މައްސަލަ ހޫނުވި ޓޫރިޒަމް ބިމު ކުލި ކުޑަ ކުރާ އިސްލާހު އަނބުރާ ގެންގޮސްފި

އެޓްމޮސްފިޔާ ކަނިފުށި ރިސޯޓު: ބިމު ކުލި ކުޑަކުރަން ހުށަހެޅީ ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުރި ހުރިހާ ރިސޯޓެއްގެ. -- ފޮޓޯ: އެޓްމޮސްފިޔާ ރިސޯޓްސް

އެޓްމޮސްފިޔާ ކަނިފުށި ރިސޯޓު: ބިމު ކުލި ކުޑަކުރަން ހުށަހެޅީ ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުރި ހުރިހާ ރިސޯޓެއްގެ. -- ފޮޓޯ: އެޓްމޮސްފިޔާ ރިސޯޓްސް

ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލި ކުޑަކުރަން ސަރުކާރުން ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހުތައް އަނބުރާ ގެންނަން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ، ރިސޯޓްތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލުކުރުމަށް ނުފެންނަކަމަށް ނިންމީ ރަޝިޔާ ޔޫކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އަންނަ ބޮޑެތި ލޮޅުން ތަކުގެ ސަބަބުން ދައުލަތަށް ލިބޭ އެއްވެސް އަމްދަނީއެއް ދޫކޮށްލާފަދަ ފިޔަވަޅެއް އެޅުމަކީ މިވަގުތަށް ކުރަން ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ ކަމަަށެވެ.

އިސްލާހުތައް އަނބުރާ ގެންނަން ނިންމާފައި މިވަނީ، އެއާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ވެސް އަންނަ ދަނޑިވަޅެއްގަ އެވެ.

އެގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ޓެކްސް އިދާރާ މީރާގެ އިތުރުން މަޖިލިސް މެމްބަރުންނާއި ރަށްރަށުގެ ކައުންސިލަރުންނާއި އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ ދެކޮޅަށް ވާހަކަދައްކާފަ އެވެ. ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނަނީ، ދުނިޔޭގެ އިގުތިސޯދީ ހާލަތު ނާޒުކުކޮށް އޮއްވައި މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫންކަމަށެވެ.

މި އަޑުތައް ގަދަވީ، މިހާރު ހުށަހަޅާފައިވާ ގޮތަށް ބަދަލުގެނެސްފި ނަމަ ދައުލަތަށް 590 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް އިގުތިސޯދީ ކޮމިޓީގައި ހާމަކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox