ރިޔާސީ ގަރާރުގެ ކަންބޮޑުވުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލާ ހިއްސާކޮށްފި

ޕީޕީއެމްއާއި ޕީއެންސީން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލާ ކުރި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް ޕީއެންސީ

ޕީޕީއެމްއާއި ޕީއެންސީން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލާ ކުރި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް ޕީއެންސީ

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވާފައިވާ ރިޔާސީ ގަރާރުގައި ފާހަގަ ކުރެވޭ ކަންބޮޑުވުންތައް އެ ކޯލިޝަންގެ ފަރާތުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްއާ ހިއްސާކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން މިއަދު ބައްދަލުކުރީ، އެ ކައުންސިލްގެ ސްޕެޝަލް ރެޕަޓުއާ، ފިއޮނިއުލާ ނީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މި ނޫހަށް ވިދާޅުވި ގޮތުގައި ރިޔާސީ ގަރާރުގެ ސަބަބުން ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އެޅިފައިވާ ހުރަސްތައް ހިއްސާކޮށްފައިވާނެ ކަމަށެވެ.

"ގާނޫނުން ބާރު ލިބިނުދޭ އެ ގަރާރު ތަންފީޒު ކުރަން ސަލާމަތީ ބާރުތަކުން އަމަލުކުރަމުންދާ ގޮތް، މުޒާހަރާތަކާއި އެއްވުންތަކުގައި ފުލުހުންނާއި ސިފައިން ވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ގޮތް ވެސް ވާނީ ހިއްސާކޮށްފައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ރާއްޖޭގެ ހާލަތު ދިރާސާކޮށް އެކުލަވާލާ ރިޕޯޓްގައި ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ފާހަގަ ކުރި ކަންބޮޑުވުންތައް ހިމަނާނެ ކަމުގެ ޔަގީންކަން އެ ފަރާތުން ދެއްވި ކަމަށެވެ.

އާދަމް ޝަރީފް ވަނީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަން ހިއްސާކުރައްވައި ޓްވީޓެއް ވެސް ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި އާދަމް ޝަރީފްގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއާއި، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާއި، ފެލިދޫ ދާއިރާގެ މެންބަރު އިބްރާޙީމް ފަޒުލް ރަޝީދުއާއި ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފިއޮނިއުލާ ނީ ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ރާއްޖޭގައި ގާއިމްވެފައިވާ ބައިނައިލްއަގްވާމީ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. އަދި މާފުށީ ޖަލަށް ޒިޔާރަތްކޮށް، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުނާ ވެސް ބައްދަލު ކުރެ އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ ހަރަކާތް ހުއްޓުވަން މުއައްސަސާތަކަށް އަންގައި ރިޔާސީ ގަރާރެއް ނެރުއްވި ފަހުން ފުލުހުން ގެންދަނީ ކޯޓު އަމުރު ދަށުން އެ ޝިއާރު ލިޔެފައިވާ ބެނާތައް ނަގަމުންނެވެ. އަދި އެ ޝިއާރު ފާރުތަކުގައި ލިޔަމުން ގެންދާ މީހުންގެ މައްސަލަތައް ވެސް ބަލަމުންނެވެ.

ރައީސްގެ ރިޔާސީ ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގެ ގާނޫނުލްްއުގޫބާތުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި މަނާކޮށްފައިވާ އަމަލުތަކުގެ ތެރެއިން ވަކި ނަސްލަކަށް ނުވަތަ ނަސަބަކަށް ވީތީ ދަތިކޮށް ފުރައްސާރަކޮށް ތަފާތުކުރުންފަދަ އަމަލެއް ކަމުގަ އެވެ.

ރިޔާސީ ގަރާރު ބާތިލުކުރަން ޕީޕީއެމްއިން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ އިންޑިއާގެ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox