ޔާމީން މިނިވަންކޮށް ހުރުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ފަލާހު ވިދާޅުވެއްޖެ

ފަލާހު ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ ޔާމީނު ފަދަ ހާއިނަކު ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އަދި އެކަމާ ގައުމުވެސް ލަދުވެތިވާ ކަމެއް ކަމަށް --- ފޮޓޯ: އަދަދު

ފަލާހު ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ ޔާމީނު ފަދަ ހާއިނަކު ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އަދި އެކަމާ ގައުމުވެސް ލަދުވެތިވާ ކަމެއް ކަމަށް --- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމުން ހިތާމަކުރަން ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ. 

ފަލާހް އެކްސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީނު ފަދަ ހާއިނަކު ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އަދި އެކަމާ ގައުމުވެސް ލަދުވެތިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރާ މަސައްކަތުން ހާމަވަނީ އެމަނިކުފާނު ދައްކާ ވާހަކަ އާއި އަމަލު ދިމާނުވާ މިންވަރު ކަމަށެވެ. 

"ފަހަކަށް އައިސް އެމްޑީޕީއާއި ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރަމުންދާ މަސައްކަތުން ހާމަވަނީ ޔާމީނު ދައްކާ ވާހަކައާއި އަމަލާއި ދިމާނުވާމިންވަރު. މިއަދުވެސް ޔާމީނު ފަދަ ހާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އެކަމާ ގައުމުވެސް ލަދުވެތިވާ ކަމެއް،" ފަލާހު ވިދާޅުވި އެވެ. 

މީގެއިތުރުން ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރުމާ ރިސޯޓުތަކުން ދެކޮޅު ހަދަން ޔާމީން ގޮވާލެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ ވެރިކަން ކޮށްފައިވާ ވެރިޔަރު ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ހިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށް ބޮޑު ކުށަކަށް ދައުވަތު ދެއްވުން ކަމަށެވެ. 

ފަލާހު ވިދާޅުވީ ޔާމީނުގެ ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަން ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން ހާމަވަމުންދާ ކަމަށާއި އެމަނިކުފާނު ދައުތުން ވަގަށް ނަގާފައިވާ ޑޮލަރުތައް ދައުލަތަށް ހޯދިއްޖެނަމަ، މިހާރުން މިހާރަށް ޑޮލަރުގެ މައްސަލަވެސް ހައްލުވެގެންދާނެ ކަމަށެވެ. 

މި ސަރުކާރުން ވެރިކަމަށް އައީ ޔާމީނު މިނިވަންކުރުމުގެ ވައުދާއެކީގަ އެވެ. އެގޮތުން ގިނަ ބަޔަކު މުއިއްޒަށް ވޯޓު ދެއްވީ އެއީ އޭރު އެމަނިކުފާނު ދެއްކެވި ކެންޑިޑޭޓަށްވުމުންނެވެ. ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވުނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔުމާ ގުޅިގެންނެވެ. 

2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބުކުރެއްވުމާއެކު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަސްލަހަތަށްޓަކައި ޔާމީން ގޭބަންދަށް ބަދަލުކުރައްވާފަ އެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލުކޮށްފަ އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ޔާމީނު ވަނީ އިއުލާންކުރައްވާފަ އެވެ. އޭގެއިތުރުން މުއިއްޒުވެސް ދެވަނަ ދައުރެއް ހޯއްދެވުމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވެ އެވެ. އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަށަވަރުވާނީ އެ ޕާޓީން ބާއްވާ ރިޔާސީ ޕްރައިމަރީއަށްފަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox