ހުރިހާ ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދައިފި

ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ރިސޯޓުތައް ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިސާ ރައްޔިތުންގެ އެކައުންޓުތަކަށް ޖަމާވާން ފަށާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ރިސޯޓުތައް ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިސާ ރައްޔިތުންގެ އެކައުންޓުތަކަށް ޖަމާވާން ފަށާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ހުރިހާ ދިވެހިން ހިއްސާވާ ރިސޯޓުތަކެއް ތަރައްގީކުރަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމަށްޓަކައި އެކަމަށް ހާއްސަ ކުންފުންޏެއް މިއަދު އުފައްދަވައިފި އެވެ.

ހުރިހާ ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރުމަށްޓަކައި މުއިއްޒު ކުންފުންޏެއް އުފެއްދެވީ "ދިވެހީންގެ ރިސޯޓް ހިއްސާ ކޯޕަރޭޝަން" ގެ ނަމުގަ އެވެ.

ރައީސް އޮފީހުން ބުނީ އެ ކުންފުންޏަކީ ސައްތަ އިންސައްތަ ސަރުކާރު ހިއްސާވާގޮތަށް ތިމާވެށި ރައްކާތެރިކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަގުވާމީ ފެންވަރުގެ ރިސޯޓުތަކާއި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިގެން ވަސީލަތްތައް ތަރައްގީކޮށް ހިންގުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ.

Advertisement

ދިވެހިން ހިއްސާވާ ރިސޯޓުތަކަކީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން މުއިއްޒު އިއުލާންކުރެއްވި ކަމެކެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ 10 ރިސޯޓެއް ތަރައްގީކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ބޭރު ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.

"މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ދޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނަން،" ފެބްރުއަރީ 5، ގައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެ ދުވަހު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ދަށުން ސަރުކާރުން ތަރައްގީ ކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާ ގާނޫނަކުން ހުރިހާ ރައްޔިތުންނަށް ވެސް ބައްސަވާނެ ކަމަށެވެ.

"އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއް ކަމުގައި ހަމަހަމަކަމާއެކު ގާނޫނަކުން ކަނޑައަޅައި ހަމަޖައްސާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

"މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ދިވެހި ރައްޔިތެއްގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް، ހަމަހަމަކަމާއެކު، އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ސީދާ ހިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތުންވެ، ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ އިރާދަކުރެއްވިއްޔާ ޖަމާވާން ފަށާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ރިސޯޓުތައް ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިސާ ރައްޔިތުންގެ އެކައުންޓުތަކަށް ޖަމާވާން ފަށާނެ ކަމަށެވެ.

"އަންދާޒާ ކުރެވެނީ މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 ވަނަ އަހަރުން ފެށިގެން ކަމަށް. ހިސާބު ހަދާލާއިރު އެވްރެޖްކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ. "މިކަން ހަގީގަތަކަށް ހެދުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ވަރަށް ހަލުވިކަމާއެކީގައި އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން."

 ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދައިފައިވާއިރު، އެ ކަމަށް ހަރަދު ކުރާނެ ގޮތެއް ނޫނީ އެ ހަރަދު ކުރާ ފައިސާ ހޯދާނެ ގޮތެއް ސަރުކާރަކުން އަދި ނުބުނެ އެވެ. 

ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއް ކަމުގައި ރިސޯޓު ލައިފުން އަންދާޒާ ކުރާ ގޮތުގައި، 100 އެނދުގެ ޕްރީމިއަމް ނުވަތަ ހަތަރު ތަރީގެ ރިސޯޓެއް ތަރައްގީކުރަން މަދުވެގެން 40 މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ. މިހެންކަމުން މި ރޭންޖުގެ 10 ރިސޯޓު ތަރައްގީކުރަން މަދުވެގެން 400 މިލިއަން ޑޮލަރު ބޭނުން ވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

ތާއަބަދަށް އެއްބަސްވުން އާވުމާމެދު މުއިއްޒުގެ ބަހެއް ނެތް!

ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ކުއްޔަށް ދިނުމަށްފަހު، "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް އެ މުއްދަތު ތާއަބަދަށް އާވާގޮތަށް ރިއަލް އެސްޓޭޓް ބިލުގައި ހިމަނާފައިވާތީ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ނަމަވެސް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މި ގާނޫނީ ލޫޕްހޯލާ ގުޅޭގޮތުން އެއްވެސް ވާހަކަފުޅެއް ދެއްކެވުމަށް އިންކާރު ކުރައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox