ޓްރީ ޓޮޕް ހޮސްޕިޓަލުން ނާސިން ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލަނީ

ފޮޓޯ: ޓްރީ ޓޮޕް

ފޮޓޯ: ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުން ސިއްހީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެހީތެރިވުމުގެ މަގުސަދުގައި، އެ ހޮސްޕިޓަލުގެ އަހަރީ ނާސިން ސްކޮލާޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ތައްޔާރުވެއްޖެ އެވެ. 

މިފަހަރުގެ ސްކޮލަރޝިޕް ފުރުސަތު ހުޅުވާލެވިފައިވަނީ ވިލާ ކޮލެޖުގައި ހިންގާ ދެ ޕްރޮގްރާމަކަށެވެ. އެއީ ބީއެސްސީ (އޮނާސް) ނާސިން (އިންޓަނޭޝަނަލް) ޓޮޕް-އަޕް އަދި ތިން އަހަރުގެ ޑިޕްލޮމާ އިން ނާސިން ކޯހަށެވެ.  

ސްކޮލާޝިޕަށް ހުށަހެޅުމުގެ މުއްދަތަކީ ސެޕްޓެމްބަރު 15، އިން ފެށިގެން ސެޕްޓެމްބަރު 30، ގެ ނިޔަލަށެވެ. ޝައުގުވެރިވާ ފަރާތްތަކުން education@treetophospital.com އަށް މެއިލްކުރަން ޓްރީ ޓޮޕުން އެދެ އެވެ. 

Advertisement

މި ފުރުސަތަށް އެދި ހުށަހެޅޭނީ ދިވެހި ރައްޔިތުން ކަމަށްވާއިރު، އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.  މީގެ އިތުރުން ސްކޮލާޝިޕް އެދޭ ފަރާތަކީ އެހެން އެއްވެސް މުއައްސަސާއަކުން ތައުލީމީ ސްކޮލާޝިޕެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑރ. ސްރީވަޓްސަން ސްރިދާރް ޖީ ވިދާޅުވީ ވިލާ ކޮލެޖާ ގުޅިގެން ހިންގާ މި ސްކޮލާޝިޕް ޕްރޮގްރާމަކީ ހުނަރުވެރިކަން ތަރައްގީކުރުމަށާއި ކިޔެވުމުގެ ތެރެއިން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް ޓްރީ ޓޮޕުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. 

މި ޕްރޮގްރާމް 2021 ގައި ތައާރަފުކުރި ފަހުން މިހާތަނަށް ޖުމްލަ 23 ފަރާތަކަށް ވަނީ ނާސިން ސްކޮލާޝިޕް ފޯރުކޮށްދީފަ އެވެ. މި ޕްރޮގްރާމުގެ ދަށުން ތައުލީމާއި ތަމްރީނު ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން 12 ނަރުހުން މިހާރުވެސް ދަނީ ޓްރީ ޓޮޕްގައި ފުރިހަމަ ހިދުމަތްދެމުންނެވެ. 

 މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7350642 ނަންބަރަށް ގުޅުމަށް ޓްރީ ޓޮޕުން އެދެ އެވެ. އެ ހޮސްޕިޓަލުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ބަލިމީހުންނަށް އެންމެ ފުރިހަމަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox