ޑެސްޓިނޭޝަން ޕްރިންސިޕަލް އުސޫލު ބަދަލުކުރަން މަޓާޓޯއިން މަރުހަބާކިޔައިފި

މަޓާޓޯގެ ލޯގޯ އިފްތިތާހުކުރުމުގެ ތެރެއިން: މަޓާޓޯއަކީ ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ ޖަމިއްޔާ -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

މަޓާޓޯގެ ލޯގޯ އިފްތިތާހުކުރުމުގެ ތެރެއިން: މަޓާޓޯއަކީ ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ ޖަމިއްޔާ -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ހިމެނޭހެން ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓުތައް ވިއްކާއިރު ލާ ފައިދާއިން، ޓީޖީއެސްޓި ނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލުތައް ބަދަލުކުރަން ސަރުކާރުން ނިންމުމުން  މޯލްޑިވްސް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އެ ކަމަށް މިއަދު މަރުހަބާކިޔައިފި އެވެ.

ބޭރުގެ ވިޔަފާރިތަކުން މި ބަދަލުތަކާ ދެކޮޅު ހަދަައި، ރާއްޖެ ވިއްކުން ހުއްޓާލާ ހިސާބަށް ކަންކަން ދިޔަ ފަހުން ރޭ ބޭއްވި ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވަނީ، ގާނޫނު އަލުން ބަދަލުކުރާނެކަން އިއުލާންކުރައްވާފަ އެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން، ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަަޓާޓޯއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މި ބަދަލުތަކާ މެދު ޓޫރިޒަމް ދާއިރާގެ ހިއްސާދާރުންނާއި ބައިނަލްއަގުވާމީ ޓްރެވަލް ޕާޓްނަރުންގެ ކަންބޮޑުވުން ހުރިކަން ފާހަގަކޮށްފަ އެވެ.

Advertisement

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ފެށިތާ ތިން ވަނައަށްވީ ދުވަހު ގާނޫނު ބަދަލު ކުރަން ނިންމައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށްޓަކައި ގާނޫނަށް ގެނައި އިސްލާހު ގެޒެޓު ކުރީ އޯގަސްޓް 31، ގަ އެވެ. އެ އިސްލާހާ އެއްގޮތަށް ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން މީރާއިން ޓެކްސް ނަގަން ފެށީ މިދިޔަ ބުރާސްފަތި ދުވަހެވެ.

މި ކަންކަމަށް ރިއާޔަތްކޮށް، ސިނާއަތުގެ ކަންބޮޑުވުންތައް އަޑުއަހައި، އިޖާބަ ދިނީތީ މަޓާޓޯއިން ސަރުކާރަށް ޝުކުރުއަދާކުރި އެވެ. އަދި، ކުރިއަށް އޮތް ތަނުގައި ވެސް މަޓާޓޯގެ އެއްބާރުލުން ސަރުކާރަށް ދޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"ދައުލަތަށް ލިބޭ އާމްދަނީ ރައްކާތެރިކުރުމާއެކު، ބައިނަލްއަގުވާމީ މާކެޓްތަކުގައި ރާއްޖެއަކީ ވާދަވެރި އަދި އިޝްތިހާރުކުރަން ފަސޭހަ މަންޒިލެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރުކުރެވޭނެ ހަމަހަމަ އުސޫލެއް އެކުލަވާލުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް މާޓާޓޯ އޮތީ ތައްޔާރަށް،" މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް ސުއޫދު ވިދާޅުވި އެވެ.

މަޓާޓޯއިން ބުނީ އެ ޖަމިއްޔާއިން އުއްމީދުކުރަނީ މިހާރު އޮތް ޑެސްޓިނޭޝަން ޕްރިންސިޕަލް އުސޫލު ބަދަލުކުރާއިރު، ސަރުކާރާއި، މީރާ އާއި، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހިއްސާދާރުންގެ އިތުރުން ބައިނަލްއަގުވާމީ ޓްރެވަލް ޕާޓްނަރުންނާއެކު މަޝްވަރާކުރާނެ ކަމަށެވެ. 

ޑެސްޓިނޭޝަން ޕްރިންސިޕަލް އުސޫލުން ބޭރުގެ ވިޔަފާރިތަކުން ޓެކްސް ނަގާ ގޮތަށް ބަދަލުކުރީ ޓެކްސް ގާނޫނު ބަދަލުކޮށްގެންނެވެ. މިހެންކަމުން މި ނޫން ގޮތަކަށް ޓެކްސް ނަގަން ޖެހޭނީ ގާނޫނު ބަދަލުކުރާށެވެ. 

ސަރުކާރުގެ ނިންމުން ބަދަލުކޮށް، އަނެއްކާ ވެސް ގާނޫނެއް ބަދަލުކުރަން ޖެހޭއިރު، މި ނިންމުން އިއުލާންކުރި ދުވަހުން ފެށިގެން ޓޫރިޒަމް ސިނާއަތުގެ ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިތުރު ޓެކްސް ދައްކަން ޖެހިއްޖެއްޔާ ރާއްޖެ ވިއްކުން ހުއްޓާލާނެ ކަމަށް އެޖެންޓުން ބުނެފި

ޓޫރިޒަމްގެ ޚިދުމަތްތަކުން ޓެކްސް ނަގާ އުސޫލަށް ގެންނަ ބަދަލާ ގުޅިގެން، ބޭރުގެ ޓްރެވަލް އެޖެންޓުންގެ ފައިދާއިން ޓެކްސް ދައްކަންޖެހޭތީ އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި. މި ބަދަލުގެ ސަބަބުން އެއް ފައިދާއަކުން ދެ ގައުމަށް ޓެކްސް ދައްކަންޖެހޭ (ޑަބަލް ޓެކްސޭޝަން) މައްސަލަ ކުރިމަތިވާތީ، މިގޮތަށް އަމަލުކުރާނަމަ ރާއްޖެ ވިއްކުން ހުއްޓާލާނެ ކަމަށް ބުނި.

މި މައްސަލައިގައި ބޭރުގެ ވިޔަފާރިތަކުން ދެކޮޅު ހަދަމުން ދިޔައީ، އެ މީހުން މިހާރު ވެސް ރާއްޖޭގެ ހުރިހާ ޓެކްސްތަކެއް ދައްކާ ކަމަށާއި، އެ މީހުންގެ ގައުމުތަކުން ޓެކްސް ކުރާ މުއާމަލާތްތަކަށް ދިވެހި ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް ބުނެ އެވެ. މި ގޮތަށް ޓެކްސް ދައްކަން ތައްޔާރަށް ތިބި ވިޔަފާރިތަކުން ވެސް ވަނީ އެއްވެސް މުއްދަތެއް ނެތި، އަވަސް އަރުވާލައިގެން ޓެކްސް ނަގަން އުޅުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

މި އުސޫލާ އިއުތިރާޒުކޮށް، ކަންބޮޑުވުން ފާޅުކުރި ޖަމިއްޔާތަކުގެ ތެރޭގައި ރާއްޖޭއަށް ޓޫރިސްޓުން އަންނަ ހުރިހާ ޓޮޕް މާކެޓުތަކެއް ކަހަލަ ގޮތަަކަށް ވިޔަފާރިތައް ތަމްސީލުކުރާ ޓްރެވަލް ޖަމިއްޔާތައް ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox