އީގަލް ހިލްސްއަށް ރަސްމާލެ ދިނަސް އެއްވެސް މީހެއްގެ ބޯހިޔާވަހިކަމަށް ހުރަސްނޭޅޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރަސްމާލެ ހިއްކަން ފެށި ދުވަހު ރައީސް ވާހަކަދައްކަވަނީ: ---- ފޮޓޯ: ރައީސް އޮފީސް

ރަސްމާލެ ހިއްކަން ފެށި ދުވަހު ރައީސް ވާހަކަދައްކަވަނީ: ---- ފޮޓޯ: ރައީސް އޮފީސް

ބިދޭސީ މަހުޖަނުން ދިރިއުޅެން 99 އަހަރަށް ރަސްމާލެ ދިން ނަމަވެސް އެއްވެސް ރައްޔިތެއްގެ ބޯހިޔާވަހިކަމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އެ މަޝްރޫއު ހިންގި ނަމަވެސް ސަރުކާރުގެ ޕްލޭނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ. ރަސްމާލެ ހިއްކަން ފެށިއިރު މުއިއްޒު އެ ރަށް ސިފަކުރެއްވީ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ގެ ގޮުތުގަ އެވެ. 

"އެއްވެސް ރައްޔިތެއްގެ ބޯހިޔާވަހިކަމުގެ އެއްވެސް ކަމަކަށް ހުރަހެއް ނޭޅޭ. ހަމަ ވަރަށް ކާމިޔާބުކަމާއެކީ ކުރިއަށްދާނެ މަޝްރޫއުއެއް މިއީ،" މުއިއްޒު ވިދާޅުވި އެވެ.

ރަސްމާލޭގައި ވޯޓާފްރަންޓަކާއި މެރީނާއެއް ހިމެނޭހެން ބޮޑު އިންޓަގްރޭޓަޑް މަޝްރޫއެއް ހިންގުމަށް އީގަލް ހިލްސްއަށް ދޭން ނިންމާފައި ވަނީ ކިހައި ބޮޑު ބިމެއްކަމެއް ސަރުކާރުން އަދި، ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން ދޭން ނިންމާފައި އޮތީ 500 ހެކްޓަރުގެ ބިމެކެވެ.

"... އެހެންނަމަވެސް ކުރަން އުޅޭ ކަންތައް ކުރުމުގައި، ކުރަން ވިސްނާފައި އޮތް ގޮތަކަށް އެއްވެސް ބަދަލެއް ނާދޭ،" މުއިއްޒު މިހެން ވިދާޅުވި ނަމަވެސް ރަސްމާލޭގެ ބޮޑު ބައެއް ދޫކޮށްލުމުން ހިންގަން ވައުދުވި ބޯހިޔާވަހިކަމުގެ މަޝްރޫތައް ހިންގާނެ ޖާގައެއް ނުހުންނާނެ އެވެ. 

ރަސްމާލެއިން ހިއްކާ ބިމުގެ 500 ހެކްޓަރު އީގަލް ހިލްސްގެ ޕްރޮޖެކްޓަށް ދިނުމުން އެ ރަސް ސަހަރުގައި ބާކީ އޮންނާނީ 510 ހެކްޓަރެވެ. ހިނގާބިނގާވެ އުޅެން އެއްވެސް މަގެއް، ހޮސްޕިޓަލެއް، ސްކޫލެއް ތަރައްގީނުކޮށް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް 1،250 އަކަފޫޓުގެ 25،000 ގޯއްޗާއި 40،000 ފްލެޓު އިމާރާތްކުރަން އެކަނި ވެސް މަދުވެގެން 365 ހެކްޓަރުގެ ބިން ބޭނުންވާނެ އެވެ.

ނިކަމެތިންނަށް ހިއްކި ރަސްމާލެ ބިދޭސީ މުއްސަނދިންގެ ސަހަރަކަށް

ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ފަސް އަހަރު ތެރޭގައި ހައްލުކުރުމަށް ސަރުކާރުން ފެށި ބިޔަ މަޝްރޫއެކެވެ. ރަސްމާލޭގެ އަސްލު ޕްލޭންތަކަށް ބަދަލު ގެނެސް އެ ބިމުގެ އެއްބައި ބޭރުގެ ކުންފުންޏަކަށް ދީފި ނަމަ، މުއިއްޒުގެ ވައުދު ފުއްދޭނެ ޖާގަ މުޅީން ގެއްލުނީ އެވެ.

ރަސްމާލެ ތަރައްގީ ކުރަން ނިންމާފައި ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަ އެވެ. އެތަން ތަރައްގީ ކުރަނީ ބިދޭސީންނަށް އެތަނުގައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ގޮތަށެވެ. ރަސްމާލޭގައި ބިނާ ކުރާ އެޕާޓްމަންޓުތަކާއި ވިލާތައް ބިދޭސީންނަށް ވިއްކަން އީގަލް ހިލްސް އިން މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

ރަސްމާލޭގައި ދިރިއުޅޭ މީހުންނަށް ހިދުމަތް ދޭން ހޮސްޕިޓަލަކާއި ސްކޫލަކާއި މުނިފޫހިފިލުވައިދޭ ތަންތަން ވެސް ބިނާ ކުރާނެ އެވެ. އެތަނުގައި ހިދުމަތް ދޭނީ ހަލާލު ޓޫރިޒަމުގެ މޮޑަލަށް ކަމެއް އަދި ނޭނގެ އެވެ. ސަރުކާރުން އެކަން އަދި ހާމައެއް ނުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox