ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުން ކައިވެނިކުރި ކަމަށް ބުނާ ވީޑީއޯގެ މައްސަލަ ތަހުގީގުކުރަން ފިރާގު ގޮވާލައިފި

އިނާ މޯލްޑިވްސްގެ ސީއީއޯ، މުހައްމަދު ފިރާގު -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އިނާ މޯލްޑިވްސްގެ ސީއީއޯ، މުހައްމަދު ފިރާގު -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ދިވެހިރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުން ކައިވެނިކުރި ކަމަށް ބުނާ ވީޑިއޯގެ މައްސަލަ ތަހުގީގުކުރަން އިނާ މޯލްޑިވްސްގެ ސީއީއޯ، މުހައްމަދު ފިރާގު ގޮވާލައިފި އެވެ. 

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގެ ސްނެޕްޝޮޓުތަކުން ފެންނަނީ ރާއްޖޭގެ ރިސޯޓެއްގައި ދެ ފިރިހެނުން އަތުގުޅައިގެން ތިބޭ ތަނެވެ. އެ މީހުން ލައިގެން ތިބޭ ހެދުމުންނާއި އޭގެ ތެރެއިން ބައެއް ފޮޓޯޓަކުން ފެންނަ ގޮތުން، ބެލެވެނީ އެއީ ރަމްޒީ ކައިވެންޏެއް ކަމަށެވެ.

އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި ސޯޝަލްމީޑިއާގައި ފިރާގު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ޓޫރިޒަމްގެ ވިޔަފާރިކުރާތާ ބައި ގަރުނުވެފައިވާ މަންޒިލެއް ނަމަވެސް، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ސަގާފީ ހަމަތަކަށް ހުރިހާ އެންމެން ވެސް ރިއާޔަތްކުރަންޖެހޭނެ ކަމަށެވެ.

"ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކެއްކަމުގައިވިޔަސް، ދިވެހިރާއްޖޭގެ ގާނޫނުތަކުން އިސްތިސްނާއެއް ނުލިބޭނެ. ބޭރުގެ ފަރާތަކުން އިންވެސްޓުކުރުމަކީ ގައުމުގެ ގާނޫނުތަކާ ހިލާފުވުމުގެ ހުއްދައެއް ނޫން،" ފިރާގުގެ ޕޯސްޓުގައި ލިޔުއްވައިފައިވެ އެވެ.

"...މި ހާދިސާ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަން."

ފިރާގުގެ އިތުރުން، ވެސް ވަރަށް ގިނަ ބަޔަކު ވަނީ އެ ވީޑިއޯއަށް ފާޑުކިޔައި އެފަދަ ކަންކަން ރާއްޖޭގެ ފަސްގަނޑުގައި ކުރެވިގެން ނުވާނެ ކަމަށް ބުނެ ހިޔާލުފާޅުކޮށްފަ އެވެ. ނަމަވެސް، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ އެއީ ޒަމާނުއްސުރެ ރާއްޖޭގައި ހިނގާ ކަމެއް ކަމަށާއި އެއީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ބުނެ ސޯޝަލްމީޑިއާގައި ހިޔާލުފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox