ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން 17 ޕަސަންޓް ޓެކްސް ނެގުން ފަސްކުރަން މަޖިލީހަށް ހުށަހަޅައިފި

ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން -- ފޮޓޯ: އަދަދު

ހުޅުމާލޭ ލަކުޑި ޖެޓީ ސަރަހައްދުގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން -- ފޮޓޯ: އަދަދު

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން 17 ޕަސަންޓު ޓެކްސް ނަގަން ފެށުމުގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ޖީއެސްޓީ ގާނޫނު) އަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ. 

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައިގައި އެދިފައިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން ޓެކްސް ނެގުމުގެ މި މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލައިދިނުމަށެވެ. 

އޭނާ ވިދާޅުވީ އޮކްޓޯބަރު 1، ގައި އަމަލުކުރަން ފަށާ މި އިސްލާހަށް އަމަލުކުރުން ފަސްކޮށް، ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް އިސްތިސްނާދީ، ނުވަތަ ބައިނަލްއަގުވާމީ މާކެޓްގެ އިތުބާރު ދެމެހެއްޓޭނެ ފަދަ އުސޫލުތަކެއް ކަނޑައެޅުމުގެ ފުރުސަތު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހޯދައިދޭން ޖެހޭ ކަމަށެވެ. 

Advertisement

މިގާނޫނަށް އިސްލާހު ގެނައިއިރު ސަރުކާރުން އިގްތިސާދީ ގޮތުން ކުރާނެ އަސަރުތަކުގެ ދިރާސާއެއް ނުވަތަ މާކެޓް ރިސްކް އެނަލިސިސްއެއްގެ އިތުރުން ކަމާބެހޭ ބޭުރުގެ ފަރާތްތަކާ ގުޅިގެން ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީއެއްވެސް ހަދާފައި ނުވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. 

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ޓޫރިޒަމް އެޑްވޮކަސީ ޖަމިއްޔާ، ޑެސްޓިނޭޝަން ފިއުޗާއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހިމެނޭ ކަންކަންވެސް ފާހަގަކުރައްވާފައިވެ އެވެ. 

ސަރުކާރުގެ ފަރާތުން ޖީއެސްޓީ ގާނޫނު އިސްލާހުކުރީ ޖީއެސްޓީ ނެގޭނީ ރާއްޖޭގައި ވިއްކާ މުދަލުން ކަމަށް ގާނޫނުގައި އޮތް މާއްދާތައް ބަދަލުކޮށް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭގޮތަށް އިބާރާތް ބަދަލުކޮށްގެންނެވެ. 

ސަރުކާރުން އަވަސް އަރުވާލައިގެން މި ބަދަލުތައް ގެނައިއިރު، ސަރުކާރުން ލިބޭނެ ކަމަށް އަންދާޒާކުރާ އަދަދާއި މި ޓެކްސް ނެގުމުގެ އިދާރީ ކަންކަން ހަމަޖައްސަން ހަރަދު ވާނެ ކަމަށް ބުނި އަދަދާ މެދު ޑެސްޓިނޭޝަން ފިއުޗާއިން ސުވާލު އުފެއްދި އެވެ. 

ޓެކްސް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ސަރުކާރުން ލަފާކުރީ، މި ގޮތަށް ޓެކްސް ނަގައިގެން އަހަރަކު އިތުރަށް 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މި ބަދަލުތައް ގެންނާތީ ހަރަދު ކުރަން ޖެހޭނީ އަހަރަކު 5.1 މިލިއަން ރުފިޔާ ކަމަށެވެ. ޑެސްޓިނޭޝަަން ފިއުޗާއިން ބުނީ، ޓެކްސް ނެގޭ-ބޭސް އާއި، ކޮމްޕްލައިންސް އަދި ކަލެކްޝަން އަންދާޒާތައް ޝާއިއުކޮށް ސްޓްރެސް ޓެސްޓް ކުރަން ޖެހޭ ކަމަށެވެ. 

ޑެސްޓިނޭޝަން ފިއުޗާގެ ރިޕޯޓުގައި ސަރުކާރުން ނިންމާފައިވާ ގޮތަށް އަންނަ މަހުން ފެށިގެން ޑޮލަރު މާރުކުރާ މިންވަރު 40 ޕަސެންޓަށް މަތިކުރުމާއި ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން ބޭރުގެ ޓުވާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ޓެކްސް ނެގުން އިހަށް މަޑުޖައްސާލަން ވަނީ ގޮވާލާފަ އެވެ. 

ޑެސްޓިނޭޝަން ފިއުޗާއިން ސަރުކާރަށް ހުށަހެޅި ކަރުދާހެއްގައި މިހެން ގޮވާލީ، މި ބަދަލުތަކަކީ ޓޫރިޒަމް ސިނާއަތުގެ އަދުގެ ހާލަތާ ނުބައްދަލު ބަދަލުތަކެއް ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ޖަމިއްޔާއިން ވަނީ މިއީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިމުގެ ފުރުސަތު ބޮޑު ބަދަލުތަކެއް ކަމަށް ސިފަކޮށްފަ އެވެ.

މި ބަދަލުތަކުގެ ހުރި ގެއްލުމާ ގުޅުވާ ޑެސްޓިނޭޝަން ފިއުޗާއިން ބުނީ މި ކަމުގެ ސަބަބުން ލިބެން އޮތީ "ހިމޭން، އިއާދަަނުކުރެވޭ" ވަރުގެ ގެއްލުމެއް ކަމަށެވެ. ސަބަބެއް ކަމަށް ބުނީ، އާންމުކޮށް އިއުލާންކޮށްގެން ރާއްޖެ ދޫކޮށްފައި ނުދިޔަޔަސް، ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ މީހުން އެ މީހުންގެ ވިޔަފާރި ވާދަވެރި މަންޒިލުތަކަށް ގެންދާނެ ކަމަށެވެ.

ޓޫރިޒަމް ވިޔަފާރިތަކަށް އިތުރު އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އެ ވިޔަފާރިތަކުން ބުނާ މި ބަދަލުތަކާ ދެކޮޅަށް ރިސޯޓުތަކާއި ރާއްޖެއަށް ޓޫރިސްޓުން ފޮނުވާ ވިޔަފާރިތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަމުގެ މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމެއްގައި ބައެއް ޓުވާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ވަނީ ރާއްޖެ ވިއްކުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox