އިތުރު ޓެކްސް ދައްކަން ޖެހިއްޖެއްޔާ ރާއްޖެ ވިއްކުން ހުއްޓާލާނެ ކަމަށް އެޖެންޓުން ބުނެފި

ހުޅުމާލޭ އަތިރިމަތީގައި ޓޫރިސްޓަކު އަރާމުކޮށްލަނީ: ޓެކުހަށް ގެންނަ ބަދަލުުތަކާއެކީ ޓޫރިޒަމަށް އަސަރުކޮށްފާނެ ކަމުގެ ބިރު ބޮޑު --- ފޮޓޯ: އަދަދު ފައިލް

ހުޅުމާލޭ އަތިރިމަތީގައި ޓޫރިސްޓަކު އަރާމުކޮށްލަނީ: ޓެކުހަށް ގެންނަ ބަދަލުުތަކާއެކީ ޓޫރިޒަމަށް އަސަރުކޮށްފާނެ ކަމުގެ ބިރު ބޮޑު --- ފޮޓޯ: އަދަދު ފައިލް

ޓޫރިޒަމް ޕްރޮޑަކްޓުތަކުން ޓެކްސް ނަގާ ގޮތް ޑެސްޓިނޭޝަން ޕްރިންސިޕަލަށް ބަދަލުކުރާތީ ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓުހައުސްތައް ވިއްކާ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ފައިދާއިން ޓެކްސް ދައްކަން ޖެހޭ ގޮތަށް ބަދަލުކޮށްފި ނަމަ ރާއްޖެ ބޮއިކޮޓްކޮށް، އެހެން މަންޒިލުތައް ވިއްކަން ފަށާނެ ކަމުގެ އިންޒާރު ދީފި އެވެ.

ބޭރުގެ އޮޕަރޭޓަރުންނާއި އެޖެންޓުންގެ މި ކަންބޮޑުވުންތައް ބަންޑުންކޮށްލީ، ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާއި ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން ބޭއްވި އޮންލައިން ވެބިނާއެއްގައި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 އަށް ވުރެ ގިނަ މީހުން ބައިވެރިވި މި ބައްދަލުވުމުގެ ގިނަ ބައިވެރިން ވަނީ މި ބަދަލާ މެދު ނުރުހުން ފާޅުކޮށްފަ އެވެ. 

މި ބައްދަލުވުމުގައި ބައިވެރިވީ މީހުން އަދަދު ނޫހަށް ބުނި ގޮތުގައި، މި ބައްދަލުވުމުގައި ޑެސްޓިނޭޝަން ޕްރިންސިޕަލް (މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ތަނާއި ވަގުތު) ގެ ގަވާއިދުތަކާއި، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ހަދާފައިވާ ބުކިންތަކުގައި އަމަލުކުރާނެ ގޮތް ހާމަ ކުރި އެވެ. ނަމަވެސް މި މައުލޫމާތުތައް ދޭން ފެށުމުން، ވެބިނާގެ ބައިވެރިން ވަނީ މި ބަދަލުތަކާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ވާހަކަ ދައްކާފަ އެވެ.

Advertisement

އެންމެ ގިނަ ބައިވެރިންގެ ކަންބޮޑުވުމަކަށްވީ، ޑަބަލް ޓެކްސޭޝަނުގެ މައްސަލަ އެވެ. ޑަބަލް ޓެކްސޭޝަނަކީ އެކައްޗަކުން ދެ ފަހަރަށް ޓެކްސް ނެގުމެވެ.  މި މައްސަލައިގައި ރާއްޖޭގެ ޓޫރިޒަމް ވިއްކުމުގައި މެދުވެރިންގެ ރޯލު އަދާކުރާ މީހުން ބުނީ، ރާއްޖެއަށް ޓޫރިސްޓުން ފޮނުވަނީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އެ މީހުން ވިއްކާ އަގުގައި ހިމަނައިގެން ކަމަށެވެ.

މި އަގުގެ ތެރޭގައި އެ މީހުންގެ ފައިދާ ހިމެނޭއިރު، ސަރުކާރުން ބޭނުންވަނީ މި ފައިދާ ނުވަތަ މާކްއަޕްގެ ގޮތުގައި ހިމަނާ އަދަދު ޓެކްސް ކުރާށެވެ. ބައެއް ބައިވެރިން ބުނި ގޮތުގައި، މި ފައިދާއިން އެ މީހުންގެ ގައުމުތަކުގައި ޓެކްސް ދައްކަމުން އަންނައިރު، ހަމަ އެ އަދަދުން ރާއްޖެއަށް 17 ޕަސެންޓު ދެއްކުމަކީ ދެ ފަހަރު ޓެކްސް ދެއްކުމެވެ. 

"ވަރަށް ހިތާމަޔާއެކީ ބުނަން ޖެހޭނީ މާފުކުރާށޭ، އަހަންނަކަށް މި ކަމަކަށް ތާއިދުކުރެވޭކަށް ނެތް. ކަލޭމެން ތި އުޅެނީ ރާއްޖެއިން ބޭރުގައި އަހަރަމެން ފޯރުކޯށްދިން ހިދުމަތަކުން "ޓެކްސް" ނަގަން. މި މާޖިންއަކީ އަހަރަމެންގެ ގައުމުގައި ޓެކްސް ދައްކަން ޖެހޭ އަދަދެއް. ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި ރާއްޖެ ވިއްކުން ނިމުނީ." ކަތަރީނާ ކިޔާ ޓުވާ އޮޕަރޭޓަރަކު ބުންޏެވެ. 

އެހެން ޓްރެވަލް އެޖެންޓަކު ބުނީ އެ މީހުންގެ ފައިދާއިން ޓެކްސް ނެގުމަކީ އެއްވެސް ގައުމަކުން ކަން ކުރާ ގޮތެއް ނޫން ކަމަށެވެ. މި ކަމަށް ތާއިދުކޮށް ވާހަކަ ދެއްކި އެހެން ބައިވެރިއަކު ބުނީ، ޝީޝެލްސް އާއި ސައުދީ އަރަބިއާ އާއި ފީޖީ ފަދަ ގައުމުތަކުން މި ގޮތަށް ޓެކްސް ނުނަގާ ކަމަށެވެ. އަދި، ރާއްޖެއިން މި ޓެކްސް ނަގަން ފަށައިފި ނަމަ، އެ މީހުން ވިއްކާނީ އެ ތަންތަން ކަމަށް ބުންޏެވެ.

"އަލަން ނަގަން ފަށާ ޓެކުހާއެކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ކުރިން ކަލޭމެން ރާއްޖެ ފައްތާލާނެ. އަހަރަމެންގެ ޓުއާ އޮޕަރޭޓަރު 30 އަހަރު ވަންދެން ވިއްކަމުން އައި މަންޒިލުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފަ، ކްލަޔަންޓުން ގެންދާނީ މިއަށް ވުރެ ފަސޭހެ، އަދި އަގުހެޔޮ މަންޒިލުތަކަށް،" މޭރީ ކިޔާ މީހަކު ބުންޏެވެ.

ވެބިނާގައި ބައިވެރިންގެ ތެރެއިން، ޓެކްސް ދައްކަން ދެކޮޅު ނުހަދާ ބައިވެރިން ވަނީ މިހާ ކުރު މުއްދަތެއް ދީފައި މިކަން ކުރާތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މިކަމަށް ތާއިދުކޮށް ވާހަކަ ދެއްކި ޔޫރަޕުގެ ބައެއް ޓުވާ އޮޕަރޭޓަރުން ބުނީ، ޔޫރަޕުގެ ގާނޫނުތައް ހުންނަ ގޮތުުން ވިއްކާފައި ހުރި ބުކިންތަކަށް އިތުރަށް ފައިސާ ނެގުން މަނާ ކަމަށެވެ. މިހެން ކަމުން މި ފައިސާ ދައްކަން ޖެހޭނީ އެ މީހުންގެ ޖީބުން ކަމަށް އެ މީހުން ބުންޏެވެ. 

ޑެސްޓިނޭޝަން ޕްރިންސިޕަލްއަށް ބަދަލުކުރާ މައްސަލައިގައި މީގެ ކުރިން ރާއްޖޭގެ ރިސޯޓު ވިޔަފާރިތައް ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް ވިޔަފާރިތަކުން ބުނަނީ ޓޫރިޒަމަށް ޕްރެޝަރު ބޮޑު ދަނޑިވަޅެއްގައި، އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި، ވިޔަފާރިއަށް އަސަރު ކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

ޓެކްސް އެޕީލްތަކަށް ބަހައްޓަން ޖެހޭ ޑިޕޮސިޓު ބޮޑުކުރަނީ

މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދު އިސްތިއުނާފު ކުރުމަށްޓަކައި ބަހައްޓަންޖެހޭ ޑިޕޮސިޓް 25 ޕަސެންޓުން 50 ޕަސެންޓަށް ބޮޑުކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މި ބިލުގައިވާ ގޮތުން ޓެކްސްއަށް މަކަރު ހެދުން ފަދަ ހާއްސަ ހާލަތްތަކުގައި، މައްސަލަ އިސްތިއުނާފު ކުރެވޭނީ ޓެކުހުގެ 100 ޕަސެންޓު ދެއްކުމަށް ފަހުގަ.

ދިވެހި އިންޝުއަރެންސް އިން އައިފޯން 18 ޕްރޯ މެކްސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރު، ދިވެހި އިންޝުއަރެންސް އިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި އައިފޯން 18 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ލަކީޑްރޯއެއް ހުޅުވާލައިފިއެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ހަޓަށް ޒިޔާރަތްކޮށް ރެޖިސްޓްރީ ކުރަންޖެހޭއިރު، އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އިންޝުއަރެންސް ޕޮލިސީއެއް ބައްލަވައިގަންނަ ފަރާތްތަކަށް ނަސީބުވެރިޔާ ހޮވުމުގައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

ހިކޭ ބޭސް މަގުބޫލުވެ ރީތިވާ ސާމާނުގެ ވިޔަފާރި ބަދަލުވެއްޖެ

ބަރުދަން ލުއިކުރާ ބޭސްތަކުގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެ ބޭސްތަކުގެ ސަބަބުން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދައިދޭނެ އުފެއްދުންތައް ލޮރިއާލް ކުންފުނިން އަންނަނީ ތައްޔާރުކުރަމުންނެވެ. އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރީތިވާ ސާމާނުގެ ބާޒާރު ކުރިއަރަމުންދާއިރު، އެ ކުންފުނީގެ ވިޔަފާރި ވަނީ އުންމީދުކުރި މިންވަރަށް ވުރެ ބޮޑަށް އިތުރުވެފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނީގެ ގެއްލުން 817 މިލިއަން ރުފިޔާއަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް، ހިންގުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 68 މިލިއަން ރުފިޔާގެ ގެއްލުންވި. އެ ކުންފުނީގެ ޖުމްލަ ގެއްލުން 817 މިލިއަން ރުފިޔާއަށް އަރާ. އަދި ކުންފުނީގެ މިލްކިއްޔާތަށްވުރެ ދަރަނި ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާއަށް ވެއްޓިފަ.

ދިރާގުޕޭން ކުލި ދެއްކިއްޔާ ނަސީބުވެރިންނަށް އެއް މަސް ހިލޭ

ދިރާގުޕޭ މެދުވެރިކޮށް ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުލި ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ނަސީބުވެރިއަކަށް އެއް މަހުގެ ކުލި ހިލޭ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ. 2026 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

Newsletter

Get the latest news delivered straight to your inbox