ހުރިހާ ރިސޯޓަކުން 40 ޕަސަންޓު މާރުކުރުމާ ދެކޮޅު ހަދަން ޔާމީން ގޮވާލައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން: 40 ޕަސަންޓު މާރުކުރުމާ ރިސޯޓުތަކުން ދެކޮޅު ހެދުމަށް އެމަނިކުފާނު ގޮވާލެއްވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: 40 ޕަސަންޓު މާރުކުރުމާ ރިސޯޓުތަކުން ދެކޮޅު ހެދުމަށް އެމަނިކުފާނު ގޮވާލެއްވި -- ފޮޓޯ: އަދަދު

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަށް މަޖުބޫރުކުރާ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލާ ދެކޮޅު ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިސޯޓުތަކަށް ރޭ ގޮވާލައްވައިފި އެވެ. 

ފުވައްމުލަކުގައި ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވިދާޅުވީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރުމާ ދެކޮޅު ހަދައި، އެއީ އުފުލޭނެ ތަކުލީފެއް ނޫންކަން ހާމަކުރަމުންދިޔުމަށް އެެދިވަޑައިގަންނަވާ ކަމަށެވެ. 

"ހަމަ ހުރިހާ ރިސޯޓުތަކުން. ހުރިހާ ރިސޯޓުތަކުން. މީގައި މަޓީއެއް ނޫން. މަޓީއެއް ނޫން މީގައި. ހަމަ ވަކިވަކި ރިސޯޓުތަކުން. ހަމަ ހުރިހާ ރިސޯޓުތަކުން ކެރެންވީ ބުނަން މިއީ ތިމަންނަމެން ގަބޫލުކުރާ އެއްޗެއް ނޫނޭ [ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސަންޓު މާރުކުރުން]. އަދި އަމުދުން ތިމަންނަމެންނަކަށް މި ތަކުލީފު ނުއުފުލޭނެއޭ،" ޔާމީން ވިދާޅުވި އެވެ. 

ގާނޫނަށް ބަދަލު ގެނެސްގެން ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް މާރުކުރާ ގޮތަށް މަޖުބޫރުކުރުމަކީ ހުދުމުހުތާރު ކަމެއް ގޮތުގައި ޔާމީނު ސިފަކުރެއްވި އެވެ.

ޔާމީން ވިދާޅުވީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 10 ޕަސަންޓަށްވުރެ އިތުރަށް މާރުކުރަން ޖެހޭނަމަ ދަތިވާނެ ކަމަށް ރިސޯޓުތަކުން ބުނެފައިވާ ކަމަށެވެ. ރިސޯޓުތައް ހަދަން ނެގި ލޯނުވެސް ޑޮލަރުން ދައްކަންޖެހޭއިރު، އާމްދަނީގެ ބޮޑުބައެއް މާރުކުރަން ޖެހުމަކީ އެ ރިސޯޓުތަކަށް ދަތިވާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"މުއިއްޒަށް އެނގިވަޑައިގަންނަވަންވާނެ. އެނގިވަޑައި ނުގަންނަވަންޏާ ހަމަ ގައިމުވެސް މިކަހަލަ މާލީ ކަންކަމުގައި އިސްކޮށް އުޅުއްވާ އެއް ބޭފުޅެއް އެމްއެމްއޭ ގަވަރުނަރު. އޭނައަކީ އަޅުގަނޑު ކައިރީގައިވެސް އުޅުއްވި ބޭފުޅެއް. އެހެންވީމަ އެމީހުންނަށް އެނގެންވާނެ މިކަހަލަ ކަންތައް ގާނޫނަކުން ފާސްކުރިޔަސް މިކުރެވެނީ ހަމަ ހުދުމުހުތާރު ސިފަ މިޔަށް ގެންނަން،" ޔާމީން ވިދާޅުވި އެވެ. 

"އެއީ މި މީހުންނާ މަޝްވަރާކޮށްގެން، ޓޫރިޒަމް އިންޑަސްޓްރީން ބުނެފައި އޮތީ 10 ޕަސަންޓަށްވުރެ ބޮޑު އަދަދެއް ތިބޭފުޅުން ވިދާޅުވެއްޖެއްޔާ ދަތިވާނެއޭ. ރިސޯޓުތަކަކީވެސް ބައިވަރު ޑޮލަރު ދީގެން އެމީހުން ކަންތައްތަކެއް ކުރާބައެއް ދެއްތޯ. އެމީހުން ރިސޯޓު ހަދަން ނެގި ލޯނު އަދައެއް ނުކުރެވޭނެ ދިވެހި ރުފިޔާއިން."

ނިމިދިޔަ ހަފްތާގައި މަޖިލީހުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލު ގެނެސް ފާސްކުރީ މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ވިޔަފާރިތައް ނޫން އެހެން ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށެވެ. އެ ގާނޫނުގައި ބުނާ ކެޓެގަރީ-ސީ އަށް ގެނައި އެންމެ ބޮޑު ބަދަލަކީ، މާރުކުރަން ޝަރުތު ހަމަވާ އާމްދަނީގެ މިންވަރު އަހަރަކު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރުމެވެ. 

ސަރުކާރުން ބުނަނީ ބޭރު ފައިސާގެ ގާނޫނަށް ގެންނަ ބަދަލުތަކާއި ތަންފީޒީ ކަންކަން ހަރުކަށިކުރަން އަޅާ ފިޔަވަޅުތަކާއެކީ، ޑޮލަރުގެ ކަޅު ބާޒާރު ނައްތާލައި، މި ތާށިކަން ހަމައަކަށް އެޅުވޭނެ ކަމަށެވެ. ނަމަވެސް މި ކަމާ ދެކޮޅެ ހަދާ އިގުތިސޯދީ މާހިރުންނާއި އިދިކޮޅުން ބުނަނީ މި ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރު މައްސަލަ އިތުރަށް ގޯސް ވެދާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox