ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ގޭޓުތައް ކައިރީގައި ފްލައިޓުތަކެއް ޕާކުކޮށްފައި: ޓޫރިސްޓުން އަންނަ އަދަދު މަދުވީ އިރާނު ހަނގުރާމަ ފެށި ދުވަސްވަރު ގިނަ އެއާލައިންތަކުން ދަތުރުތައް ހުއްޓާލުމުން --- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ގޭޓުތައް ކައިރީގައި ފްލައިޓުތަކެއް ޕާކުކޮށްފައި: ޓޫރިސްޓުން އަންނަ އަދަދު މަދުވީ އިރާނު ހަނގުރާމަ ފެށި ދުވަސްވަރު ގިނަ އެއާލައިންތަކުން ދަތުރުތައް ހުއްޓާލުމުން --- ފޮޓޯ: އެމްއޭސީއެލް

ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު މަދުވުމުގެ ސަބަބުން، ދައުލަތަށް ލިބޭ އާމްދަނީއަށް އޭގެ ނޭދެވޭ އަސަރު ކުރަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ލިބިފައިވަނީ 8،061 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8،172.4 މިލިއަން ރުފިޔާއާ އަޅައިބަލާއިރު 110.5 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 1,637,890 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 58,940 ޓޫރިސްޓުން މަދު އަދަދެކެވެ. 

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިސްޓު ނަމްބަރުތަކުގެ ރެކޯޑުތައް މުގުރާލުމަށް ފަހު ދެ ވަނަ ކުއާޓަރުން ފެށިގެން ޓޫރިޒަމްގެ ދުވެލި މަޑުޖެހުނީ، މެދުއިރުމާތީގައި އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެންނެވެ.

މި ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ގިނަ ޓޫރިސްޓުން ޓްރާންސިޓު ކުރަން ބޭނުންކުރާ ޔޫއޭއީ އާއި ގަތަރު ފަދަ ގައުމުތަކުން ވައިގެ ދަތުރުފަތުރު ހުއްޓުނެވެ. އޭގެ ފަހުން ދަތުރުތައް ފަށައި، މި އަހަރުގެ ބައެއް މަސްމަހުގައި ޓޫރިޒަމް އާންމު ހާލަތަށް އެޅެނީ ކަމަށް ބެލެވުނަސް، އަދިވެސް އެ މަންޒަރެއް ނުފެނެ އެވެ. 

ދޮޅު މިލިއަން ޓޫރިސްޓުން އަޔަސް، ކުރީ އަހަރު އައި ވަރަށް އަދި ނާދޭ

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޓޫރިސްޓުން އައި އަދަދު ދަށްވެފައިވާއިރު، ބަޖެޓުގައި ކަނޑައަޅާފައިވާ 2.4 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަ.

މި އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައި ވަނީ 2.4 މިލިއަން ޓޫރިސްޓުން އައިސް، ޓީޖީއެސްޓީގެ ގޮތުގައި 11.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްގެންނެވެ. 

ނަމަވެސް ޓޫރިސްޓު ނަމްބަރުތަކުގެ އަމާޒަށް ވާސިލުވުމަށްޓަކައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަށް ލައްކަ ޓޫރިސްޓުން ރާއްޖެ އަންނަން ޖެހެ އެވެ. އެއީ މަހަކު އެވަރެޖުކޮށް 268،000 ޓޫރިސްޓުންނެވެ.

މި އަދަދަކީ ރާއްޖޭގެ ތާރީހުގައި އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައި ކަމަށް ރެކޯޑު ކުރެވުނު މި އަހަރުގެ ފެބްރުއަރީގައި ޒިޔާރަތްކުރި 254،556 ޓޫރިސްޓުންނަށް ވުރެ ވެސް މަތީ އަދަދެކެވެ.

އެހެންކަމުން، ބަޖެޓުގައި ކަނޑައެޅި އަމާޒަށް ޓޫރިސްޓުން އައުމުގެ ވާސިލުވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. މިއާއެކީ، ޓީޖީއެސްޓީން ދައުލަތަށް ލިބޭނެ ކަަމަށް އަންދާޒާކޮށްފައިވާ އަދަދަށް ނުލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ. 

ޓީޖީއެސްޓީއާއެކު ޓޫރިސްޓު ނަމްބަރުތަކާ ގުޅިފައި ހުންނަ ގްރީން ޓެކްސް އާއި އެއާޕޯޓު ޑިޕާޗާ ޓެކްސްގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނޭ އެއާޕޯޓު ޑިވެލޮޕްމަންޓް ފީއަށް ވެސް އަސަރު ކުރާނެ އެވެ. މިހެންކަމުން މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 40.3 ބިލިއަން ރުފިޔާ ނުލިބުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox