ރާއްޖޭގެ އާ ޓެކްސް އުސޫލު މުރާޖައާކުރަން އިންޑިއާގެ ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާއިން ގޮވާލައިފި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގާ ގޮތް ބަދަލުކޮށް، ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓުތައް ވިއްކާ ބޭރުގެ ވިިޔަފާރިތަކުން ވެސް ޓީޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް ގެނައި ބަދަލުތަކާ ގުޅިގެން އިންޑިއާގެ ޓުއާ އޮޕަރޭޓަރުންގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (އައިއޭޓީއޯ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާއިން ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ މި ބަދަލުތައް ތަންފީޒުކުރުމުގެ ކުރިން އިންޑިއާގެ ޓުއާ އޮޕަރޭޓަރުންނާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ހިއްސާދާރުންނާ މަޝްވަރާކޮށް، މި ނިންމުން އަލުން މުރާޖައާ ކުރުމަށެވެ.

2000 އަށްވުރެ ގިނަ މެންބަރުން ހިމެނޭ އައިއޭޓީއޯ އިން ފާހަގަކުރި ގޮތުގައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނޫން ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ވިއްކާ ބޭރުގެ އެޖެންޓުންނާއި އޮޕަރޭޓަރުން ޖީއެސްޓީގެ ދާއިރާއަށް ވެއްދުމަށް ނިންމާފައިވާ ނިންމުމަކީ ބޮޑު ގޮންޖެހުމެކެވެ.

Advertisement

މި ބަދަލުގެ ސަބަބުން ރާއްޖެއިން ބޭރުގައި ތިބެގެން ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކަށް ބުކިން ހަދައިދޭ ފަރާތްތަކުން ލިބޭ ކޮމިޝަން ނުވަތަ ފައިދާއިން ރާއްޖެއަށް ޓެކްސް ދައްކަން ޖެހުމަކީ އެ ފަރާތްތަކުގެ ހިންގުމުގެ ހަރަދު ބޮޑުވެ، ރާއްޖޭގެ ޗުއްޓީ ޕެކޭޖުތަކުގެ އަގު އުފުލިގެންދާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އައިއޭޓީއޯ އިން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރާއްޖޭގެ ޓެކްސް ނިޒާމަށް ބަދަލު ގެނައުމުގެ އިހުތިޔާރު ސަރުކާރަށް އޮތް ނަމަވެސް، މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން ބައިނަލްއަގުވާމީ މާކެޓުތަކަށް ކުރާނެ އަސަރު ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހާއްސަކޮށް އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަށް ވާއިރު، މި ބަދަލުގެ ސަބަބުން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.

މި ހިނގާ އޮކްޓޫބަރު މަހުން ފެށިގެން މި ބަދަލުތަކަށް އަމަލުކުރަން ފެށި ނަމަވެސް، މި ދުވަސްވަރަކީ ކުރިއާލައި ގިނަ ބުކިންތަކެއް ހެދިފައި ހުރި ދުވަސްވަރަކަށް ވާތީ، މި ނިންމުން މަދުވެގެން އެއް އަހަރު ދުވަހަށް ފަސްކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ. އެ ޖަމިއްޔާއިން ދެކޭ ގޮތުގައި މިގޮތަށް ފަސްކުރުމުން މިހާރު ހެދިފައިވާ ބުކިންތަކަށް އަންނާނެ މާލީ ގެއްލުންތަކުން ސަލާމަތްވެވޭނެ އެވެ.

އިންޑިއާގެ ޓުއާ އޮޕަރޭޓަރުން ވަނީ މި ބަދަލާ ގުޅޭ އިތުރު ސާފުކުރުންތަކަކަށްވެސް އެދިފަ އެވެ. އޭގެ ތެރޭގައި ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ރަޖިސްޓްރީވާންޖެހޭ އުސޫލުތަކާއި، ޓެކްސް ހިސާބުކުރާނެ ގޮތާއި، އަދި ފައިސާ ދައްކަންޖެހޭ މަރުހަލާތައް ހިމެނެ އެވެ. މިކަންކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު އިތުރަށް މަޝްވަރާކުރުމުގެ ފުރުސަތަކަށް އައިއޭޓީއޯ އިން ވަނީ އެދިފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އިންޑިއާގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން އަދާކުރާ ދައުރު ފާހަގަކުރަމުން، އެ ޖަމިއްޔާއިން ބުނީ މި ބަދަލުގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ވިއްކުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. 

އިންޑިއާގެ ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާއިން މިހެން ގޮވާލާފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ  ރަޝިއާގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތައް އިސްތިސްނާކޮށްދޭން ރަޝިއާ ޓްރެވަލް ޔޫނިއަން (އާރުއެސްޓީ) އިން ވެސް ވަނީ ޓެކްސް ނެގޭ ގޮތް ބަދަލުކުރަން ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ. 

ބޭރުގެ ވިޔަފާރިތަކުން ޓެކްސް ނަގާ އުސޫލަށް ގެނައި ބަދަލާ ގުޅިގެން، ރާއްޖެއަށް އާންމުކޮށް ޓޫރިސްޓުން އަންނަ ހުޅަނގު ޔޫރަޕު ގައުމުތަކުގެ ޔޫނިއަންތަކުންނާއި އިންޑިއާގެ ޓްރެވަލް ޔޫނިއަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ދެކޮޅު ހެދުމުގެ ގޮތުން ބައެއް ވިޔަފާރިތަކުން ވަނީ ރާއްޖެ ވިއްކުން ވެސް ހުއްޓާލާފަ އެވެ. 

މި ވިޔަފާރިތަކުން ޓެކްސް ހިސާބުކުރަން ޖެހޭ ފޯމިއުލާގައި އޮތީ ބޭރުގެ ވިޔަފާރިން ޓެކްސް ދައްކަން ޖެެހޭނީ އެ ބަޔަކު އެ ޕްރޮޑަކްޓެއް ވިއްކާ އަގުން ރާއްޖޭގެ ސަޕްލަޔަރަށް ދައްކާ އަގު ކެނޑުމަށް ފަހު ބާކީވާ އަދަދުންނެވެ. މި އަދަދަކީ މިހާރު ވެސް ޓެކްސް ހިމެނޭ އަދަކަށް ވާތީ، މީރާގެ ފޯމިއުލާގައި ވަނީ ޓެކްސް ރޭޓުގައި ޖެހޭ އަދަދު ހިސާބުކުރުމަށް ފަހު، އެ އަދަދު 1.17 އިން ބައިކުރަން އަންގާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox