ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ބިލު ސަރުކާރުން ބޭނުންކުރާނީ ވިޔަފާރިވެރިން ބްލެކްމެއިލް ކުރަން: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ އިޖުރާއަތުތައް ހިމަނައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ގާނޫނަކަށްވުމުން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންކުރަން ގަސްތުކޮށްފައިވަނީ ވިޔަފާރިވެރިން ބްލެކްމެއިލް ކުރުމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް މެންބަރު، އަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ދައުލަތައް ނެގުމުގެ އުސޫލުތަކާއި އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސް ވެސް ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ހިމަނާފައިވެ އެވެ.

އެ ބިލުގައިވާ ގޮތުން، އެ ބިލު ގާނޫނަކަށްވުމުގެ ކުރިން ކުށް ކޮށްގެން ހޯދާފައިވާ މުދާ ވެސް ދައުލަތަށް ނެގޭނެ އެވެ. މިއަދު އެ ބިލަށް ބަހުސް ކުރައްވަމުން މީކާއިލް ވަނީ ސަރުކާރުން އެ ބިލު ހުށަހެޅި ނިޔަތާ މެދު ސުވާލު އުފައްދަވާފަ އެވެ. އޭނާގެ މައިގަނޑު ކަންބޮޑުވުމަކީ ވެސް ކޯޓަކުން ހުކުމެއް ސާބިތުވުމުގެ ކުރިން މުދާ ނެގޭ ގޮތަށް އޮތުމެވެ. 

"ހުކުމް ސާބިތު ނުވަނީސް މީހުންގެ މުދާ ނެގެޔޯ، މީހުން އަސާސީ ހައްގުތަކާ ވެސް ހިލާފު [މި ބިލު]. ރައީސް މުއިއްޒުގެ އަމަލުތައް މާޒީގައި ފެނިދިޔަ ކޮންމެ މީހަކަށް އެނގޭނެ މި ބިލު ގާނޫނަކަށް ވެއްޖެނަމަ ދެން އަމަލުކުރާނެ ގޮތް، މީކާއިލް ވިދާޅުވި އެވެ. 

ބޭރު ގައުމުތައް މެދުވެރިކޮށް ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލާއި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެ މީހުން ނިސްބަތްވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އުސޫލުތައް ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ.

"މިއީ ބްލެކްމެއިލް ބިލެއް. އަޅުގަނޑުމެން އެންމެނަށް ވެސް ސާފު މި ބިލުގެ ހަގީގީ މަގުސަދު، މި ބިލު ހުށަހެޅިގެންދާ ނިޔަތް، ސަރުކާރުން މި ބިލާ ގުޅިގެން ދެން ގާނޫނަކަށް ވީމައި އަމަލުކުރަން ގަސްތުކޮށްފައިވާ ގޮތް ވެސް ސާފު. އަޅުގަނޑު ޗެލެންޖު ކޮށްފައި ބުނަން މި ބިލު ފަރުމާކުރަންދާ ހަރަދު ވެސް މި ބިލުން އަޅުގަނޑުމެންނަށް ނުހޯދޭނެ،" މީކާއިލް ވިދާޅުވި އެވެ. 

ކުށް ކޮށްގެން ހޯދާ މުދަލުން މުއާމަލާތުކުރުން ހުއްޓުވުމަށްޓަކައި، އެ މުދާ ހިފެހެއްޓޭނެ އުސޫލުތަކާއި އެގޮތަށް ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުމާއި އެ މުދާ ބޭނުންކުރެވޭނެ އުސޫލުތައް ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ.

"މި ބިލުން ހާސިލުކުރަން މި އުޅޭ މަގުސަދަކީ ރާއްޖޭގެ ވިޔަފާރިވެރިން ބްލެކްމެއިލް ކުރުން. ހުރިހާ ކަމެއް އަމާޒު ހިފާފައި މި އޮތީ މަޖިލީހުގެ މަސައްކަތްތައް ވެސް، ޕީއެސްއައިޕީ ޕްރޮޖެކްޓެއް ވެސް، ފަނޑިޔާރުގޭގައި ހިނގާ މައްސަލައަކަށް އަތް ބޭނުންވެސް، ހުރިހާ ކަމެއް އަމާޒު ހިފާފައި މިއޮތީ 2028 ގެ ރިޔާސީ އިންތިހާބު ބައި ހުކް އެންޑް ކްރުކް ކާމިޔާބުކުރުމަށް،" މީކާއިލް ވިދާޅުވި އެވެ. 

މީހުން ބްލެކްމެއިލްކޮށްގެން ވިޔަފާރިވެރިން އޮބި އަޅައިގެން އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox