
ލީވާން އަލީ ނާސިރު
ޖާނަލިސްޓް
ލީވާން އަލީ ނަސީރު ނޫސްވެރިއެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ދިޔައީ ރާއްޖެ ޓީވީގެ ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ހަރަކާތްތެރިވަމުން އަންނަނީ ކަރަންޓް އެފެއާޒް ނޫސްވެރިޔެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް މުޖުތަމައުގެ ތެރޭގައި ހުރި އިޖުތިމާއީ މައްސަލަތަކާ މެދު އާންމުންގެ ސަމާލުކަން އިތުރުކުރުމަށް ލީވާން މަސައްކަތްކުރެ އެވެ. އަދި ސިޔާސީ ދާއިރާގެ ހަބަރުތަކާއި އިވެންޓުތައް ކަވަރުކުރުމުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.
5823 ލިޔުން
ހަބަރުޔާމީން މިނިވަންވުމުން ހިތާމަކުރަންޖެހޭ ކަމަށް ފަލާހު ވިދާޅުވެއްޖެ
ކުރީގެ ރައީސް ޔާމީން މިނިވަންވެ ގޭގައި ހުންނެވުމަކީ ގައުމު ލަދުވެތިވާންޖެހޭ ހިތާމަވެރި ކަމެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވި. ފަލާހު ތުހުމަތު ކުރެއްވި ގޮތުގައި ޔާމީން ގެންދަވަނީ އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލުމަށާއި ގާނޫނާ ހިލާފުވުމަށް ރައްޔިތުންނަށް ހިތްވަރު ދެއްވަމުން.
ހަބަރުރިސޯޓުތަކުން 40 ޕަސަންޓު މާރުކުރުމާ ދެކޮޅު ހަދަން ގޮވާލައްވައިފި
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމަކީ ހުދުމުހުތާރު ކަމެއް ކަމަށް ސިފަކުރައްވައި، އެ ނިންމުމާ ދެކޮޅު ހެދުމަށް ކުރީގެ ރައީސް ޔާމީން ހުރިހާ ރިސޯޓުތަކަށް ގޮވާލެއްވި. ޔާމީން ވިދާޅުވީ ލޯނުތައް ޑޮލަރުން ދައްކަންޖެހޭއިރު، އާމްދަނީގެ ބޮޑު ބައެއް މާރުކުރަން ޖެހުމަކީ ރިސޯޓުތަކަށް އުފުލޭނެ ތަކުލީފެއް ނޫން ކަމަށް.
ހަބަރުފަލަސްތީނަށް އިންސާފު ހޯދައިދޭން އޯއައިސީގައި ގޮވާލައިފި
އޯއައިސީގެ ކުއްލި ބައްދަލުވުމުގައި، އިސްރާއީލުން ފަލަސްތީނުގައި ހިންގާ އުދުވާންތައް ރާއްޖެއިން ކުށްވެރިކޮށް، އެ ގައުމު ޒިންމާދާރުކުރުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލި. މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ވަނީ 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ތާއީދުކުރާ ކަމަށް ވިދާޅުވެފައި.
