
ސާއިފް ޝިޔާދު
ސަބް އެޑިޓަރ
ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ބައިނަލްއަގުވާމީ މަޝްރަހާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު އަދި އިގުތިސޯދީ ދާއިރާގެ ލިޔުންތައް އޭނާ އަންނަނީ ލިޔަމުންނެވެ. މީގެކުރިން ސާއިފް ވަނީ "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
2400 ލިޔުން
ހަބަރުމެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ހަބަރު"ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިނީ ދެފުށްފެންނަ ބީލަމުކުން"
ބީލަމަކާ ނުލައި ރަސްމާލެއިން ބޮޑު ސަރަހައްދެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ދެފުށްފެންނަ ބީލަމުގެ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. މިގޮތުން އެމަނިކުފާނުގެ ސަރުކާރުގައި ޖީއެމްއާރަށް އެއާޕޯޓު ދިނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހާމަކަންބޮޑު ބީލަމެއްގެ ތެރެއިންކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ހަބަރުސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ސޮއިކުރި އެއްބަސްވުން
ރަސްމާލޭގައި މެރީނާއަކާއި ވޯޓާ ފްރޮންޓެއް ހިމެނޭ މަޝްރޫއުގެ ދަށުން ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އެ ކުންފުންޏަށް ދޫކުރާއިރު، ބަދަލެއްގެ ގޮތުން ރާއްޖެއަށް 5,000 ހައުސިން ޔުނިޓު ލިބޭނެ ކަމަށް މިހާތަނަށް ވަނީ އެނގިފައެވެ. ނަމަވެސް، މިއީ ތަފްސީލީ އެއްބަސްވުމެއް ނޫން ކަމުން، ބިން ދޫކުރާ އަގާއި މަޝްރޫއުގެ ފުރިހަމަ ތަފްސީލުތައް އަދި ހާމަނުކުރޭ.
