އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕަށް އެންމެ ފަހުން ގަވަރުނަރާ ބައްދަލުކުރެވޭ ގޮތްވެއްޖެ

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ޕާޓީން ވަނީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރައްވާފައި -- ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ޕާޓީން ވަނީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރައްވާފައި -- ފޮޓޯ: މަޖިލިސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު މުނައްވަރާ ބައްދަލުކުރުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އެދެމުންދާތާ ގިނަ ދުވަސްތަކެއް ފަހުން، އެ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާއި، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. 

ޝަމްހީދު ވިދާޅުވީ މި ބައްދަލުވުމުގައި ކަރަންސީ މާކެޓުގެ ތެރޭގައި ހިނގާ މުއާމަލާތްތައް ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެކަން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، ބޭރު ފައިސާއަށް އޮތް ޑިމާންޑް ކުޑަނުވާނެ ކަމާއި، ރަސްމީ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ޑޮލަރު ނުލިބޭނަމަ، މުދާ އެތެރެކުރުމަށް ހުރަސް އެޅި، ޒަރޫރީ ތަކެތި ހުސްވެ އަގުތައް އުފުލިގެންދާނެކަން ޕީޖީ ގްރޫޕުން ފާހަގަކޮށްފައިވާނެ ކަމަށެވެ. 

މީގެއިތުރުން މްއެމްއޭއިން ބޭންކުތައް މެދުވެރިކޮށް ދޫކުރާ ޑޮލަރު ބެހުމުގައި ހާމަކަން ބޮޑު، އިންސާފުވެރި ނިޒާމެއް އޮންނަންޖެހޭނެކަން ބައްދަލުވުމުގައި ޕީޖީ ގްރޫޕުން ފާހަގަކުރުމުން، އެމްއެމްއޭއިން ވަނީ ޑޮލަރު ދޫކުރުމުގައި އިންސާފުވެރިކަން ގާއިމުކުރާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

މި ބައްދަލުވުމުގައި ރިސޯޓުތަކުން ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރަން މަޖުބޫރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މި ފިޔަވަޅުގެ ސަބަބުން ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުމަށް ދަތިވާނެކަން ފާހަގަކުރި ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

މިގޮތުން އެމްޑީޕީގެ ޕީޖީން ގަވަރުނަރަށް ހުށަހަޅާފައިވަނީ ޓެކްސްގެ ބައެއް ފައިސާ ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު ހަމަޖައްސައި،  ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ފިސްކަލް ޑިސިޕްލިން ކުރުމަށެވެ. އެހެން ނޫންނަމަ އެ މައްސަލަ ހައްލުނުވާނެ ކަމަށް އެމްޑީޕީގެ ޕީޖީން ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފަ އެވެ. 

ސަރުކާރުގެ ކުންފުނިތަކަށް ޑޮލަރު ދިނުމުގައި އިސްކަންދީ، އާންމު ވިޔަފާރިތަކަށް ދަތިކުރުމަކީ އިގްތިސާދަށް ލިބޭނެ ގެއްލުމެއްގެ ގޮތުގައި ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީން ފާހަގަކުރި އެވެ. އޭގެއިތުރުން އާންމު ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ބޭރުގެ ފައިސާގެ މުއާމަލާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށްވެސް ޕީޖީ ގްރޫޕުން ފާހަގަކޮށްފައިވެ އެވެ. 

މީޑިއާތަކުން ބޭރު ފައިސާގެ ބާޒާރުގެ ރޭޓުތައް ރިޕޯޓުކުރުން ހުއްޓުވުމަށް ކުރާ މަސައްކަތަކީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފު ކަމެއްކަން ބައްދަލުވުމުގައި ޕީޖީ ގްރޫޕުން ފާހަގަކޮށް، ހަގީގަތް ފޮރުވަން މަސައްކަތް ނުކުރަން ވަނީ އެދިފަ އެވެ. 

މި ބައްދަލުވުމުގައި އެމްއެމްއޭ އިން ވަނީ މިހާރު ގެނެސްފައިވާ ބަދަލުތައް މޮނިޓާކޮށް އޭގެއިން އެއްވެސް ނޭދެވޭ އަސަރެއް ކުރާނަމަ، އެ ނިންމުމެއް ބަދަލުކުރާނެ ކަމަށް ބުނެފައި ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox