާ މަސައްކަތުގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިމަތިލާން ޖެހޭނެ ގޮންޖެހުންތަކާއި ގުޅޭގޮތުން މުހައްމަދު ވިޝާމް މި ރިޕޯޓުގައި ތަފްސީލީ މައުލޫމާތުތަކެއް ގެނެސްދީފައިވެ އެވެ.
  3. ރައްޔިތުންގެ މަޖިލީހުގައި އޮތް މައިނޯރިޓީއަށް އެ މީހުން އަދާކުރަން ޖެހޭ ދައުރު އަދާކުރުމަށް ފުރުސަތު އޮތް މިންވަރާއި ގުޅޭގޮތުންނާއި މަޖިލީހުގައި މައިނޯރިޓީގެ އަޑު އިއްވުމަށް ދިމާވެފައިވާ ދަތިތައް އައިޝަތު ނުޒުހާ ވަނީ މި ރިޕޯޓުގައި ގެނެސްދީފަ އެވެ.

ދިރާސާތަކުން ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox