"އިންޑިއާ އައުޓް" ހުއްޓުވަން ނެރުނު ގަރާރާ މެދު ކޯޓުން ނިންމާ ގޮތަކަށް ސަރުކާރުން އަމަލުކުރަން ޖެހޭ: އދ.

"އިންޑިއާ އައުޓް" ކެމްޕޭނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން. އިދިކޮޅު ކޯލިޝަނުން ވަނީ ކެމްޕޭން ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރުގެ މައްސަލަ ކޯޓަށް ހުށަހަޅާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"އިންޑިއާ އައުޓް" ކެމްޕޭނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން. އިދިކޮޅު ކޯލިޝަނުން ވަނީ ކެމްޕޭން ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރުގެ މައްސަލަ ކޯޓަށް ހުށަހަޅާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރުން ހައްގުތަކެއް ހަނިވާނަމަ އެކަމާ ގުޅޭގޮތުން ގޮތް ނިންމަން ޖެހޭނީ ރާއްޖޭގެ ކޯޓުތަކުން ކަމަށް އދ. އިން ބުނެފި އެވެ.

އދ. ގެ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ، ފިއޮނިއުލާ ނީ ރާއްޖެ އަށް ކުރެއްވި ދަތުރަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ކުރިން ސުވާލަކަށް ޖަވާބު ދެއްވަމުން ވަނީ ކޯޓުތަކުން އެފަދަ މައްސަލަތައް ނިންމާއިރު ހައްގުތައް ހަނިކުރެވެން ގާނުން އޮތް މިންވަރަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ނެރުއްވި ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު އަދި ބާތިލް ގަރާރެއް ކަމުގައި ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

"މިފަދަ ގަރާރުތަކާ މެދު އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމުގައި ކޯޓުތަކުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ. ހައްގުތަކެއް ހަނިކުރެވެން ޖެހޭނީ [ހާލަތާ އެއްގޮތަށް] ކުރެވެން އޮތް މިންވަރަށް،" އދ. ގެ ހާއްސަ މަންދޫބު ވިދާޅުވި އެވެ.

އދ. ގެ ސްޕެޝަލް ރެޕަޓުއާ، ފިއޮނިއުލާ ނީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. އޭނާ ވަނީ ގަރާރާ މެދު ގޮތް ނިންމާނީ ކޯޓުން ކަމަށް ވިދާޅުވެފައި --- ފޮޓޯ: އަދަދު
އދ. ގެ ސްޕެޝަލް ރެޕަޓުއާ، ފިއޮނިއުލާ ނީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. އޭނާ ވަނީ ގަރާރާ މެދު ގޮތް ނިންމާނީ ކޯޓުން ކަމަށް ވިދާޅުވެފައި --- ފޮޓޯ: އަދަދު

އދ. ގެ ސްޕެޝަލް ރެޕަޓުއާ، ފިއޮނިއުލާ ނީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. އޭނާ ވަނީ ގަރާރާ މެދު ގޮތް ނިންމާނީ ކޯޓުން ކަމަށް ވިދާޅުވެފައި --- ފޮޓޯ: އަދަދު

އެއްވެ އުޅުމުގެ މިނިވަން ކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ވެސް އެއްވެސް ހައްދެއް ނެތް މިންވަރަށް ދީފައިވާ ހައްގުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ހައްގުތަކަކީ، އެއްވެސް ތަފާތު ކުރުމެއް ނެތި، ކުރަން ޖެހިއްޖެ ނަމަ، ކުރެވެން އޮތް މިންވަރަކަށް ހަނި ކުރަން ޖެހޭ ހައްގުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، ކޯޓުތަކުން އެ މައްސަލަ ނިންމުމުގައި އެފަދަ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރަށް ލިބިފައިވާ ބާރުތަކާއި އަދި ގަރާރަކުން ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާ ހުރީ ކޮން ކަންތައްތަކެއްގައިތޯ ކަނޑައެޅުމާ މެދު ސުވާލު އުފައްދަން ޖެހޭ. އެހެނިހެން ނުރައްކާތަކާއި ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކުގެ ތަފާތު ދެނެގަނެ ހަމަހަމަ އުސޫލަކުން ދަރަޖަ ކުރުމަކީ އަބަދުވެސް އުނދަގޫ ކަމެއް،" މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފިއޮނިއޯލާ ވިދާޅުވި އެވެ.

ސިޔާސީ ކެމްޕޭނުތަކުގެ ސަބަބުން މުޖުތަމައުގައި އުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންގެ ހައްގުތަކަށް އަސަރުކުރާނެ ކަން ދަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ބައެއް ރައްޔިތުންނަށް އެކި ޒާތުގެ ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މީގެކުރިން ހާމަކޮށްފައިވެ އެވެ. ނަމަވެސް، ފިނޯލާގެ ޖަވާބުގައި ވަކި ގައުމެއްގެ ރައްޔިތުން އޭނާ ފާހަގަކޮށްފައި ނުވެ އެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހިންގާ އެ ހަަރަކާތް ހުއްޓުވަން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަންގައި، ރައީސް ސޯލިހު ނެރުއްވި ގަރާރަށް ފަހު އެ ހަރަކާތް ހުއްޓުވުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މުޒާހަރާތައް ރޫޅާލައި އެ ހަރަކާތް އިންތިޒާމުކުރާ ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވެފައި އޮތީ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގެ "ސުލުހަ މަސްލަސްކަން ނަގައިލުމުގެ ނިޔަތުގައި" ހިންގާ ކެމްޕެއިނެއް ކަމަށެވެ. އަދި، އެއީ ރާއްޖޭގެ ތަރައްގީ އާއި މި ސަރަހައްދުގެ ހަމަޖެހުމަށް ހުރަސް އެޅުމަށް ކުރާ ކެމްޕެއިނެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހުރި ކަންކަމަށް އިންކާރު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox