ދިވެހިރާއްޖޭގައި އޮތީ ހަލާލު އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހިރާއްޖޭގެ ޓޫރިޒަމްގައި ވިއްކަނީ ދިވެހިންގެ ރީތި ގޮނޑުދޮށްތަކާއި ދިވެހިންގެ ރީތި މޫދާއި ކަނޑާއި ކަނޑުގެ އަޑީގެ ޒީނަތްތެރިކަމާއި އަދި އެކަނޑުގެ ދިރުންތައް ބެލުމުގެ ފުރުސަތާއި، ދިވެހިރާއްޖޭގެ އޮޔާއި ވައިގައި ހިތްފަސޭހަކުރުމުގެ ހިދުމަތެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމްގައި ވިއްކަނީ ދިވެހިންގެ ރީތި ގޮނޑުދޮށްތަކާއި ދިވެހިންގެ ރީތި މޫދާއި ކަނޑާއި ކަނޑުގެ އަޑީގެ ޒީނަތްތެރިކަމާއި އަދި އެކަނޑުގެ ދިރުންތައް ބެލުމުގެ ފުރުސަތާއި، ދިވެހިރާއްޖޭގެ އޮޔާއި ވައިގައި ހިތްފަސޭހަކުރުމުގެ ހިދުމަތެވެ.

ވިޒިޓް މޯލްޑިވްސްގެ ބޮޑު މީހާ ޓޫރިޒަމް ފެއާއެއް ނިންމަވާފައި ނޫސްވެރިންނަށް ދެއްވި ބަސްދީ ގަތުމެއް މީގެ ހަފުތާއެއް ކުރިން ސޯޝަލް މީޑިއާގައި ދައުރުވާތީ ފެނުނެވެ. އޭނާގެ ދައުވާއަކީ ރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް ނޫންކަމަށް ބުނުމެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ބުނީ ރާއްޖޭގެ ރިޒޯޓުތަކުން މިހާރު ލިބެނީ ހަލާލު ސޭންޑްވިޗެއް ކަމެއް މުޅިއަކުން ޔަގީނެއް ނުކުރެވޭނެ އެވެ. ކުކުޅު ސޭންޑްވިޗަށް މަސްކޮށީ އޫރުމަސް ކޮށި ވަޅިއަކުން ކަމެއް، އެ ރޯފިލުވީ އޫރުމަސް ފޮއްޗެއް ފިހުނު ތަވައެއްގެ މަތީގައި ކަމެއް ވަކިނުވާނެ ކަމަށެވެ.

މީހުން ދުނިޔޭގައި ނުކަނީ ހަމައެކަނި އޫރުމަހެއް ނޫނެވެ. ގެރިމަސް ނުކާ މީހުންވެސް އުޅެ އެވެ. އެއްގޮތަކަށް މަސްނުކާ މީހުންވެސް އުޅެ އެވެ. އަދި ވަކި އެއްޗެއް އާންމުކޮށް ހިމެނޭ ކެއުންތަކަށް އެއެއްޗެއް ނުލާ ކާ މީހުންވެސް އުޅެ އެވެ. ބައެއް ފަހަރަށް ވަކި އެއްޗަކަށް ލޮނު ނުލާން ނުވަތަ މިރުސް ނުލާން ބުނަނީ ކިތައް މީހުންހެއްޔެވެ؟ ދިވެހި ރިޒޯޓުތަކުން މިއަންނަނީ އެ އެންމެންނަށްމެ ޝަކުވާއެއް ނުކުރެވޭނެ ގޮތަށް، ކިއެއްތަ! ދަމުންނާއި ގޮސްފައިވެސް އެތައް ތާރީފަކާއި ސަނާއެއް އޮހޭނެ ގޮތަށް ހިދުމަތްދެމުންނެވެ.

މިހާރު މިޒަމާނުގައި އަމިއްލަ ގޭގައިވެސް މިރުސް ކޮށި ވަޅިއަކުން އާފަލެއް ކޮށާފައި އޮތުމުން، އާފަލު ކައިން ކުޅިވި ހަނދާނެއް ކޮންމެ ކޮންމެ މީހަކު ނުހުންނާނެއެވެ! ޗީޒް ނާޅާ ބިސްގަނޑެއް ގެނެސްދޭން ބުނީމާ ނުވަތަ ފިޔާމިރުސް ނުލައި ގެނެސްދޭން ބުނީމާ، ފިޔާ ދިޔަ ހޭކިފައިވާ ތަވައެއްގައި ފިހެގެން، ޗީޒް ހޭކިފައިވާ ތައްޓެއްގައި ނޫނީ އެ ސާވްކުރާހާ ފެންވަރު ރާއްޖޭގެ ރިޒޯޓުތަކުގައި ނެތްކަމަށް ބުނާނަމަ، އެމީހަކަށް ވުރެ ބުހުތާނުކަން ބޮޑީ ފަހެ ކާކު ހެއްޔެވެ؟ އޭނާގެ އެ ބަސްދީގަތުމުގައި ޖެހި މިސާލާ މި މިސާލާ ހަމަ އެއްވެސް ތަފާތެއް ނެތެވެ.

Advertisement

ރާބުއިމަކީ އަދި ރާވިއްކުމަކީ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ހަރާން ކަމެކެވެ. އަދި އޫރުމަސް ކެއުމާއި ކާންދިނުމާއި ވިއްކުން އެފަދަ އެވެ. ނަމަވެސް މުސްލިމަކު ރާވިއްކާނަމަ ނުވަތަ އޫރުމަސް ވިއްކާނަމަ، އެމީހަކީ ދީނުން ބޭރުވެފައިވާ ކާފަރަކަށް ނުވާނެކަމީ، ހުރިހާ މުސްލިމުން އިއްތިފާގުވެ އެއްބަސްވާ ކަމެކެވެ. އެހެންކަމުން ހިނގަމުންދާ މާސިންގާ އިގުތިސާދީ ބޮޑު ސިނާއަތެއްގެ ތެރޭގައި، ހަރާން ކަންތައްތަކެއް ހިމެނިފައި އޮތުމަކީ، މުޅި އެ ވިޔަފާރީގެ ހަލާލުކަން ކެނޑި އެ ވިޔަފާރި މުރުތައްދުވެގެންދާނެ ކަމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމްގައި ވިއްކަނީ ދިވެހިންގެ ރީތި ގޮނޑުދޮށްތަކާއި ދިވެހިންގެ ރީތި މޫދާއި ކަނޑާއި ކަނޑުގެ އަޑީގެ ޒީނަތްތެރިކަމާއި އަދި އެކަނޑުގެ ދިރުންތައް ބެލުމުގެ ފުރުސަތާއި، ދިވެހިރާއްޖޭގެ އޮޔާއި ވައިގައި ހިތްފަސޭހަކުރުމުގެ ހިދުމަތެވެ. މައިގަނޑު ވިޔަފާރިއަކީ މި އެވެ. މި ވިޔަފާރިން ހިދުމަތް ލިބިގަންނަން އަންނަ ގައިރު މުސްލިމުންނަށް ރާއާއި އޫރުމަސް ވެސް ގަނެގެން ކާން ލިބެންހުރެ އެވެ.

މައިގަނޑު ވިޔަފާރިއަކީ ހަލާލު އެތައް ކަމެއްގެ މައްޗަށް ބިނާކޮށްފައިވާ އިސްލާމީ ވިޔަފާރިއެކެވެ. އެ ވިޔަފާރީގެ ތެރޭގައި ހަރާން ކަންތައްތަކެއްވެސް ހިނގަ އެވެ. އޭގެ މިސާލަކީ ރާބޯ އަދި އޫރުމަސްކާ، އެހެނަސް ދީނަށް ވަފާތެރި މުސްލިމެއްގެ މިސާލެވެ. އޭނާއަކީ ކާފަރެކޭ ނުބުނެވޭނެ ފަދައިން ދިވެހިރާއްޖޭގެ ޓޫރިޒަމަކީ، ކާފަރު ޓޫރިޒަމެކޭ ނުބުނެވޭނެ އެވެ. އަދި އޭނާ ހަރާން ބައެއް ކަންކަން ކުރިޔަސް އޭނާއަކީ މުސްލިމެކޭ އަހަރެމެން ބުނާ ފަދައިން އަހަރެމެން ބުނަންޖެހޭނީ ދިވެހިރާއްޖޭގެ ޓޫރިޒަމަކީ ހަލާލު އިސްލާމީ ޓޫރިޒަމެއްކަމަށެވެ. އޭގައި ހަރާން ކަންކަން ހިމެނިފައިވަނީކަމަށެވެ.

އިސްލާމީ ވެރިކަންތަކުގެ ދަށުގައި ދިރިއުޅޭ ނުވަތަ އިސްލާމީ ވެރިކަންތައް ހިނގާ ތަންތަނަށް ޒިޔާރަތްކުރާ ގައިރު މުސްލިމުންގެ އަތުން ޖިޒުޔައާއި ޓެކްސްއާއި އެނޫންވެސް ފީތައް ނެގުމުގައި، ރާއާއި އޫރުމަސް އޭގެ ޒާތުގައި ވާރުގެ ގޮތުގައި ނަގާފައި މުސްލިމުން އެ ވިއްކުމާއި، އަދި އެ ވިއްކުމަށް އެމީހުންނަށް ދޫކޮށްލުމަށްފަހު އެމީހުންގެ އަތުން ފައިސާ ނެގުމާ މިކަންކަމަކީ އިސްލާމީ ތާރީޚުގައި ފެންނާންހުރި ކަންކަމެވެ.

ބިލާލްގެފާނު އަހަރެމެންގެ ދެވަނަ ޚަލީފާ އުމަރުގެފާނަށް ދެންނެވި އެވެ. ދައުލަތަށް ނަގާ ވާރުގެ ގޮތުގައި ކަލޭގެފާނުގެ ބައެއް އެޖެންޓުން ގައިރު މުސްލިމުންގެ އަތުން ރާއާއި އޫރުމަސް އެބަ ނަގަ އެވެ. އުމަރުގެފާނު އެކަން އެގޮތަށް ނުކުރުމަށް ވަގުތުން އަމުރުކުރެއްވި އެވެ. އޭގެ ބަދަލުގައި ރާއާއި އޫރުމަސް އެމީހުން އަމިއްލައަށް އެމީހުންގެ ތެރޭގައި ވިއްކިޔަދިނުމަށްފަހު އެމީހުންގެ އަތުން ވާރުގެ ގޮތުގައި ފައިސާ މުސްލިމުން ނެގުމަށް ހުއްދަދެއްވި އެވެ. އަލްޢައްލާމާ އިބްނުލްޤައްޔިމް އޭނާގެ "އަޙްކާމް އަހްލިއްޒިންމާ" އޭ ކިޔުނު ފޮތުގައި މިއީ ސައްހަ ރިވާޔަތެއްކަމަށް ވިދާޅުވެފައިވެ އެވެ.

"އަލްމުޣްނީ" އޭ ކިޔުނު ފޮތުގައި އިމާމް އިބްނު ޤުދާމާ ވެސް މި ހާދިސާ ގެންނަވާފައިވެ އެވެ. އަދި މިއީ އިމާމް މަސްރޫޤު، އަދި އިމާމް ނަޚްޢީ، ފަދަ ބޮޑެތި ތާބިއީ ބޭކަލުންވެސް ދެކެވަޑައިގެންނެވި ގޮތެއް ކަމަށާއި، އިމާމް އަބޫހަނީފާ އާއި ހަނަފީ މަޒުހަބުގެ މުޙައްމަދު ބިން އަލްޙަސަންވެސް އެގޮތަށް ތާއީދުކުރެއްވި ރައުޔުކަމުގައި ވިދާޅުވެފައިވެ އެވެ.

އުމަރުގެފާނު އެކަމުގައި ވިދާޅުވި ބަސްފުޅުގެ ލަފުޒީ ތަރުޖަމާގައި އޮންނަނީ "އެތަކެތި ވިއްކުން އެމީހުންނާ (ގައިރު މުސްލިމުންނާ) މަތިކުރާށެވެ. އަދި ތިޔަބައިމީހުން އޭގެ އަގު ނަގާށެވެ!" މިހެންނެވެ. އިމާމް އަބޫޢުބައިދު މި ޖުމުލަ ޝަރަޙަކުރަމުން ވިދާޅުވެ އެވެ. މުސްލިމުން އައީ ގައިރު މުސްލިމުންގެ އަތުން ޖިޒުޔައާއި ޚަރާޖްގެ ގޮތުގައި ރާއާއި އޫރުމަސް ނަގަމުންނެވެ. އަދި އެޔަށްފަހު އެތަކެތި ވިއްކަ އެވެ. (އެތަކެތި ވިއްކަނީ މުސްލިމުންގެ ތެރޭގައި އުޅެމުންދިޔަ ގައިރު މުސްލިމުންނަށެވެ.) ދެން އުމަރުގެފާނު އެކަމަށް އިންކާރުކުރެއްވި އެވެ. އަދި އޭގެ ބަދަލުގައި އަހުލުންޒިންމާއިން އެތަކެތި އަމިއްލައަށް ވިއްކުމަށްފަހު، ޖިޒުޔައާއި ޚަރާޖްގެ ގޮތުގައި އެ ވިޔަފާރިން ލިބޭ ނަފާ ދިނަސް އެ ނެގުމުގެ ލުއިކަން އުމަރުގެފާނު ދެއްވި އެވެ.

ރާއާއި އޫރުމަސް ވިއްކީ ގައިރު މުސްލިމުން އެމީހުންގެ ތެރޭގައި ނަމަވެސް، އެމީހުން ޖިޒުޔައާއި ވާރުގެ ގޮތުގައި ދެނީ، އޭގެ ވިޔަފާރީގެ ނަފާއިން ލިބުނު އެއްޗެއްކަން އެނގިހުރެ އެނެގުން ހުއްދަކުރުމަކީ، އިސްލާމީ އިލްމުވެރިންގެ މެދުގައި އެންމެން އިއްތިފާގު ކަމެއް ނޫނެވެ. އެގޮތަށް ވެސް އެފައިސާ ލިބިގަތުން، ހަރާން ކަމުގައި ބައެއް ތާބިޢީންނާއި އިލްމުވެރިން ދެކެވަޑައިގެންނެވި އެވެ.

ދިވެހި ޓޫރިޒަމްގެ ސިނާއަތުގައި ގައިރު މުސްލިމުންނަށް ރާއާއި އޫރުމަސް މިހާރު ވިއްކަމުންދަނީ ދީނީގޮތުން އަހުލުއްޒިންމާއިންނަށް އެތަކެތި ވިއްކުމާއި ނުވަތަ އެމީހުންގެ ބަޔަކު ލައްވައި އެތަކެތި ވިއްކުވާފައި އެއިން ދައުލަތަށް ނެގޭ ޓެކުހެއް ނެގޭގޮތަށްތޯ ނުވަތަ ނޫންތޯ މިކަމުގައި އިސްލާމީ ފިޤުހާ އެންމެ ދިމާވާ ގޮތަކީ ކޮބާތޯ ބެލުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެކެވެ. ހަމަ އެފަދައިން ރާއްޖޭގެ އިގުތިސާދުގެ އެންމެ މުހިންމު ބަހާ ދީނުގެ ނަމުގައި ބަޔަކު ހަލާކުކޮށްލާއިރު، އެކަން ބަލަން ނުތިބެ އެފަދަ މީހުން މަގާމުތަކުން ދުރުކުރުމަކީ ޝަރުޢީ އަދި ޤައުމީ ވާޖިބެކެވެ.

މިއެންމެހާ ކަމަކަށް ބަލާއިރު ރާއްޖޭގައި އޮތީ ހަލާލު އިސްލާމީ ޓޫރިޒަމެކެވެ. އެ ޓޫރިޒަމްގެ ސިނާއަތުގައި، ހަރާން ކަންކަން ހިނގަ އެވެ. އެއީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ވައްކަމެއް ނުހިނގާތޯ އެވެ. ފޭރުމެއް ނުހިނގާތޯ އެވެ. އެކަމަކު ދިވެހިރާއްޖެއަކީ އިސްލާންކުރަންޖެހިފައިވާ ކާފަރު ދިވެހިރާއްޖެއެކޭ ބުނެވިދާނެތޯ އެވެ. ސުއޫދީ އަރަބިއްޔާގައި ވެސް ހިނގަނީ ކިތައް ހަރާން ކަންތައްތޯ އެވެ. އެކަމަކު އެއީ ކާފަރު ގައުމެއްތޯ އެވެ.

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟ އަދި އެއިން ނުކުމެދާނެ ނަތީޖާތަކަކީ ކޮބާހެއްޔެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

ބޭރު މީހުނާއި އެކުވުން، ދިވެހީންގެ ދިވެހިކަން ތަނަވަސްކުރުން

ދިވެހި ބިމުގެ ނަފާ ލިބެންޖެހޭނީ ހަމައެކަނި ދިވެހި މުސްލިމުންނަށް ކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، އެހެން ދީންތަކުގެ މީހުންނާ އެކަހެރިވެގެން އުޅުމަކީ ދީނީ އަގީދާ ވަރުގަދަވާނެ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ތަރައްޤީއަށް ބާރުއަޅާ، އެހެން މީހުން އެކަހެރިކުރުމަށް ވަކާލާތުކުރާ ދީނެއް ނޫންކަން ފާހަގަކޮށް، ދިވެހި ތާރީޚުގައިވެސް ބޭރުގެ އެކި ނަސްލުތަކުގެ މީހުން ދިވެހިންގެ ތެރޭގައި އުޅެފައިވާކަން މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

Newsletter

Get the latest news delivered straight to your inbox