ޕެރޯލް ބޯޑުން އަބުޗާ ދޫކޮށްލި މައްސަލަ މަޖިލިސް މެދުވެރިކޮށް ތަހުގީގުކޮށްދޭން އެދިއްޖެ

އަބްދުالله އިބްރާހިމް (އަބުޗާ): އޭނާ ދޫކޮށްލާފައި ވަނީ ގާނޫނާ ހިލާފަށް --- ގްރެފިކްސް: އަދަދު

އަބްދުالله އިބްރާހިމް (އަބުޗާ): އޭނާ ދޫކޮށްލާފައި ވަނީ ގާނޫނާ ހިލާފަށް --- ގްރެފިކްސް: އަދަދު

އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޝަރުތުތަކާއެކު ޕެރޯލް ބޯޑުން މިނިވަންކުރި މައްސަލަ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

 ޕެރޯލް ބޯޑުން އަބުޗާ ދޫކޮށްލުމުގައި ބަލަންޖެހޭ ބައެއް ކަންކަން ބަލާފައި އޮތީ ރަނގަޅަށް ކަމަށް ނުވާތީ އެ ނިންމުން ބަދަލުކުރަން ހޯމް މިނިސްޓަރު އެންގެވި އެވެ. އެހެންވެ, އިއްޔެ ހަވީރު އަބުޗާ ވަނީ އަލުން ހައްޔަރުކޮށްފަ އެވެ. ޕެރޯލަށް ބޯޑަށް މެންބަރުން އައްޔަނުކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. 

އެ މައްސަލައިގައި ޕެރޯލް ބޯޑުން އަމަލުކުރި ގޮތުގެ އިދާރީ ފައިލް މަޖިލީހުން ހޯދައި ދިރާސާކުރުމަށް ކުޑޫ ވަނީ އެދިފަ އެވެ. އެ މައްސަލައިގައި ހޯމް މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރަން ވެސް ކުޑޫ ހުށަހެޅުއްވި އެވެ.

އެ މައްސަލައާ ގުޅިގެން ޕެރޯލް ބޯޑުގެ ހަ މެންބަރުން ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިހާތަނަށް ބެލި ބެލުމުން އަބުޗާ ދޫކޮށްލުމުގައި ގަސްދުގައި ކަމެއް ގޯސްކޮށް ކުރުމުގެ އެއްވެސް ނިޔަތެއް ޕެރޯލް ބޯޑުގައި އޮތް ކަމަށް ނުފެންނާތީއާއެކު، ވަކިކުރަން ނިންމި ބޭފުޅުންގެ ނަންތައް ހާމައެއް  ސަރުކާރުން ހާމައެއް ނުކުރެ އެވެ.

 އެ ނިންމުން ނިންމިއިރު ޕެރޯލް ބޯޑުގައި ތިބި ހުރިހާ މެންބަރުން މަޖިލީހަށް ހާޒިރުކޮށް ކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށް ކުޑޫ ވަނީ ހުށަހަޅުއްވާފަ އެވެ. 

ދިވެހިރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި 25 އަހަރަށް އަބުޗާ ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި 19، ގަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ 12.5 އަހަރުގެ ތިން ހުކުމެވެ. ޕެރޯލަށް އޭނާ ޝަރުތު ހަމަވީ 6.5 އަހަރު ޖަލުގައި ހޭދަ ކުރި ކަމަށް ބުނެ އެވެ. ނަމަވެސް އެ މުއްދަތު އޭނާ ހަމައެއްނުކުރެ އެވެ. 

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 125 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަސްތުވާތަކެތި ވިއްކުމާއި ވިޔަފާރިކުރުމާއި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެ މީހަކަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ކަމަށެވެ.

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox