ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްމާނުގެ ވިއެޓްޖެޓް އެއާ: މި އެއާލައިނުން ދަތުރުތަށް ފަށަނީ ޑިސެމްބަރުގައި --- ފޮޓޯ: ވިއެޓްޖެޓް

ވިއެޓްމާނުގެ ވިއެޓްޖެޓް އެއާ: މި އެއާލައިނުން ދަތުރުތަށް ފަށަނީ ޑިސެމްބަރުގައި --- ފޮޓޯ: ވިއެޓްޖެޓް

ވިއެޓްނާމްގެ މަޝްހޫރު އެއާލައިން ކަމަށްވާ ވިއެޓްޖެޓުން އެ ގައުމުގެ ހޯޗީމިން ސިޓީ އާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

ހޯޗީމިން ސިޓީ އާއި މާލެއާ ދެމެދު ވިއެޓްޖެޓުން ހަފުތާއަކު ތިން ދަތުރު ކުރުމަށް ވަނީ ނިންމާފަ އެވެ. މި ދަތުރުތައް ކުރިއަށްދާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުގައި އެވެ.

ވިއެޓްޖެޓުން މި ދަތުރުތައް ފަށަނީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ދުވަސްވަރާ ދިމާކޮށް އަންނަ ޑިސެމްބަރުގައި އެވެ. އަދި އެ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ދަތުރުކުރަމުން އަންނަ ހޯ ޗީ މިން ސިޓީ – ކޮލޮމްބޯ ރޫޓު މާލެއާ ހަމައަށް ދައްމާލާނެ އެވެ.

ވިއެޓްޖެޓްގެ ދަތުރުތައް ރާއްޖެއަށް އިތުރުވުމާއެކު، ވިއެޓްނާމުން ރާއްޖެއަށް އަންނަ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެ އެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތަރުތީބުން ވިއެޓްނާމް އޮތީ 65 ވަނައިގަ އެވެ.

މިދިޔަ އަހަރު އެ ގައުމުން ރާއްޖެއަށް 2،813 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ 2،916 އާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެ ގައުމުން ވަނީ 2،001 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

މި އާ ރޫޓު ފެށުމުގެ އުފަލުގައި ވިއެޓްޖެޓުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާންކޮށްފަ އެވެ.

މި ގޮތުން 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 އިން 10 އަށް ކުރިއަށްދާ ތިން ދުވަހުގެ "ގޯލްޑަން ޑޭސް" ސޭލްގައި އެކޯ ޓިކެޓުތައް އެއްވެސް އަގަކާ ނުލައި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ވިއެޓްޖެޓަކީ އޭޝިއާ ސަރަހައްދުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއާލައިނަކަށް ވާއިރު، ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ވިއެޓްނާމުގެ އިތުރުން ކައިރި އެހެން ގައުމުތަކަށް ވެސް ފުޅާކުރަން ލިބޭ ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

Newsletter

Get the latest news delivered straight to your inbox