ދެ މިނިސްޓްރީއަކުން އެެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށްފި

އޮކްޓޯބަރު 6، 2026: އެމެރިކާގެ މޮންޓާނާ ނެޝަނަލް ގާޑްސްއިން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުން --- ފޮޓޯ: ޑިފެންސް މިނިސްޓްރީ

އޮކްޓޯބަރު 6، 2026: އެމެރިކާގެ މޮންޓާނާ ނެޝަނަލް ގާޑްސްއިން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުން --- ފޮޓޯ: ޑިފެންސް މިނިސްޓްރީ

އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްއާއެކު މަޝްވަރާ ކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ސަފޫރާ އެވެ. މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެޖުޓަންޓް ޖެނެރަލް ޓްރެންޓް ގިބްސަން އެވެ. 

"ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ރެސްޕޮންޑް ކުރުމުގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް އެއްބާރުލުން ވަރުގަދަކުރުމަށާއި، ގުޅިގެން ތަމްރީނުތައް ބޭއްވުމާއި ގާބިލުކަން އިތުރުކުރުމުގެ ފުރުސަތުތައް ފުޅާކުރުމަށް މަޝްވަރާ ކުރެވިފައިވޭ،" ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ. 

އިއްޔެ ފޮރިން މިނިސްޓްރީ އާއެކު ވެސް މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްއިން ބައްދަލުވުމެއް ބޭއްވި އެވެ. 

މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު މިހާރު ވެސް ދިވެހި އަސްކަރިއްޔާއިން ގާތްގުޅުމެއް ބާއްވަ އެވެ. އެގޮތުން, ސެޕްޓެމްބަރު 2020, ގައި ދެ ގައުމުގެ މެދުގައި ސޮއިކުރި އަސްކަރީ ގުޅުން ބަދަހި ކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އެޕްރީލް 2022, ގައި މޮންޓާނާ ނޭޝަނަލް ގާޑްސްގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމުން ފުރުސަތު ދިނުމަށް ވެސް ސޮއިކުރި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު އައުމަށް ފަހު އެމެރިކާ އާއެކު އޮންނަ ގުޅުން ދަނީ އިތުރަށް ބަދަހިކުރަމުންނެވެ. އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ދޭތެރެދޭތެރެއިން ރާއްޖެއަށް ދަތުރުކުރެ އެވެ. 

އެމެރިކާގެ ނޭޝަނަލް ގާޑްސްއަކީ ކޮންމެ ސްޓޭޓެއްގައި ހިމެނޭ ރިޒާވު ސިފައިންގެ ފޯސްގެ މައްޗަށް އެކުލެވޭ އަސްކަރީ ގޮތްޕެކެވެ. ކޮންމެ ސްޓޭޓެއްގެ ނޭޝަނަލް ގާޑްސްގެ ކޮންޓްރޯލް އޮންނަނީ އެ ސްޓޭޓެއްގެ ސަރުކާރަށާއި މައި ސަރުކާރުގެ އަތްމަތީގަ އެވެ.

އެމެރިކާގެ ސަރުކާރުން ރައީސް ނުވަތަ ޑިފެންސް ސެކްރެޓަރީ ނުވަތަ ކޮންގްރެސްއިން ހަނގުރާމައިގެ ހާލަތު އިއުލާނު ކުރުން ނުވަތަ ކާރިސާގެ ވަގުތުތަކުގައި ފެޑެރަލް ސަރުކާރަށް ނޭޝަނަލް ގާޑްސްގެ ސިފައިންގެ އެހީތެރިކަން ދޭން ޖެހެ އެވެ. އަދި, ސްޓޭޓެއްގެ ގަވަރުނަރަކު ކުއްލި ހާލަތު އިއުލާނު ކުރުމުން ވެސް ހިދުމަތަށް ނުކުންނަން ޖެހެ އެވެ.

ނޭޝަނަލް ގާޑްސްގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ އާންމު ވަޒީފާ އަދާކުރާ މީހުންނެވެ. މި ރިޒާވް ސިފައިންގެ ފޯސްގައި މިވަގުތު 443,543 ސިފައިން އެބަތިއްބެވެ. އޭގެ ތެރެއިން މޮންޓާނާ ސްޓޭޓުގައި 4,000 އަށްވުރެ ގިނަ ސިފައިން ތިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox