
ސާއިފް ޝިޔާދު
ސަބް އެޑިޓަރ
ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ބައިނަލްއަގުވާމީ މަޝްރަހާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު އަދި އިގުތިސޯދީ ދާއިރާގެ ލިޔުންތައް އޭނާ އަންނަނީ ލިޔަމުންނެވެ. މީގެކުރިން ސާއިފް ވަނީ "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
2400 ލިޔުން
ހަބަރުއެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލައިފި
އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތަކާއެކު، ނޮވެމްބަރު 27 ގައި ބާއްވާ ގައުމީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ވަނީ ހުޅުވާލާފައެވެ. މި އިންތިހާބުގައި ވާދަކުރާ މެންބަރުން 1,000 ރުފިޔާގެ އިދާރީ ފީއެއް ދައްކަންޖެހޭއިރު، ވޯޓުލުމުގެ ހައްގު ލިބޭ މެންބަރުންގެ ސުންގަޑިއަކީ އޮކްޓޯބަރު 20 އެވެ.
ހަބަރު"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"
މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަބަރުމޫޑީސްގެ ކްރެޑިޓް ރޭޓިންގައި ރާއްޖެ އެއް ދަރަޖަ މައްޗަށް
ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ރޭޓިން "ސީއޭއޭ-2" އިން "ސީއޭއޭ-1" އަށް މަތިކޮށް، އިގްތިސާދީ ކުރިމަގު "ސްޓޭބަލް" އަށް ބަދަލުކޮށްފިއެވެ. މި ބަދަލު ގެނައީ ސުކޫކު ދެއްކުމުން ސޮވަރިން ޑިފޯލްޓަކަށް ދިޔުމުގެ ފުރުސަތު ކުޑަވުމާ ގުޅިގެން ކަމަށްވީ ނަމަވެސް، ދަރަނީގެ ނިސްބަތް މަތިވުމުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓުން ފައިނޭންސް ހޯދުމުގައި އަދިވެސް ގޮންޖެހުންތަކެއް ހުރިކަން އެ އެޖެންސީން ފާހަގަކުރެއެވެ.
