އާ ޓެކްސް އުސޫލުން ރަޝިއާގެ އޮޕަރޭޓަރުންނާއި އެޖެންޓުން އިސްތިންސާކޮށްދޭން އެދިއްޖެ

ޓޫރިސްޓަކު ހުޅުމާލޭ ބީޗުގައި އިނދެގެން ފޯނާ ކުޅެނީ: ރަޝިއާއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޓޫރިޒަމް މާކެޓު --- ފޮޓޯ: އަދަދު

ޓޫރިސްޓަކު ހުޅުމާލޭ ބީޗުގައި އިނދެގެން ފޯނާ ކުޅެނީ: ރަޝިއާއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޓޫރިޒަމް މާކެޓު --- ފޮޓޯ: އަދަދު

ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގާ ގޮތް ބަދަލުކޮށް، ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓުތައް ވިއްކާ ބޭރުގެ ވިިޔަފާރިތަކުން ވެސް ޓީޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް ގެނައި ބަދަލުތަކުން ރަޝިއާގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތައް އިސްތިސްނާކޮށްދޭން ރަޝިއާ ޓްރެވަލް ޔޫނިއަން (އާރުއެސްޓީ) އިން ދިވެހި ސަރުކާރުގައި އެދިއްޖެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމުގައިވާ ރަޝިއާގެ ހޮޓެލް ޗެއިންތައް ހިމެނޭހެން ޓޫރިޒަމް ސިނާއަތުގެ 3000 އަށް ވުރެ ގިނަ ވިޔަފާރި ތަމްސީލުކުރާ އާރުއެސްޓީން މި ކަމަށް އެދުނީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންއަށް އެޑްރެސްކޮށް، ފޮނުވި ސިޓީއެއްގައި އެވެ.

އާރުއެސްޓީގެ ސިޓީގައި އެ މީހުން ބުނީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ޕްރޮޑަކްޓުތައް ވިއްކާއިރު އެ މީހުން ނަގާ އަގުން ޓެކްސް ދައްކަން ޖެހުން ކަމަށެވެ. އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި މީގެ މާނައަކީ ރަޝިއާގައި ހިނގާ ވިޔަފާރި ހަރަކާތަކުން ރާއްޖެއަށް ޓެކްސް ދައްކަން ޖެހުމެވެ. އަދި، މިއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށް ބުންޏެވެ.

"އާރުއެސްޓީން ދެކެނީ ރަޝިއާގެ ކުންފުނިތަކަށް މިފަދަ ނިޒާމެއް ތަންފީޒުކުރުމަކީ ގާނޫނީ ގޮތުންނާއި އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް،" އެ ޖަމިއްޔާގެ ސިޓީގައިވެ އެވެ. 

އާރުއެސްޓީން ބުނީ ރާއްޖޭގެ ޕްރޮޑަކްޓުތައް ގަންނަނީ ރާއްޖޭގައި ނަގާ އެންމެހައި ޓެކްސްތަކާއި ފީތައް ހިމަނައިގެން ކަމަށެވެ. މިހެންކަމުން، އޭގެ ފަހުން އެ މީހުން ރަޝިއާގައި އެ ޕްރޮޑަކްޓު އުފައްދައި، ވިއްކާ، ރީޑިސްޓްރިބިއުޓް ކުރާއިރު، އޭގެން ލިބޭ ފައިދާ (މާޖިން) އަކީ އެ މީހުންގެ ވިޔަފާރި އެވެ. އަދި، މި މުއާމަލާތްތައް ބަލަހައްޓަނީ ރަޝިއާގެ ގާނޫނީ ޝަހުސުތަކުން ތަބާވާން ޖެހޭ ރަޝިއާގެ ޓެކުހާއި އެކައުންޓިން ގާނޫނުތަކުގެ ދަށުންނެވެ. 

އެ ގޮތުން،  "ޔުނިފައިޑް އިންފޮމޭޝަން ސިސްޓަމް އޮފް އިލެކްޓްރޯނިކް ވައުޗާސް" އާއި ވިއްކުނު ޓޫރިޒަމް ޕްރޮޑަކްޓްތަކުގެ ޖުމްލަ އަގާ ގުޅޭ ރިޕޯޓިން އެ ވިޔަފާރިތަކުން ރަޝިއާގެ އިދާރާތަކަށް ހުށަހަޅަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އާރުއެސްޓީން ވަނީ މިހާރު ހުށަހަޅާފައިވާ ގޮތަސް ޓެކްސް ފުރިހަމައަށް ތަންފީޒުކުރަން ރަޝިއާގެ އެތެރޭގައި ހިންގާ ވިޔަފާރި މުއާމަލާތްތަކުގެ މައްޗަށް ބޭރުގެ ޓެކްސް ކޮންޓްރޯލް ނިޒާމެއް އަމަލީ ގޮތުން ހިންގޭނެ އެއްވެސް މަގެއް ނެތް ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފަ އެވެ. 

"މިފަދަ ޓެކްސެއް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، ރަޝިއާގެ ތެރޭގައި ހިންގާ މުއާމަލާތްތަކާ ގުޅިގެން ރަޝިއާގެ ކުންފުނިތަކުން ހަދާފައިވާ އެއްބަސްވުންތަކާއި، ހަރަދުތަކާއި، ފައިސާ ދެއްކި ލިޔެކިޔުންތަކާއި، އަދި މާލީ ލިޔެކިޔުންތައް ރާއްޖޭގެ ޓެކްސް އިދާރާތަކުން ހޯދައި، އެ ތަކެތި ސައްހަކަން ކަށަވަރުކުރަން ޖެހޭނެ. ރަޝިޔާގެ އެތެރޭގެ ވިޔަފާރީގެ ހަރަކާތްތަކުގެ މައްޗަށް މިފަދަ ބޭރުގެ ޓެކްސް ކޮންޓްރޯލެއް ފޯރުވޭނެ އަމަލީ އެއްވެސް ނިޒާމެއް ނެތް،" އާރުއެސްޓީން ބުންޏެވެ.

މި ކަންކަމުގެ އަލީގައި، އާރުއެސްޓީން ވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލް އުސޫލުން ޓެކްސް ނެގުމުން ރަޝިއާގެ ވިޔަފާރިތައް އިސްތިސްނާކޮށްދިނުމަށާއި، މިހާރު އުސޫލުތައް އައުމުގެ ކުރިން އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ވިއްކާފައިވާ ޕްރޮޑަކްޓުތައް އާ އުސޫލުތައް ނުހިނގާނެ ގޮތް ހެދުމަށް އެދިފަ އެވެ. އަދި، ރަޝިއާ މާކެޓަކީ ރާއްޖޭގެެ ޓޫރިޒަމަށް މުހިންމު މާކެޓެއްކަން ފާހަގަކުރަމުން، އާ އުސޫލުތައް ހިންގުމުގެ ކުރިން މި މައްސަލައަށް ހައްލެއް ހޯދަން ދިވެހި ސަރުކާރަށް ގޮވާލާފައިވެ އެވެ. 

ބޭރުގެ ވިޔަފާރިތަކުން ޓެކްސް ނަގާ އުސޫލަށް ގެނައި ބަދަލާ ގުޅިގެން، ރަޝިއާގެ އިތުރުން ރާއްޖެއަށް އާންމުކޮށް ޓޫރިސްޓުން އަންނަ ހުޅަނގު ޔޫރަޕު ގައުމުތަކުގެ ޔޫނިއަންތަކުންނާއި އިންޑިއާގެ ޓްރެވަލް ޔޫނިއަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ދެކޮޅު ހެދުމުގެ ގޮތުން ބައެއް ވިޔަފާރިތަކުން ވަނީ ރާއްޖެ ވިއްކުން ވެސް ހުއްޓާލާފަ އެވެ. 

މި ވިޔަފާރިތަކުން ޓެކްސް ހިސާބުކުރަން ޖެހޭ ފޯމިއުލާގައި އޮތީ ބޭރުގެ ވިޔަފާރިން ޓެކްސް ދައްކަން ޖެެހޭނީ އެ ބަޔަކު އެ ޕްރޮޑަކްޓެއް ވިއްކާ އަގުން ރާއްޖޭގެ ސަޕްލަޔަރަށް ދައްކާ އަގު ކެނޑުމަށް ފަހު ބާކީވާ އަދަދުންނެވެ. މި އަދަދަކީ މިހާރު ވެސް ޓެކްސް ހިމެނޭ އަދަކަށް ވާތީ، މީރާގެ ފޯމިއުލާގައި ވަނީ ޓެކްސް ރޭޓުގައި ޖެހޭ އަދަދު ހިސާބުކުރުމަށް ފަހު، އެ އަދަދު 1.17 އިން ބައިކުރަން އަންގާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox