ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިތަކުން ގުޅައި ކަންބޮޑުވުންތައް އެބަ ހިއްސާކުރޭ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިތަކުން ގުޅައި ކަންބޮޑުވުންތައް ހިއްސާކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިތަކުން ގުޅައި ކަންބޮޑުވުންތައް ހިއްސާކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރަން ޖެހޭތީ ޔޫރަޕްގެ ބޮޑެތި ޓުވާ  އޮޕަރޭޓަރުންނާއި ވިޔަފާރިވެރިން ގުޅައި ކަންބޮޑުވުންތައް ހިއްސާކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު އެކްސް ގައި ވިދާޅުވީ 40 ޕަސަންޓު މާރުކުރަން ޖެހެމުން ޔޫރަޕްގެ ޓުވާ އޮޕަރޭޓަރުން ކަންބޮޑުވުން ފާޅުކުރަނީ ހަރަދު ހިނގާފައި، ލޯނަށް ކަނޑާފައި ޑިވިޑެންޑަށް އެކަށީގެންވާ މިންވަރެއް ނުލިބޭތީ ކަމަށެވެ. 

"ޔޫރަޕްގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިން އަޅުގަނޑަށް އެބަ ގުޅާ. އެބޭފުޅުންގެ ކަންބޮޑުވުމަކީ 40 ޕަސަންޓު މާރުކުރަން ޖެހުމުން ހަރަދު ހިނގާފައި، ލޯނަށް ކަނޑާފައި ޑިވިޑެންޑް އެކަށީގެންވާ މިންވަރަށް ނެތުން،" ނަޝީދު ވިދާޅުވި އެވެ. 

Advertisement

މިހާރު ވެސް ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިތަކުން ޖީއެސްޓީގެ ގޮތުގައި ޔޫރަޕަށް 20 ޕަސެންޓު ދައްކާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މީރާގެ އިތުރުން ރާއްޖެއަށް އިތުރު ޓެކްސް ދެއްކުމަކީ ނުކުޅަދާނެ ކަމެއް ކަމަށެވެ. 

މީގެއިތުރުން ނަޝީދު ވިދާޅުވީ ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިތަކުގެ މި ކަންބޮޑުވުންތަކަށް ހައްލު ނުލިބޭއިރު، އެކަން ހައްލުނުވުމަކީ ރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތި ކަމަށެވެ. 

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރު ކުރުމުން ރިސޯޓުތައް ބަނގުރޫޓުވެ، މަސައްކަތްތެރިން މަގުމަތިވެދާނެ ކަމަށް ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ. އެގޮތުން އޭގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭ ކަމަށްވެސް އެމަނިކުފާނު ކުރިން ވިދާޅުވި އެވެ.

ބޭރު ފައިސާގެ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލާއެކު  މި މަހުގެ ތެރޭގައި ރިސޯޓުތަކާއި އެ ގާނޫނުގެ ކެޓެގަރީ "އޭ" ގައި ހިމެނޭ އެހެން ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 ޕަސެންޓު އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ އެވެ.

މި ބަދަލުތަކާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ވަނީ ރިސޯޓުތަކުން 40 ޕަސަންޓު މާރުކުރަން ޖެހުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރިން ބުނެފަ އެވެ. އެކަމަކު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވަނީ އެއީ ރިސޯޓުތަކަށް ކުރެވޭނެ ކަމެއް ކަމަށާއި އެ ނިންމުންތައް ނިންމީ ދިރާސާތަކެއް ކުރުމަށްފަހު ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox