ރިސޯޓުތަކުން ޑޮލަރު މާރުކުރަންޖެހޭ މިންވަރަށް ބަދަލެއް ގެންނަން ނުވިސްނަވާ ކަމަށް ބަންޑާރަނައިބު ވިދާޅުވެއްޖެ

ބަންޑާރަނައިބު އަހުމަދު އުޝާމް: ވިދާޅުވީ 40 ޕަސެންޓު މާރުކުރަންޖެހޭ ގޮތަށް ބަދަލު ކުރީ ދިރާސާކޮށްފައި ކަމަށާއި އިތުރު ބަދަލެއް ގެންނަން ނުވިސްނާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ބަންޑާރަނައިބު އަހުމަދު އުޝާމް: ވިދާޅުވީ 40 ޕަސެންޓު މާރުކުރަންޖެހޭ ގޮތަށް ބަދަލު ކުރީ ދިރާސާކޮށްފައި ކަމަށާއި އިތުރު ބަދަލެއް ގެންނަން ނުވިސްނާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރިސޯޓުތަކުން ބޭންކުތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރަށް ބަދަލެއް ގެންނަން ސަރުކާރުން ނުވިސްނާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. 

ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ވަކި މިންވަރެއް މާރުކުރަންޖެހޭ ގޮތަށް ސަރުކާރުން ގާނޫނު ބަދަލު ކުރީ 2024 ވަނަ އަހަރެވެ. އެއިރު ބުނީ ކޮންމެ ގެސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރަންޖެހޭނެ ކަމަށެވެ. 

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަންޖެހޭ ގޮތަށް ސަރުކާރުން ގާނޫނު ބަދަލު ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު ބަދަލު ކުރަން ސަރުކާރުން ނުވިސްނާ ކަމަށެވެ. 

"މާރުކުރަންޖެހޭ އަދަދު 40 ޕަސެންޓަށް އިތުރު ކުރީ އެމްއެމްއޭއިން ވެސް ހަމަ ދިރާސާތަކެއް ކުރުމަށްފަހު އެއީ ގެންނަންޖެހޭ ބަދަލެއް ކަމަށް ގަބޫލު ކުރެވޭތީވެ. އަޅުގަނޑުމެން ގަސްދެއް ނުކުރަން، ސަރުކާރުން ގަސްދެއް ނުކުރަން ގާނޫނަށް އިތުރު އިސްލާހެއް މިވަގުތު ހުށަހަޅާކަށް،" އުޝާމް ވިދާޅުވި އެވެ. 

ރިސޯޓުތައް ތަމްސީލު ކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ އިން ބުނީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 10 ޕަސެންޓަށްވުރެ އިތުރަށް މާރު ކުރުމަކީ އުފުލޭނެ ބުރައެއް ނޫން ކަމަށެވެ. އަދި ބުނެފައި ވަނީ ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރު ކުރަންޖެހޭ ގޮތަށް ސަރުކާރުން ހަމަޖެއްސީ މަޝްވަރާނުކޮށް ކަމަށެވެ. 

ރިސޯޓުތަކުން ރާއްޖޭގައި ކުރާ ގިނަ ހަރަދުތައް ކުރަނީ ޑޮލަރުންނެވެ. ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި މުދަލާއި ލޮޖިސްޓިކްސް އާއި ގެސްޓު ޓްރާންސްފާ އާއި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ވިތުހޯލްޑިވްސް ޓެކްސް އާއި އިންކަމް ޓެކްސް އާއި ބިމު ކުލި ވެސް ރިސޯޓުތަކުން ދައްކަނީ ޑޮލަރުންނެވެ. 

ރިސޯޓު ވިޔަފާރިތަކުން އެހެން ބުނި ނަމަވެސް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަންޖެހުމުން އެއްވެސް ދައްޗެއް ވިޔަފާރިތަކަށް ނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

"މިހާރު ވެސް އެބަ ފެނޭ، ނޫސްތަކުން ވެސް އެބަ ފެނޭ އަދި އެހެން ގޮތްގޮތުން ވެސް އެނަ އެނގޭ ކަޅު ބާޒާރުގައި ބޮޑު އަގުގައި ހަމަ ބައެއް ފަރާތްތަކުން މާރުކުރަމުން އެބަދޭ. ޔަގީނުން ވެސް ފައިސާ އެކްސެސްކޮށް ހުރީމަ އެކަން ކުރާނީ. ދެން އެހެން ނޫނަސް ހިސާބުކިތާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް 40 އިންސައްތަ މާރުކުރުމަކީ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫންކަން،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox