"ރަށްވެހި ތަރައްގީ": ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ފުރަތަމަ އިންވެސްޓްމަންޓު ފޯރަމްގައި ގިނަ މަޝްރޫއުތަކެއް

2 އޮކްޓޯބަރު 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން ބޭއްވި "ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން. --- ފޮޓޯ: މުހައްމަދު ޝާބިން

2 އޮކްޓޯބަރު 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން ބޭއްވި "ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން. --- ފޮޓޯ: މުހައްމަދު ޝާބިން

އާންމު ގޮތެއްގައި ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގައި އޮންނަނީ އެ ޕާޓީއެއްގެ ސިޔާސަތުތައް ކަނޑައެޅުމާއި އެތެރޭގެ ހިންގުމާ ގުޅޭ ކަންކަމާމެދު ބަހުސްކޮށް ގޮތް ނިންމުމެވެ.  އެކަމަކު މާލެ ސިޓީ ކައުންސިލްގެ ގޯތި ތެރޭގައި މިހާރު ކުރިއަށްދާ އެންމެ ދޮށީ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަސްވަނަ ކޮންގްރެސްގައި ރާއްޖޭގެ ސިޔާސީ މަޝްރަހަށް މުޅިން އާ ކަމެއް ދަނީ ފެންނަމުންނެވެ. 

"ރަށްވެހި ތަރައްގީ"ގެ ނަމުގައި ކުރިއަށްގެންދަނީ އިންވެސްޓްމަންޓު ފޯރަމެކެވެ. މިއީ އެ ޕާޓީގެ ޗެއާޕާސަންކަމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގަތުމަށްފަހު އުފެއްދެވި "އިންޓަ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓު އޮފީސް" ގެ ބެލުމުގެ ދަށުން ބާއްވާ ފޯރަމެކެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ސިޓީ ކައުންސިލަކާއި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅު ޕާޓީން ހޯދިއިރު، ކައުންސިލްތަކަށް މަސައްކަތްކުރުމަށް އޮތް ފުރުސަތު މި ސަރުކާރުން ވަނީ ހަނިކޮށްފަ އެވެ. އެ އޮފީހުން މި ފޯރަމް ބާއްވަމުން އަންނަނި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ. 

އޮކްޓޯބަރު 2، 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގައި ކުރިއަށްގެންދާ "ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓު ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އަމީރު ވާހަކަ ދައްކަވަނީ --- ފޮޓޯ: މުހައްމަދު ޝާބިން
އޮކްޓޯބަރު 2، 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގައި ކުރިއަށްގެންދާ "ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓު ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އަމީރު ވާހަކަ ދައްކަވަނީ --- ފޮޓޯ: މުހައްމަދު ޝާބިން

އެގޮތުން، މިފަހަރު އަލަށް ބާއްވާ ފޯރަމްގައި ރާއްޖޭގެ 32 ރަށަކުން 76 އިންވެސްޓްމަންޓު ފުރުސަތަށް ވަނީ ހުޅުވާލާފަ އެވެ. އެ ޕްރޮޖެެކްޓުތަކުގެ އަގު 300 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ. އޭގެ ތެރޭގައި ޓޫރިޒަމާއި، މަސްވެރިކަމާއި، ދަތުރުފަތުރާއި، ވޭސްޓް މެނޭޖުމަންޓާއި، ދަނޑުވެރިކަމާއި، ހަކަތައާ ގުޅުންހުރި އެކި ޕްރޮޖެކްޓުތައް ހިމެނެ އެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ކަންކަން ނިންމުމަށް އަބަދުވެސް ވަކާލާތުކުރައްވާ ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ވިޔަފާރީގެ ފުރުސަތުތައް އޮތީ ރަށްރަށުގަ އެވެ. މި އިންވެސްޓްމަންޓު ފޯރަމްގެ މައިގަނޑު ބޭނުމަކީ އެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހާމަކުރުމެވެ. 

"އެމްޑީޕީގެ ޕްރޮޖެކްޓު ޑިޕާޓުމަންޓުގެ އަމާޒަކީ ރަށްރަށުގައި ހިނގާ އާމްދަނީ ލިބޭ މަސައްކަތްތައް، އެ މަސައްކަތްތައް ވިޔަފާރިއަކަށް ބަދަލުވެގެން، ވިޔަފާރީގެ އުސޫލުން ނަފާ ލިބިގެން، ފައިދާ ލިބިގެން ހިންގޭނެ ގޮތްތަކެއް ކައުންސިލްތަކަށް ހޯދައިދިނުން،" ފޯރަމް ހުޅުވުމަށްފަހު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ. 

އެމްޑީޕީގެ ޕްރޮޖެކްޓު އޮފީހުގެ ޑިރެކްޓާ ޖެނެރަލް އަދި މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "އަދަދު" އަށް ވިދާޅުވި ގޮތުގައި މި ފޯރަމްގައި ރަށްރަށުގެ އިގުތިސޯދުތަކަށް ދިރުން ގެނެސްދޭނެ ފަދަ އަދި އިގުތިސޯދީ ހަރަކާތްތައް އިތުރުކޮށްދޭނެ ފުރުސަތުތައް ހުންނާނެ އެވެ. 

2 އޮކްޓޯބަރު 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން ބޭއްވި "ރަހުވެހި ތަރައްގީ" އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން. --- ފޮޓޯ: މުހައްމަދު ޝާބިން
2 އޮކްޓޯބަރު 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން ބޭއްވި "ރަހުވެހި ތަރައްގީ" އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން. --- ފޮޓޯ: މުހައްމަދު ޝާބިން

"ކައުންސިލްތަކާއެކު މިދިޔަ ދުވަސްތަކުގައި ވެސް ފީސަބިލިޓީ ސްޓަޑީސް ހެދުމާއި، ފައިނޭންސިން ހޯދުމުގައި ކުރިއަށް އޮތް ތަނުގަައި މަސައްކަތް ކުރާނަން. އަޅުގަނޑުމެންގެ އަމާޒަކީ ކައުންސިލްތަކުން އަމިއްލަ ނިންމުންތައް ނިންމާ، އަމިއްލަ ރަށުގެ ތަރައްގީ ލީޑު ކުރާ ބަޔަކަށް ވެ، ހަގީގީ ލާމަރުކަޒީ ނިޒާމެއް ރާއްޖެއަށް ގެނައުން،" އަމީރު ވިދާޅުވި އެވެ. 

އެ އޮފީހުގެ މަސައްކަތުގެ ކާމިޔާބު ވަޒަންކުރެވޭނީ ކުރިއަށްގެންދެވޭ ޕްރޮޖެކްޓުތަކާއި، އެ ޕްރޮޖެކްޓުތަކުން އުފެދޭ ވަޒީފާތަކާއި، މުޖުތަމައުއަށް ވާ ފައިދާއިން ކަމަށް އަމީރު ވިދާޅުވި އެވެ. މިރޭ އެ ފޯރަމްގައި ކުރިއަށްދާނީ އިންވެސްޓަރުން އައިސް ކައުންސިލްތަކުން ޕްރޮޖެކްޓުތަކުގެ މައުލޫމާތު ސާފުކުރުމާއި މަޝްވަރާގެ ބައި ކަމަށް އަމީރު ވިދާޅުވި އެވެ. 

މި ފޯރަމަށް އެންމެ ގިނަ ޕްރޮޖެކްޓު ގެނައި އެއް ކައުންސިލުގެ ތެރޭގައި އެންމެ ދެކުނުން އޮތް އައްޑޫ ސިޓީ ހިމެނެ އެވެ. އައްޑޫ ސިޓީ ކައުންސިލުން މި ފޯރަމަށް ގެންދިޔަ އިންވެސްޓްމަންޓު ފުރުސަތުތަކުގެ ތެރޭގައި ކްލައިމެޓް ޗޭންޖު އެންޑް މެރިން ރިސާޗު ފެސިލިޓީއެއް ގާއިމުކުރުމާއި، ކޮންވެންޝަން ސެންޓަރަކާއި ހޮޓަލަކާއި، ޕަބްލިކް ބީޗެއް ޑިވެލޮޕްކުަރުމާއި، ގްރީން ވޭސްޓް ކޮމްޕޯސްޓިން ފެސިލިޓީއަކާއި، ހޯމް ސޯލާ ޕްރޮގްރާމަކާއި، ދާރުލްއާސާރަކާއި ހެރިޓޭޖު ސެންޓަރަކާއި، ނޭޗާ ޕާކަކާއި، ވާރޭ ފެން ރައްކާކުރާ ފެސިލިޓީއެއް ހިމެނެ އެވެ. 

"މިއީ ވަރަށް ފަސޭހައިން ފަށައިގަނެވޭނެ ޕްރޮޖެކްޓުތަކެއް، ބޮޑު ބަޖެޓެއް ނޫން، ގާތްގަނޑަކަށް 10 މިލިއަނާއި 50 މިލިއަނާ ދޭތެރޭ ރުފިޔާއިން [ފެށޭނެ]. މިއީ ވަރަށް ރިއަލިސްޓިކް ފަސޭހައިން ފަށައިގަނެވޭނެ ޕްރޮޖެކްޓުތަކެއް،" އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "އަދަދު" އަށް ވިދާޅުވި އެވެ. 

ތިނަދޫ ސިޓީއިން ވެސް ވަނީ ގިނަ ޕްރޮޖެކްޓުތަކެއް މި ފޯރަމްގައި ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި ބޯޓް ޔާޑަކާއި، މަސް ގަނޑުކޮށް ބަންދުކޮށް ޕްރޮސެސްކުރާ ފެސިލިޓީއަކާއި، އެ ރަށާ އިންވެގެން އޮންނަ ކަފެނާ އިންޓެގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރުމަށާއި، އިންޓަނޭޝަނަލް ސީޕޯޓަކާއި އެއާޕޯޓެއްގެ މަޝްރޫއު ހިމެނެ އެވެ، 

އޮކްޓޯބަރު 2، 2026: "ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓު ފޯރަމްގައި ތިނަދޫ ސިޓީ ކައުންސިލުން ޕްރެޒެންޓޭޝަނެއް ދެނީ --- ފޮޓޯ: މުހައްމަދު ޝާބިން
އޮކްޓޯބަރު 2، 2026: "ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓު ފޯރަމްގައި ތިނަދޫ ސިޓީ ކައުންސިލުން ޕްރެޒެންޓޭޝަނެއް ދެނީ --- ފޮޓޯ: މުހައްމަދު ޝާބިން

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެބަ ގެނެސްދެން. މިއިން ކޮންމެ ޕްރޮޖެކްޓަކީ ރައްޔިތުންނަށް އޭގެއިން ނަފާވެރިކަން އިތުކޮށްދެވޭނެ ކަމެއް އަދި ތިނަދޫގެ އިގުތިސޯދު އިތުރަށް ފުޅާވެގެންދާނެ ކަމެއް. މިއިން ކޮންމެ ޕްރޮޖެކްޓަކީ ހަމަ ޔަގީނުން ވެސް މުޅި ހުވަދޫ އަތޮޅުގެ ރައްޔިތުންނަށް ވެސް އޭގެއިން ބޭނުންކުރެވޭނެ،" ތިނަދޫ ސިޓީގޭ މޭޔަރު ސައުދު އަލީ އަދަދުއަށް ވިދާޅުވި އެވެ. 

ފުވައްމުލައް ސިޓީއިން ވެސް ވަނީ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް އިންވެސްޓްމަންޓު ފޯރަމްގައި ދައްކާލާފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ އެއް ޕްރޮޖެކްޓަކީ އެ ސިޓީގެ ފެހިކަން ބޭނުންކޮށްގެން ކާބަން ޑެޓަށް ބަދަލުކޮށްގެން ފައިސާ ހޯދަުމަށް ހުށަހަޅާ ބްލޫ ކާބަން އެންޑް ވެޓްލޭންޑް ޕްރޮޓެކްޝަން ޕްރޮޖެކްޓެވެ. އެ ސިޓީގައި އުފައްދާ ކާނާގެ ބާވަތްތައް ބަންދުކުރާނެ ފެސިލިޓީއެއް ގާއިމުކުރުމަށާއި މެރިން ރިސާޗު ސެންޓަރެއްގެ މަޝްރޫއުއަށް ވެސް އިންވެސްޓްކުރުމުގެ ފުރުސަތު ވެސް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހުޅުވާލަފަ އެވެ.

އިތުރު ބައެއް ޕްރޮޖެކްޓުތައް

  • ކޮންޓެއިނާ އެކުއަކަލްޗާ - އދ. މަހިބަދޫ
  • ސާކިއުލާ ބަޔޯމާސް އެންޑް ޗާކޯލް ޕްރޮޑަކްޝަން - ބ. ކިހާދޫ
  • ޕޯލްޓްރީ ފާމް - ފ. މަގޫދޫ
  • ގއ. ފަހެލާ އައިލެންޑް މެރިކަލްޗާ އެންޑް އެގްރިކަލްޗާ ޑިވެލޮޕްމަންޓު - ގއ. ކަނޑުހުޅުދޫ
  • ބްލޫ ކާބަން އޮބްޒަވޭޓަރީ - ށ. ކަނޑިތީމު
  • ކޮމާޝަލް ގްރީންހައުސް - ށ. ފޯކައިދޫ
  • ފިޝް ފާމިން އެންޑް ބަޔޯ ފާޓިލައިޒާ - ލ. ގަން
  • ބްލޫ ޝެލް ލޮބްސްޓާ އެންޑް ޕްރޯން ފާމް - ށ. ކޮމަންޑޫ
  • ކްލައިމެޓް ޕާކު - މާލެ ސިޓީ

އެންމެ ގިނަ ރަށްރަށުން ހުޅުވާލި އެއް ޕްރޮޖެކްޓަކީ ހޯމް ސޯލާ ނުވަތަ ގޭގޭގައި ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު އުފެއްދޭނެ ނިޒާމުތައް ގާއިމުކުރުމަށް ހިންގާ ޕްރޮޖެކްޓުތަކެވެ. އޭގެ އިތުރުން ސިޓީ ހޮޓެލްތަކާއި، ބޯޓް ޔާޑު އެޅުމާއި، ޕާކުތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ވެސް ހިމެނެއެވެ. 

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox