ފަތުރުވެރިކަން
691 ލިޔުން
ފަހުގެ
ހަބަރުއިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!
ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.
ހަބަރުމި އަހަރުވެސް ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލެއްނުވާނެ: ޒަރީރު
މި އަހަރަށް ކަނޑައެޅި ފަތުރުވެރިންގެ އަމާޒު ހާސިލުނުވާނެ ކަމަށާއި، މިދިޔަ އަހަރަށް ވުރެ ވެސް ފަތުރުވެރިން އަންނަ މިންވަރު މަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ފަތުރުވެރިންގެ އަދަދު މަދުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ އަގުބޮޑުވެ، ދުނިޔޭގެ އިގުތިސާދަށް އައި ލޮޅުންތަކާ ގުޅިގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ބަދަލާއެކު، ފާއިތުވި ފަސް އަހަރު ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައި އައުމަށް މި އަހަރު ހުއްޓުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
