ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން އުވައިލަން ހުށަހެޅި ބިލު ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްދުވަސް ނުވަނީސް ސަރުކާރުގެ ނިންމުން ބަދަލުކޮށް، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ގާނޫނަށް ގެނައި ބަދަލު އުވައިލަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިވަމުންދަނިކޮށް ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 1، ގަ އެވެ. ނަމަވެސް އެ ޓެކްސް ނެގުން ހުއްޓާލަން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ސަރުކާރުން ވަނީ، ޓެކްސް ނަގަން ފެށިތާ ތިން ވަނައަށް ވީ ދުވަހު އިއުލާނުކޮށްފަ އެވެ.

 ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން ހުއްޓާލުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އޭނާ ހުށަހެޅުއްވީ ބިލުގައި ހިމަނާފައި ވަނީ ބޭރު ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ހިމަނާފައިވާ ހުރިހާ މާއްދާއެއް އުނިކުރުމަށެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ 43 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނު ބަދަލު ކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން އިއުލާނު ކުރެއްވީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރަން ބާއްވާ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުހައްމަދު އަމީން އެވެ. 

"މިކަމާ ގުޅިގެން އިންޑަސްޓްރީގެ އިސް ބައެއް ފަރާތްތަކުންނާ އަދި ޓްރެވަލް އެޖެންޓުންގެ ވަރަށް ގިނަ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަނީ ގިނަ ރިކުއެސްޓުތަކެއް ފޮނުވާފައި. މިވަގުތު ރައީސް ނިންމަވާފައި ވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެނައުމަށް،" އަމީން ވިދާޅުވި އެވެ. 

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ފާސް ކުރުމުން އިންޑަސްޓްރީގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް ރައީސް މުއިއްޒާ ހިއްސާކޮށްފައިވާ ކަމަށް ވެސް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ގާނޫނަށް ބަދަލުތަކެއް ގެނައިމު، އެއީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ދެއްކުމުގެ އިތުރު ބައިތަކެއް ހިމަނައިގެން ގާނޫނަށް ގެނައި ބަދަލުތަކެއް. މިއާއެކީގައި އިންޑަސްޓްރީގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު. އަދި ޓްރެވަލް އެޖެންޓުންގެ ކަންބޮޑުވުންތަކެއް ވެސް ހުރިކަން ފާހަގަ ކުރެވުނު،" މިނިސްޓަރު ވިދާޅުވި އެވެ. 

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގާ ގާނޫނު ފާސް ކުރުމުގެ ކުރިން ވެސް ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރި އެވެ. އެގޮތުން ރަޝިޔާގެ އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި އިންޑިއާގެ ޓުއާ އޮޕަރޭޓަރުން ވެސް އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ.

އެހެންނަމަވެސް، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނަގަން ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ނިންމީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމެއް ނެތި އެވެ. އަދި، އެ ބިލު ތަސްދީގުކުރެއްވުމަށް ފަހު، ރައީސް މުއިއްޒު ވެސް ވަނީ އެއީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި ދިރާސާކުރައްވާފައި ފާސްކުރި ގެނައި ބަދަލެއް ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހަށް މިއަދު ބަލައިގަތް އިސްލާހުގައި ވަނީ ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓުމަކަށް ގެނައުމުގެ އިތުރުން، ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ މުއާމަލާތްތައް ބަލައިނުގަތުމާއި އެފަދަ ފަރާތްތަކާމެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox