އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އޮފީސް އިމާރާތް: --- ފޮޓޯ: އިމްތިޔާޒު/އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އޮފީސް އިމާރާތް: --- ފޮޓޯ: އިމްތިޔާޒު/އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޖުމްލަ ފަސް މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ހުޅުވާލި މި ފުރުސަތުގެ ދަށުން އިންޑެޕެންޑެންޓް ރިސާޗު ގުރާންޓާއި ފޮތް ލިޔުމުގެ ގުރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. 

މި ގްރާންޓްތައް ދޫކުރުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ އެމްއެމްއޭގެ މަގްސަދުތަކާ ގުޅުންހުރި އަދި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށެވެ. އެގޮތުން އިގުތިސޯދީ ހަމަޖެހުމާއި، މަނިޓަރީ ސިޔާސަތު، މާލީ ދާއިރާގެ ވިލުންވެރިކަން، ޑިޖިޓަލައިޒޭޝަން އަދި ފިންޓެކް ފަދަ ދާއިރާތައް ހިމެނެ އެވެ. އޭގެ އިތުރުން ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިގުތިސޯދު، އިސްލާމީ މާލިއްޔަތު، ވަޒީފާގެ ބާޒާރު، ބޯހިޔާވަހިކަން، އަދި ސިއްހީ ދާއިރާގެ އިތުރުން ދައުލަތުގެ ހަރަދުތަކާ ގުޅޭ ދިރާސާތަކަށް ވެސް ފުރުސަތު އޮންނާނެ އެވެ.

Advertisement

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނަށާއި، ތައުލީމީ އިދާރާތަކުގެ އިތުރުން ތިންކު ޓޭންކުތަކަށް ވެސް ވަނީ ހުޅުވާލެވިފަ އެވެ. ނަމަވެސް، މި ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓާސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހެ އެވެ. 

މި ގްރާންޓްތަކުގެ މައިގަނޑު މަޤްސަދަކީ އިލްމީ ދިރާސާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ ދިރާސާ ކަރުދާސްތަކާއި ފޮތްތައް ލިޔުމަށް ހިތްވަރު ދިނުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ. ވަކިން ހާއްސަކޮށް، އިގުތިސޯދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް އެހީތެރިވެދޭނެ އީޖާދީ އަދި މަތީ ފެންވަރުގެ ދިރާސާތަކެއް ރާއްޖޭގައި ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ މި ފަންޑުގެ މުހިންމު އަމާޒެކެވެ.

އެ ފަންޑަކީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ބޭއްވި އެ އޮތޯރިޓީގެ ރިސާޗް ކޮންފަރެންސްގައި އިފްތިތާހު ކުރި ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ބުރު 2025 ވަނަ އަހަރު ކުރިއަށް ގެންގޮސްފައިވާއިރު، އެ ފަހަރު 6 ރިސާޗް ޕްރޮޕޯސަލަކާއި އެއް ފޮތް ލިޔުމުގެ ގްރާންޓް ވަނީ އެވޯޑު ކޮށްފަ އެވެ.

މި އަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 13، އެވެ. މި ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެމްއެމްއޭ ރީސާޗު ފަންޑް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox