ކޮންމެ ހޯމައެއްގައި ބާއްވަން ވައުދުވި މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާތާ އަށް ހަފްތާވެއްޖެ

މުހައްމަދު މުއިއްޒު: އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ އަށް ހަފްތާ ފާއިތުވެގެންދިޔައިރު، އެކަމާ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

މުހައްމަދު މުއިއްޒު: އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ އަށް ހަފްތާ ފާއިތުވެގެންދިޔައިރު، އެކަމާ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން

ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ ހިލާފަށް އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ ވިދިވިދިގެން އަށް ހަފްތާވެއްޖެ އެވެ. 

މުއިއްޒު އިއްޔެ ނޫސްވެރިންނާ ބައްދަލުނުކުރެއްވީ ކީއްވެގެންތޯ އަދަދު އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިހާތަނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. 

މުންދު މީގެކުރިން ވިދާޅުވީ މުއިއްޒަށް ވަގުތުވީ މިންވަރަކުން ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ނަމަވެސް އަށް ހަފްތާވެގެންދިޔައިރުވެސް އެމަނިކުފާނަށް ނޫސްވެރިންނާ ބައްދަލުނުކުރެއްވުމުން އެކަމާ ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މުއިއްޒު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ ޖޫން 29، ގަ އެވެ. އޭގެ ފަހުން އަށް ހަފުތާ ފާއިތުވެގެންދިޔައިރު، ހަތް ހަފުތާގެ ހޯމަ ދުވަސް ބަންދު ދުވަހަކާ ދިމާނުވާކަން ފާހަގަކުރެވެ އެވެ. 

 މި އަހަރުގެ މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ފެބްރުއަރީ 5، ގަ އެވެ.

 މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، މި ފަހަކަށް އައިސް ގިނަ ހަފުތާތަކުގައި މާލޭގައި ހުންނެވާއިރުވެސް، ނޫސްވެރިންނާ ބައްދަލެއް ނުކުރައްވަ އެވެ. އެމަނިކުފާނު އެންމެ ފަހުން ވެސް ނޫސްވެރިންނާ ބައްދަލުކުރެއްވީ ތިން ހަތުފާގެ މެދުކެނޑުމަކަށްފަހު އެވެ.       

މާޗު 2، ގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށި ފަހުން 27 ހަފުތާ ފާއިތުވެގެން ގޮސްފައިވާއިރު އޭގެ ތެރެއިން މުއިއްޒުއަށް ނޫސްވެރިންނާ ބައްދަލުކުރެވިފައިވަނީ އަށް ހަފުތާގަ އެވެ. 

ނޫސްވެރިންނާ ކޮންމެ ހަފުތާއަކު ބައްދަލު ކުރައްވާނެ ކަމުގެ ވައުދާއެކު މާޗު މަހު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށުމުގެ ކުރިން، ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މެއި 3، 2025، ގަ އެވެ.   އެއީ އެމަނިކުފާނުގެ ވެރިކަމުގައި ބޭއްވި ދެވަނަ ނޫސްވެރިންގެ ބައްދަލުވުމެވެ. މި ދައުރުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މުއިއްޒު ބޭއްވެވީ ޑިސެމްބަރު 5، 2023، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox