އީގަލް ހިލްސްއަށް ދޫކޮށްލާ ބިމުން އެޑްވާންސަށް ފައިސާ ނުލިބުމަކީ މައްސަލައެއް: ނަޝީދު

ސެޕްޓެމްބަރު 23، 2026: އެމްޑީޕީގެ ކޮންގްރެސްގެ މައުލޫމާތު ދިނުމަށް އެ ޕާޓީގެ ޗެެއާޕާސަން ރައީސް މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ސެޕްޓެމްބަރު 23، 2026: އެމްޑީޕީގެ ކޮންގްރެސްގެ މައުލޫމާތު ދިނުމަށް އެ ޕާޓީގެ ޗެެއާޕާސަން ރައީސް މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މަހުޖަނުން ދިރިއުޅުމަށް ބޮޑު ސިޓީއެއް ތަރައްގީކުރުމަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭއިރު އެންމެ ބޮޑު އެއް މައްސަލައަކީ އެޑްވާންސަށް ދިވެހި ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބުން ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޔޫއޭއީގެ އީގަލް ހިލްސް އަށް ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ 99 އަހަރަށެވެ. ރަސްމާލެއިން އެޕާޓްމަންޓެއް ގަންނަ ބިދޭސީ މީހާއަށް ލިބޭ 99 އަހަރުގެ ލީސް މުއްދަތުގައި އެތަން ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އާ ލީސް މުއްދަތެއް ފެށޭނެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި ގޮތުގައި ރެޒިޑެންސީ ޕްރޮގްރާމަކަށް ހުޅުވާލުމަކީ އުސޫލީ ގޮތުން ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް، އީގަލް ހިލްސްގެ ކޮންޓްރެކްޓް ހާމަކޮށްފައި ނެތުމުން މިހާތަނަށް އޭގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

Advertisement

"މިހާތަނަށް އިވުނު ވާހަކަތަކުން އަޅުގަނޑަށް އޮތީ ދެ މައްސަލައެއް، އެޑްވާންސަށް ފައިސާ ނުލިބުން، މާލެ ސަރަހައްދުގައި އެ ތަން ހަދާކަން،" ނަޝީދު ލިޔުއްވި އެވެ.

ސަރުކާރަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ މަޝްރޫއުގެ ކޮންޓްރެކްޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން މަޝްރޫއުއަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފާސްކުރުވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.  

ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ. 

ވަޒީރު މުއްތަލިބު ވިދާޅުވީ ރަސްމާލޭގައި އަޅާ އިމާރާތްތައް ވިއްކައިގެން ދައުލަތަށް ތިން ބިލިއަން ޑޮލަރު ނުވަތަ 46 ބިލިއަން ރުފިޔާ 10 އަހަރު ތެރޭގައި ލިބޭނެ ކަމަށެވެ. އެއީ މިދިޔަ އަހަރު ބަޖެޓަށްވުރެ ވެސް ކުޑަ އަދަދެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox