ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް: އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: ރައީސް އޮފީސް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: ރައީސް އޮފީސް

ބޭރުގެ މަހުޖަނުން ދިރިއުޅުމަށްޓަކައި ރަސްމާލޭގައި ވޯޓާފްރަންޓް އެންޑް މެރީނާއެއް ތަރައްގީކުރަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސިފަކުރައްވައިފި އެވެ. 

ރަސްމާލެ ތަރައްގީ ކުރަން ނިންމާފައި ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަ އެވެ. އެތަން ތަރައްގީ ކުރަނީ ބިދޭސީންނަށް އެތަނުގައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ގޮތަށެވެ. ރަސްމާލޭގައި ބިނާ ކުރާ އެޕާޓްމަންޓުތަކާއި ވިލާތައް ބިދޭސީންނަށް ވިއްކަން އީގަލް ހިލްސް އިން މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

"ރަސްމާލެއިން ބޮޑު ބިމެއް ބޭރު ބަޔަކަށް ދޫކޮށްލީ ހަގީގަތުގައި ކުއްޔަކަށް ނޫން. ދިވެހި ރައްޔިތުންނަށް އެ ބިން ދުވަހަކުވެސް އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް އެއްބަސްވުމުގައި މާއްދާތައް ހިމަނައި، ހަމައެކަނި އެއްބަސްވުމުގެ ބޭރުގަނޑުގައި "ކުއްޔަށް ދިން އެއްބަސްވުން" ޖަހާލުމަކުން އެއީ ކުލީ އެއްބަސްވުމަކަށް ނުވާނެ،" އާޒިމް އެކްސްގައި ލިޔުއްވި އެވެ. 

އެއީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ސަރުކާރުން ދައްކަމުންދާ ބަހަނާތަކެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އެ އެއްބަސްވުން ވަގުތުން ވަގުތަށް ބާތިލުކުރުމަށް އޭނާ ގޮވާލެއްވި އެވެ. 

"މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މިހާރުގެ ޖީލަށާއި، އަންނަން އޮތް މާދަމާގެ ޖީލުތަކަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް، ދިވެހި ފަސްގަނޑާއި، ދިވެހިންގެ މުސްތަގުބަލު ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ހަދާފައިވާ މި ނުރައްކާތެރި އެއްބަސްވުން ވަގުތުން ވަގުތަށް ބާތިލްކުރަންޖެހޭ،" އާޒިމް ވިދާޅުވި އެވެ. 

ބިމަށް އަގެއް، ކުއްޔެއް ނުނަގާ ގޮތަށް ރަސްމާލެއިން 500 ހެކްޓަރު ދޫކޮށްލާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox