ފަލާހުގެ ނަމުގައި ޑޮލަރު ގަނެވިއްކާ ކުންފުންޏެއް

މެންބަރު ފަލާހު. އޭނާއަކީ ގިނަ އަދަދެއްގެ ވިޔަފާރި ކުރާ މެންބަރެއް --- ފޮޓޯ: މަޖިލިސް އިދާރާ

މެންބަރު ފަލާހު. އޭނާއަކީ ގިނަ އަދަދެއްގެ ވިޔަފާރި ކުރާ މެންބަރެއް --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހުގެ ނަމުގައި ޑޮލަރު ގަނެވިއްކާ ކުންފުންޏެއް އުފައްދާފައިވާކަން އޭނާގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ. 

ވިހިވަނަ  މަޖިލީހުގެ މެންބަރުންގެ ދެވަނަ އަހަރުގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ. ފަލާހުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ދެ ކުންފުންޏެއް އޭނާ ވަނީ އުފައްދާފަ އެވެ. 

އެއީ "ސަން ކަރަންސީ އެކްސްޗޭންޖު" ގެ ނަމުގައި އުފެއްދި ޑޮލަރު ގަނެވިއްކާ ކުންފުންޏަކާއި "ސަން ކްރަފްޓް ކޮންސްޓްރަކްޝަން" ގެ ނަމުގައި އުފައްދާފައިވާ ކޮންސްޓްރަކްޝަން ކުންފުންޏެކެވެ. އެ ދެ ކުންފުނީގެ ވެސް 90 ޕަސެންޓު ހިއްސާ ފަލާހުގެ އޮވެ އެވެ. އޭނާއަކީ އިތުރު ތިން ކުންފުންޏެއްގެ ވެސް ހިއްސާދާރެކެވެ. 

ފަލާހުއަށް މުސާރައިގެ ގޮތުގައި މަޖިލީހުން 990،000ރ. ލިބުނުއިރު ވިޔަފާރީގެ ނަފާގެ ގޮތުގައި މިދިޔަ އަހަރު އޭނާއަށް 1.8 މިލިއަން ރުފިޔާ ލިބުނެވެ. އަދި ކުލީގެ ގޮތުގައި މިދިޔަ އަހަރު 2.8 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުގެ ތެރޭގައި ފަލާހު ވަނި ބޭންކް އޮފް މޯލްޑިވްސް އިން 15 މިލިއަން ރުފިޔާގެ ލޯނެއް ވެސް ނަގާފަ އެވެ.

އޭނާގެ ނަމުގައި ފަސް ބިން އެބައޮތެވެ. އެއީ މިދިޔަ އަހަރު 21 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ގަނެފައިވާ ބިމަކާއި އިންނަމާދޫ ފަލަކް، ފަތް، އަސުރުހިޔާ އަދި މާލެއިން ގަނެފައިވާ މ. އަސުރުކުރި އެވެ. މާލެއިން އޭނާ ގޯތި ގަތީ ހަތަރު މިލިއަން ރުފިޔާއަށް ކަމަށް ފަލާހު ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox